މުޅި ހަށިގަނޑާއި ގުޅިފައިވާ ސިއްހީ ފަރުވާއާއި ރީތިކަމާއި ހަމުގެ ފަރުވާއަށް ބޭނުންވާ ކޮސްމެޓިކް އުފެއްދުންތައް ޑިސްޓްރިބިއުޓް ކުރާ ކުންފުންޏެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ތައިލެންޑްގެ ކުންފުންޏެއް ކަމަށްވާ ޕީއޯ ކެއަރ (ތައިލެންޑް) ކޯރ ލިމިޓެޑްގެ ގިނަ އުފެެއްދުންތައް ރާއްޖެއިން މިހާރު ލިބޭނެއެވެ.

މި ކުންފުނީގެ ގިނަ އުފެއްދުންތައް ރާއްޖެ އެތެރެކޮށް ޑިސްޓްރިބިއުޓް ކުރަނީ ޕޮއިސް ޕާރފިއުމްސްއެެވެ.

މި ބްރޭންޑްގެ އުފެއްދުންތަކަކީ ކޮލެޓީ މޮޅު، އިފެކްޓިވް އަދި ކޮންސިއުމަރ ފްރެންޑްލީކޮށް ތައްޔާރުކުރާ އުފެއްދުންތައްކަން ފާހަގަކޮށްލަން ޖެހެއެވެ.

ތައިލެންޑަކީ ޓްރޮޕިކަލް ގައުމަކަށްވާތީ، މުޅި އަހަރު ދުވަހު އިރުގެ އަލި ހުންނަ އިރު، އިރުގެ އެކިއެކި ޔޫވީ ރޭތަކުގެ ސަބަބުން ހަންގަނޑަށް ލިބޭ ގެއްލުންތަކަށް ބަލައިގެން އުފެއްދުންތައް އުފައްދަނީ "ލެޓް ދަ ލައިޓް ޝައިން އޮން ޔޫ"ގެ ތީމުގެ ދަށުންނެވެ.

ޕޮއިސް ޕާރފިއުމްސް އިން މި ފަހަރު މި ބަލާލަނީ ޕީއޯ ކެއަރ ބްރޭންޑްގެ ކޮކަނަޓް މޮއިސްޗަރައިޒިންގ ޝޭމްޕޫ އަދި ކޮންޑިޝަނަރ އަށެވެ.

ޕީއޯ ކެއަރ ކޮކަނަޓް މޮއިސްޗަރައިޒިންގ ޝޭމްޕޫއަކީ ކޮންސެންޓްރޭޓެޑް ނެޗުރަލް އެކްސްޓްރެކްޓްސް އިން މުއްސަނދިކޮށްފައިވާ ސާފު ކާށިތެލުން ނަގައިގެން ތައްޔާރުކޮށްފައިވާ އިސްތަށިގަނޑު ސާފުކުރުމަށް ބޭނުންކުރާ ޕްރޮޑަކްޓެކެވެ. މި ޝޭމްޕޫއަކީ އިސްތަށިގަނޑު ދުޅަހެޔޮކޮށް، އަލުން އިއާދަކުރާ އެހީތެރިއެކެވެ. މިއީ އޮމާންކޮށްދީ، އިސްތަށިގަނޑަށް ރީތި ވިދުމެއް ގެންނަން ސްޓައިލިންގ ޝޭމްޕޫއެކެވެ. ކާށި ކޮންޑިޝަނާއާއެކު ބޭނުން ކުރާއިރު ރަނގަޅު ނަތީޖާއެއް ލިބޭނެއެވެ.

ކޮކޮނަޓް މޮއިސްޗަރައިޒިން ކޮންޑިޝަނަރ އަކީ އިސްތަށިގަނޑަށް ބޭނުންވާ މާއްދާތައް ފޯރުކޮށްދޭ ޕްރޮޑަކްޓެވެ. މިއީ ކޮންސެންޓްރޭޓެޑް ނެޗުރަލް އެކްސްޓްރެކްޓްސް އިން މުއްސަނދިވެފައިވާ، ސާފު ކާށިތެލުން ނެގި، އިސްތަށިގަނޑުގެ ސްޓްރަކްޗަރަލް ކޮންޑިޝަން އިއާދަކުރަން އެހީތެރިވެދޭ އެއްޗެކެވެ.

މި އުފެއްދުން ފުރިހަމަވެގެން ދަނީ ޝޭމްޕޫ އަދި ކޮންޑިޝަނަރ އެއްކޮން ބޭނުންކުރުުމުންނެވެ.

ޕީއޯ ކެއަރގެ މި އުފެއްދުން ރީޓެއިލްކޮން އަދި ހޯލްސޭލްކޮށް މާލެ ރަށްދެބައި މަގުގައި ހުންނަ ޕޮއިސް ޕަރފިއުމްސް ފިހާރަ ނުވަތަ، ހުޅުމާލެ، ނިރޮޅުމަގު ލޮޓް ނަންބަރު 10421 ގައި ހުންނަ ޕޮއިސް ޕަރފިއުމްސް ފިހާރައިން ލިބޭނެއެވެ.

ޕޮއިސް ޕާރފިއުމްސް ފިހާރައިން ވިއްކާ ތަކެތީގެ މައުލޫމާތު ހޯދުމަށް، މާލެ ފިހާރަ ފޯން ނަންބަރު 9151155، ނުވަތަ، ހުޅުމާލެ ފިހާރަ ފޯން ނަންބަރު 9131155 އާ ގުޅާލެވޭނެއެވެ. އަދި ޕޮއިސް ޕާރފިއުމްސް އިން ހޯލްސޭލްކޮށް މުދާ ގަތުމަށް 7556699 ނަންބަރަށް ވައިބަރ ނުވަތަ ގުޅާލައިގެން ކުރިއަށް ގެންދެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު