މިހާރު ނޭޕާލްގައި ކުރިއަށްދާ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި މިއަދު ކުޅުނު މެޗުން ޕާކިސްތާނާ 1-1 އިން ރާއްޖެ އެއްވަރުވެއްޖެއެވެ.

މި ނަތީޖާއާއެކު ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ޕާކިސްތާން ވަނީ ސެމީ ފައިނަލުން ޖާގަ ހޯދާފައެވެ. މި ގްރޫޕުން ސެމީގެ ދެވަނަ ޖާގަ ލިބޭނީ ނޭޕާލްއާ ރާއްޖެ ކުޅޭ މެޗުން މޮޅުވާ ޓީމަކަށެވެ. އެ މެޗު އެއްވަރުކޮށްލައިގެން ވެސް ރާއްޖެ އަށް ސެމީން ޖާގަ ލިބޭނެ އެވެ.

ކަތުމަންޑޫގައި ހުންނަ ދަޝާރަތު ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގައި ކުރީން ލީޑްނެގީ ވެސް ރާއްޖޭންނެވެ. ފުރަތަމަ ހާފުގެ ކުޅުން ނިމެން ހަ މިނެޓަށްވެފައިވަނިކޮށް ރާއްޖެ އަށް މި ލަނޑުޖަހައިދިނީ ކެޕްޓަން، ޝަނާން ރަޝާދު އެވެ.

ޕާކިސްތާނުން ލަނޑެއްޖަހަން ކުރި މަސައްކަތް ކާމިޔާބުވާގޮތްވީ، މެޗު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް ޝާހް ޖަހާން ޖެހި ލަނޑުންނެވެ.

ރާއްޖެ އަށް ދެން އޮތީ އަންނަ ހޯމަ ދުވަހު ނޭޕާލްއާ ދެކޮޅަށް ކުޅޭ މެޗެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފުޓްބޯޅަ ލޯބި

    ދިވެހިރާއްޖޭގެ ފުޓްބޯޅަ ހައިޖެކްކޮއްގެން އުޅޭ ދެތިންމީހަކު މިއުޅެނީ. ތިޔަޓީމު ގޮސްސަ ތިޔަތިބީ ޤައުމީ ޓީމުގެ ނަމުގައި ޝާކިއްޓޭގެ ޔޫ.ވީ ގެ ޔޫތް މުބާރާތަށް ތަމްރީނު ތައްހެދުމަށްޓަކާ. އެއިންކުޅުންތެރިއަކަށް ބޫޓެއްހާމިންވަރުވެސް ގަނެނުދޭ ތާ ފެންފުޅިއެއްގަންނާނެ ލާރިކޮޅެެއްވެސް ނުދޭ! ބައްސާމުގެ ގުންޑާއިންތައް ދިވެހި ފުޓްބޯޅަ ހަލާކުކޮށްފި. ރާއްޖެ ކުޅުނީ މިހާހިސާބަށް މުބާރާތުގަ އެއްމެބަލަން ހުތުރު މެޗް. ޕާސްކޮށްގެން ރީތި ކުޅުމެއް ކުޅޭކަށް ނޭނގޭ. މެދުތެރެއަކުން އެއްގޮތަކަށްވެސް ނުކުޅެވޭ. ކުރިއަކަށް ބޯޅައެއް ނުދެވޭ!. ބޯހަލާކު1 ރާއްޖެ މިކަންހުއްޓާލާފަ ތިންމުގޯލިނަމަވެސް އެއްޗެއް ކުޅެން ފަށަން އެބަޖެހޭ. ސުޒޭނު، ޝާކިއްޓެ، ހީނާ މި މީސްމީހުން މިހާރު ދުރަށްޖެހި ރަނގަޅުބަޔަކާ ދިވެހި ޔޫތް އެބަ ހަވާލުކުރަންޖެހޭ. ބޭރު ކޯޗަކު އަޔަސް މިބައިމީހުްންގެ ނުފޫޒާ ނޮހޮރޮއްޕާނޭހެދީ އެކޯޗަކުޖެހޭނީ އަވަހަށް ފޮނުވާލަން. ބަލާބަލަ ޖަޕާނު ކޯޗް ބޫޓާން ޓިމަށް ގެނަސްދިން ކުރިއެރުން. ތިމާމެންނަށް ކަމެއް ނުވާހިނދު އެހެންބަޔަކަށް ފުރުސަތުދިނުމެއްވެސް ނޯވޭ!