ކެރަމް ސިލެކްޝަންގައި މިރޭ ކުޅުނު މެޗުތަކަށްފަހު ހަސަން ނާޒިމް އާއި އައިޝަތު ފައިނާޒް ގައުމީ ޓީމުން ޖާގަ ހޯދައިފިއެވެ.

ކެރަމް އެރީނާގައި މިހާރު ކުރިއަށްދާ މި ފަހަރުގެ ސިލެކްޝަންގައި ނިސްބަތުން ގިނަ އަދަދެއްގެ ކުޅުންތެރިން ބައިވެރިވެފައިވެއެވެ.

މި ފަހަރުގެ ސިލެކްޝަންގެ ފިރިހެން ކުޅުންތެރިންގެ ބައިގެ ދެވަނަ ބުރުގެ ފައިނަލްގައި މިރޭ ނާޒިމް ވަނީ އިބްރާހިމް ހުޖާން އަލީގެ މައްޗަށް 2-1 އިން ކުރިހޯދާފައެވެ. ފައިނަލް މެޗުގެ ސެޓުތައް ނާޒިމް ގެންދިޔައީ، 25-8، 22-25، އަދި 25-12 އިންނެވެ.

ތިންވަނަ ހޮވާ މެޗުގައި ޔަމާން އަބްދުލް ޖަލީލް ވަނީ ފަހަތުންއަރައި 2-1 ސެޓުން އާދަމް އަދީލް އަތުން މޮޅުވެފައެވެ. މި މެޗުގެ ސެޓުތައް ޔަމާން ގެންދިޔައީ، 0-25، 19-14، އަދި 24-14 އިންނެވެ.

މުބާރާތުގެ އަންހެން ކުޅުންތެރިންގެ ބައިގައި ގައުމީ ޓީމުގެ ދެވަނަ ޖާގަ ކަށަވަރުކުރި ފައިނާޒް ވަނީ ސީދާ ދެ ސެޓުން ފާތިމަތު ރަޔާނާ ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް ފައިނާޒް ކާމިޔާބުކުރީ 24-5، 20-18 އިންނެވެ.

ތިންވަނަ ހޮވާ މެޗުގައި އާމިނަތު ޝުބާ އާދަމް ވަނީ 2-1 ސެޓުން އާމިނަތު ވިޝާމާ ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް ޝުބާ ގެންދިޔައީ، 7-22، 23-13، އަދި 21-12 އިންނެވެ.

ކިޔުންތެރިންގެ ހިޔާލު