މުޖުތަމައުގައި އެހީއަށް ބޭނުންވެފައިތިބި އާއިލާތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން، މަމްސް އެއިޑްގެ "ބެކް ޓު ސޫކޫލް2024" ޕްރޮގްރާމުގައި ދިރާގުން ބައިވެރިވެއްޖެއެވެ.

"ބެކް ޓު ސްކޫލް 2024" ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ ދިރާސީ އައު އަހަރު ފެށޭއިރު މުޖުތަމައުގައި އެހީއަށް ބޭނުންވަފައި ތިބި އާއިލާތަކުގެ ތެރެއިން ހާއްސަކޮށް އެކަނިވެރި މައިންނަށް އެއްބާރުލުން ދިނުމެވެ. މި މައިންގެ ތެރޭގައި ތަފާތު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިތުރުން ބަލި ކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދިން ބަލަހައްޓާ ފަރާތްތައް ވެސް ހިމެނެއެވެ.

މި ޕްރޮގްރާމްގެ ދަށުން މަމްސް އެއިޑްގެ ކެއާރ ލިސްޓުގައި ހިމެނޭ އާއިލާތަކުގެ ތެރެއިންދިރާސީ އައު އަހަރު ފެށޭއިރު ކުދިން ސްކޫލަށް ތައްޔާރުކުރުމުގައި ދަތިތަކާއިކުރިމަތިލާން ޖެހިފައިވާ އާއިލާތަކުގެ ކުދިންނަށް ބޭނުންވާ ބޫޓު، އިސްޓާކީނު ދަބަސް، ޔުނީފޯމް ސެޓް އަދި ސްޓޭޝަނަރީ ފޯރުކޮށްދެވޭނެއެވެ.

ދިރާގުން ބުނީ އެ ކުންފުނީގެ އެހީތެރިކަމާއެކު، "ބެކް ޓު ސްކޫލް 2024" ޕްރޮގްރާމުގައި މަމްސް އެއިޑް ކެއަރ ލިސްޓުގައި ހިމެނޭ ފައުންޑޭޝަން ސްޓޭޖުގެ (ޕްރީސްކޫލް ލެވެލް)ގެ ދަރިވަރުންނަށް މިތަކެތި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މަމްސް އެންޖީއޯއަކީ މުޖުތަމައުގައި އެހީތެރިކަން ބެނުންވެފައިވައިތިބި ގިނަ އާއިލާތަކަށް އެއްބާރުލުން ފޯރުކޮށްދޭ އެންޖީއޯއެކެވެ. މމަމްސް އެއިޑާއެކު ދިރާގުން ކުރިއަށް ގެންދާ މި ޕާޓްނަރޝިޕް މަގްސަދަކީ، މި އާއިލާތަކަށް އެއްބާރުލުން ދިނުމާއި ހާއްސަކޮށް ތަފާތު ގޮންޖެހުންތަކާއި ކުރިމަތިލާންޖެހިފައިވާ މައިންނަށް އެހީތެރިކަން ފޯރުކޮށްދީ އެއްބައިވަންތަ މުޖުތަމައެއް ބިނާކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު