އެކުވެރި އަރަބި އިމާރާތު (ޔޫއޭއީ)ގެ ދިރުހަމް (އޭއީޑީ) އަދި ޗައިނީސް ޔުއާން އިން މުއާމަލާތް ކުރެވޭ ގޮތް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަމަޖައްސަން ނިންމާފައިވާކަން މިރޭ އިއުލާން ކޮށްފިއެވެ.

މިރޭ ހޮޓެލް ޖެންގެ ބޯލް ރޫމްގައި ކުރިއަށްދާ އެ ބޭންކްގެ އަހަރީ އާއްމު ޖަލްސާގައި މިކަން އިއުލާން ކުރެއްވީ އެ ބޭންކްގެ ސީއީއޯ ކާރލް ސްޓުމްކަ އެވެ.

"އެކުވެރި އަރަބި އިމާރާތުގެ ދިރުހަމް (އޭއީޑީ) އަދި ޗައިނީސް ޔުއާން އިން ކަސްޓަމަރުން މުއާމަލާތްކުރެވޭނެ ގޮތަށް ދާދިފަހުން އަޅުގަނޑުމެންގެ ސިސްޓަމްތައް ވަނީ ކޮންފިގްރޭޓް ކޮށްފައި. އަޅުގަނޑުމެންނަށް މިހާރު ޔުއާން އިން ސެޓްލްމަންޓްތައް ލިބެން ބޭނުންވާ ކަސްޓަމަރުންނަށް ޔުއާން އެކައުންޓްތައް ފޯރުކޮށްދީ، ކުރިއަށް އޮތްތަނުގައި ފައިސާ ދެއްކުމަށް މި ހިދުމަތް ބޭނުންކުރެވޭނެ.". ކަސްޓަމަރުންގެ ބޭނުންތައް ފުއްދައިދިނުމުގައި ދެމިތިބިކަން ފާހަގަ ކުރައްވަމުން ކާރލް ވިދާޅުވިއެވެ.

މިރޭ އޮތް ބީއެމްއެލްގެ އޭޖީއެމްގައި އެ ބޭންކްގެ ސީއީއޯ ކަރލް ވާހަކަފުޅު ދައްކަވަނީ - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު

ކާރލް ވިދާޅުވީ އޭ ބެންކް މަސައްކަތް ކުރަމުން ދަނީ ރާއްޖޭގައި އެންމެން ހިޔާރުކުރާ ބޭންކަށްވުމުގެ އަމާޒުގައި ވަރަށްވެސް ސާބިތުކަމާއެކުގައި ކަމަށެވެ. އަދި އެ ބޭންކްގެ ހަރުދަނާ ހިންގުންތެރިކަމެއް ގާއިމުކުރުމަށާއި ކަސްޓަރުންނަށް ދޭ ހިދުމަތް އެންމެ މަތީ މިންގަނޑެއްގައި ހިފަހައްޓައި، ޑިޖިޓަލައިޒޭޝަންއަށް ހާއްސަ ސަމާލުކަމެއްދީގެން، ދެމެހެއްޓެނެވި އަދި ގުޅިގެން އެންމެންނަށްވެސް އަދަށްވުރެ ފެހި މާދަމައެއް ހޯދައިދިނުމަށް މަސައްކަތްކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

"ބޭންކް އޮފް މޯލްޑިވްސްއަށާއި ދިވެހިރާއްޖެއަށް މިހާރަށްވުރެ ހަރުދަނާ އަދި ފާގަތި މުސްތަގްބަލެއް ބިނާކުރުމަށް އަޅުގަނޑުމެން އެންމެންނާއެކު މަސައްކަތްކުރާނަން،". އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކަކުނިބޯ

    1. ޗައިނާ ޔުއާން އަދި ޔޫއޭއީ ދިރުހަމް ވެސް ދީފަތޯ ބުނަންޖެހެނީ މިފައިސާ ފޮނުވާލަދޭށޭ ނޫނީ ބޭންކް އިން މިފައިސާ ދިވެހިރުފިޔާއަށް ބޭނުންވަރަކަށް ޓީޓީ ފޮނުވުމަށް ލިބޭނެތޯ
    2. ބޭންކުން ވިއްކާނަމަ ވިއްކާނީ ޑޮލަރަކަށް 6 ޔެން މިސާލަކަށްލިބެންޔާ ޑޮލަރަކަށް 4.5 ޔެން ނޫނީ އެއަށްވުރެދަށްކޮށްތޯ.
    3. މިގޮތަށް ބޭރުފައިސާވިއްކަނީ ޑޮލަރަށްތޯ ނޫނީ ދިވެހިފައިސާއަށްތޯ.
    4. ޢަސްލުހައްލާދުރަށް ކަމަކަށްކަމެއް ކުރުންމީ

    • ކަކުނިފޯއް

      ތޯ ހަމަޖެހިފެލެ ނިވީދީ.

  2. ގުދުގުދާބެއްޔާ

    އެމެރިކާ ވަރަށް ރުޅިއަންނާނެ ކަމެއް!