ރާއްޖޭގައި ފުރަތަމަ ފަހަރަށް އޮޓަމޭޓެޑް ޓައިމިންގ ސިސްޓަމް އަދި ޕުޝްޕެޑް ބޭނުންކޮށްގެން ފެތުންތެރިންގެ ޓައިމިންގ ނަގަން ފަށައިފިއެވެ.

މި ސިސްޓަމުގެ ސަބަބުން، ދިވެހި ފެތުންތެރިންގެ ކުރިއެރުމަށް އިންގީލާބީ ބަދަލެއް އައިސް ފެތުމުގެ ކުޅިވަރަށް ބޮޑު ކުރިއެރުމެއް ލިބިގެން ދާނެއެވެ.

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ހެޔޮއެދޭ ބެލެނިވެރިންގެ އެހީތެރިކަމާއެކު ގާއިމްކުރި މިސިސްޓަމް އެސޯސިއޭޝަނުން ބާއްވާ މުބާރާތްތަކުގައި ބޭނުންކުރާނެއެވެ. މިއާއެކު، ފެތުމުގެ ރޭސްތައް ނިމުމާއެކު ކޮންމެ ފެތުންތެރިއަކަށްވެސް އެ ފެތުންތެރިއަކު ރޭސް ނިންމިވަގުތު ވަގުތުން ވަގުތަށް ފެންނާނެއެވެ.

މި ސިސްޓަމަކީ ބައިނަލްއަގްވާމީ ފެތުމުގެ ޖަމިއްޔާގެ އެޕްރޫވަލް ލިބި ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ގައުމުތަކުގައިވެސް ބޭނުންކުރާ ސިސްޓަމެކެވެ.