މި ސީޒަނަށްފަހު، މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ އަޔަކްސްގެ ކޯޗު ޓެން ހާގް ހަވާލުވާނެ ކަމަށް ޔުނައިޓެޑުން ހާމަކޮށްފިއެވެ.

ޔުނައިޓެޑުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކްލަބުގެ ކޯޗުކަމާ މި ސީޒަނަށްފަހު ޓެންހާގް ހަވާލުވާނެ ކަމަށާއި، އޭނާ ކްލަބާއެކު އެއްބަސްވުން ހަދާފައިވަނީ 2025 ވަނަ އަހަރުގެ ނިޔަލަށް ކަމަށެވެ.

މިއާއެކު، ޓެން ހާގް ޔުނައިޓެޑާއެކު ހަދާފައިވާ އެއްބަސްވުން 2025 ވަނަ އަހަރު ހަމަވުމުން، އެ އެއްބަސްވުން އިތުރު އެއް އަހަރަށް އިތުރު ކުރުމުގެ އިހްތިޔާރުވެސް އެއްބަސްވުމުގައި ހިމަނާފައިވާނެ ކަމަށް ޔުނައިޓެޑުން ބުނެއެވެ.

ޔުނައިޓެޑާއެކު ހެދި އެއްބަސްވުމާ ބެހޭގޮތުން ޓެން ހާގް ބުނީ، މިއީ އޭނާއަށް ލިބުނު ފަހުރެއް ކަމަށާއި، މި ޗެލެންޖާއިގެން ކުރިޔަށް ދިޔުމަށް ވަރަށް އެކްސައިޓްވެފައި ހުރި ކަމަށެވެ.

އެގޮތުން ޔުނައިޓެޑަކީ ވަރަށް ރަނގަޅު ކްލަބެއް ކަމަށާއި، ކްލަބް އިތުރު ހަރުފަތަކަށް ގެންގޮސް، ކާމިޔާބީ ހޯދައިދޭން ތައްޔާރަށް ހުރި ކަމަށްވެސް ޓެން ހާގް ވަނީ ބުނެފައެވެ.

މިދިޔަ ނޮވެމްބަރު މަހު ޔުނައިޓެޑުގެ ކޯޗު ކަމުން އޮލެ ގުނަ ސޯލްޝެއާ ވަކިކުރުމުން، ޔުނައިޓެޑު މިހާރު އިރުޝާދު ދެމުން އަންނަނީ ހަ މަސް ދުވަހުގެ އެއްބަސްވުމަކާއެކު ވަގުތީ ކޯޗެއްގެ ގޮތުގައި ރަންގްނިކްއެވެ.

މިގޮތުން މި ސީޒަނަށްފަހު، ޔުނައިޓެޑާއެކު ރަންގްނިކް ހަދާފައިވާ އެއްބަސްވުން ހަމަވާއިރު، އޭނާ ދެން ހުންނާނީ ކްލަބުގެ އެޑްވައިޒަރީ ރޯލެއްގައެވެ.

އުމުރުން 52 އަހަރުގެ ޓެން ހާގް އަކީ 2013 ވަނަ އަހަރު ސާ އެލެކްސް ފާގަސަން ޔުނައިޓެޑުގެ ކޯޗުކަން ދޫކޮށްލިފަހުން، އެ ކްލަބަށް ގެންނަ ފަސް ވަނަ ކޯޗު ކަމަށްވާއިރު، އެ ކްލަބުގައި ކޯޗެއް ހަރުނުލާތީ ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަމަ

    ބޯ ހަލާކު ސަހާދެތް....ޕިސް...ދެން ބޭކާރުކަމެއް ހަމަ....