ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.

ރޭ ބޭއްވި ބޭންކުގެ 41 ވަނަ އަހަރީ އާންމު ޖަލްސާގައި ބޭންކުގެ ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުން ވަނީ ތިން ބޭފުޅުން އިންތިހާބުކުރައްވާފައެވެ. ބޭންކުގެ ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުން އިންތިހާބު ކުރެއްވި ތިން ޑިރެކްޓަރުންގެ ތެރެއިން ދެ ޑިރެކްޓަރުންގެ ކިބައިގައި ފުރިހަމަވާންޖެހޭ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ރެގިއުލޭޝަން އޮން ކޯޕަރޭޓް ގަވަރނެންސް ފޯ ބޭންކްސް، އިންޝުއަރެންސްކޮމްޕެނީސް އެންޑް ފައިނޭސް ކޮމްޕެނީސްގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިންޑިޕެންޑެންޓް ޑިރެކްޓަރުންގެ ޓާމްގެ މުއްދަތު މި އަހަރުގެ ޖުލައި 21 އަށް ހަމަވާނެއެެވެ.

އެހެންކަމުން މި ތާރީހުން ފެށިގެން މި 2 މަގާމު ހުސްވާނެ ދާނެއެވެ.

ބީއެމްއެލް އިން ބުނީ، އެ ބޭންކުގެ ހިންގާ ގަވާއިދުގައިވާ ގޮތުގެ މަތިން، ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކުރިތިން3 ޑިރެކްޓަރުންގެ ތެރެއިން ހުސްވާ 2 ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލުމަށް ހުށަހަޅާ ފޯމް މިއަދުން ފެށިގެން ފެށިގެން 09 ޖޫން ނިޔަލަށް އެ ބޭންކް ގެ ހެޑް އޮފީހުގެ 06 ވަނަ ފަންގިފިލާގައި ހުންނަ ކޯޕަރޭޓް އެފެއާޒް ޔުނިޓުން ބަލައިގަންނަމުންދާނެ ކަަމަށެވެ.

ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް ހުށަހަޅާ ފޯމާއި، އެފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް އެ ބޭންކަށް ހުށަހެޅުމުގެ އިތުރުން ބޭންކުގެ ކުންފުނީގެ ސެކްރެޓަރީ އަށް އީމެއިލް ކުރެވޭނެއެވެ.