ގޯލްޑެން ފުޓްސަލް ޗެލެންގެ ގަދަ 16ގައި ދ. ކުޑަހުވަދޫ އާއި ނ. ކެނދިކުޅުދޫ ބައްދަލުކުރި މެޗު 4-0 ގެ ނަތީޖާ އަކުން ކާމިޔާބުކޮށް ކުޑަހުވަދޫ ޓީމުން ކުއާޓަރ ފައިނަލްގެ ޖާގަ ކަށަވަރު ކޮށްފިއެވެ

މެޗުގެ ފުރަތަމަ ހާފު ފަށައިގެން މާ ގިނައިރުތަކެއްނުވެ ކުޑަހުވަދޫ ޓީމުގެ އަރީޝް ފޮނުވާލި ބޯޅަ ކެނދިކުޅުދޫ ޓީމުގެ ކެޕްޓަން ބުޝްރީ ފައިގަ ޖެހިފަ ބައިކޮޅަށް ވަދެގެން ކުޑަހުވަދޫ ޓީމަށް މެޗުގެ ލީޑު ލިބުނެވެ. އަދި މި ގޯލު ޖެހިތާ މާ ގިނައިރުތަކެއް ނުވަނީސް ކުޑަހުވަދޫ ޓީމުގެ މުގްސިދް ގޯލާ އަމާޒުކޮށް ފޮނުވާލި ބޯޅަ ކީޕަރު ގައިގަ ޖެހިފަ ނުކުތުމުން ދެވަނަ ފަހަރަށް ގޯލުގެ ތެރެއަށް ވައްދާލައިގެން ކުޑަހުވަދޫ ޓީމުން މެޗުގެ ލީޑު ފުޅާކުރިއެވެ.

ފޯރިގަދަ ކުޅުމެއްފެނިގެން ދިޔަ މި މެޗުގައި ކުޑާހުވަދޫ ޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކުރީ ދެވަނަ ހާފުގައެވެ. ލިބުނު ކައުންޓަރ އެޓޭކެއްގައި ކުޑަހުވަދޫ ހާފް ތެރެން ލިބުނު ބޯޅަ ހިފައިގެންގޮސް ގޯލު ތެރެއަށް ވައްދާލައިގެން މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ވެސް އެ ޓީމުގެ ދެވަނަ ގޯލުވެސް ކާމިޔާބުކޮށްދިން މުގްސިދް އެވެ.

މެޗުނިމެން ކުޑަ ވަގުތު ކޮޅަކަށް ވެފައި ވަނިކޮށް ކެނދިކުޅުދޫ ޓީމުގެ ދެ ކުޅުންތެރިން ކައިރިން ނައްޓާފަ ގޮސް ކީޕަރު ކައިރިންވެސް ނައްޓާފަ ގޯލު ތެރެއަށް ބޯޅަ ވައްދާލައިގެން ކުޑަހުވަދޫ ޓީމަށް ހަތަރު ވަަނަ ލަނޑު ކާމިޔާބުކޮށްދިނީ އިފްހާމްއެވެ.

ކިޔުންތެރިންގެ ހިޔާލު