ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ އެމްއެޗްއޭ އިން ރޯދައަށް ހާއްސަކޮށް 14 ވައްތަރެއްގެ ކަދުރު ރާއްޖޭގެ ބާޒާރަށް ނެރެފިއެވެ.

އެމްއެޗްއޭއަކީ 1972 އަހަރުން ފެށިގެން ދުނިޔޭގެ ބާޒާރަށް ނެރޭ އެންމެ ފަހުގެ ކޮންސިއުމަރ މުދާ އަބަދުވެސް ރާއްޖެއަށް ގެނެސް ވިއްކަމުން އަންނަ ކުންފުންޏެކެވެ.

މިފަހަރު ރަމަޟާން މަހާ ދިމާކޮށް، ތަފާތު 14 ބާވަތެއްގެ ކަދުރު އެމްއެޗްއޭއިން ރާއްޖެއަށް ނެރެފައިވާއިރު، އޭގެ ތެރޭގައި ފަރުދު، ކެނެއިޒީ، ލޫލޫ، ޚަލާސް، މެޑްޖޫލް، މަބްރޫމް، ސަފާވީ، ސުކަރީ ރުތުބު، ސުކަރީ މުފަތަލް، އަޖުވާ، ސެގާއީ، ޚުދްރީ، ޗޮކްލެޓް ކަދުރު އަދި މާމޫލް ބިސްކޯދު ފަދަ ޕްރީމިއަމް ކަދުރުތައް ހިމެނެއެވެ. މި ކަދުރުތަަކީ ތަފާތު ފަސް ގައުމެއްގެ އުފެއްދުންތަކެވެ. އެއީ އޮމާން، އެމިރޭޓްސް، އީރާން، މޮރޮކޯ އަދި ސައުދީ އަރަބިއްޔާއެވެ.

އެމްއެޗްއޭގެ އޮފިޝަލަކު ވިދާޅުވީ، މި ރަމަޟާން މަހު އެމްއެޗްއޭގެ އަމާޒަކީ ތަފާތު ރަހަތަކާއި އަސްލު ރަހަތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުން ކަމަށެވެ.

އަދި ތަފާތު 14 ވައްތަރެއްގެ ކަދުރު ވަރަށް ފަރުވާތެރިކަމާއެކު ހޮވާފައި ވަނީ ކަސްޓަމަރުންނަށް ތަފާތު ތަޖުރިބާއެއް ގެނެސްދީ އެކި މުނާސަބަތުތަކުގައި ވެސް ބޭނުން ކުރެވޭނެ ގޮތް ހެދުމަށް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މިގޮތުން ކަސްޓަމަރުންގެ ތަފާތު ބޭނުންތައް ފުއްދުމުގެ ގޮތުން އެމްއެޗްއޭ އިން ވަނީ މި 14 ބާވަތުގެ ކަދުރު ތަފާތު 53 ޕެކޭޖިން ސައިޒުގައި ނެރެފައެވެ.

އެެހެންކަމުން ކަސްޓަމަރުންނަށާއި، ހޮޓާ، ކެފޭ އަދި ރެސްޓޯރެންޓްތަކުގައި ބޭނުން ކުރަން ވިޔަސް ކޮންމެ މުނާސަބަތަކަށް ވެސް ފުރިހަމަ ސައިޒެއްގެ ޕެކެޓްތަކުގައި އެމްއެޗްއޭގެ ފިހާރަތަކުން މި ކަދުރުގެ ވައްތަރުތައް ލިބިގެން ދާނެއެވެ.

ރާއްޖެއަށް މިފަދަ ޕްރޮޑަކްޓްތައް ގެނެސްދިނުމުގައި އެންމެ ގިނަ ދުވަސްވީ ޑިސްޓްރިބިއުޓަރުގެ މަގާމު އެމްއެޗްއޭއިން ދަމަހައްޓަމުން އަންނައިރު، އެ ކުންފުނިން ދަނީ ކަދުރުގެ އެކި ބާވަތްތައް ރާއްޖެއަށް ތައާރަފް ކުރަމުންނެވެ.

1972 ވަނަ އަހަރުން ފެށިގެން އޮތް ލެގަސީއަކާ އެކު އެ ކުންފުނިން އަންނަނީ އަބަދުވެސް ކޮލިޓީ ޕްރޮޑަކްތައް ބާޒާރަށް ނެރެމުންނެވެ.

އެމްއެޗްއޭގެ އާ ކަދުރުތަކާއި ބެހޭ އިތުރު މައުލޫމާތު ހޯދުމަށް ނުވަތަ ރަމަޟާން މަހަށް އޯޑަރު ދިނުމަށް ޓަކައި އެމްއެޗްއޭގެ ވައިބާ ޗެނަލް މެދުވެރިކޮށް ނޫނީ 3360741 ނުވަތަ 3336895 ނޫނީ 3322729 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެއެވެ.