ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ 2028 ވަނަ އަހަރު އަރަނި ބަޖެޓެއް ހުށަހެޅުން ކަމަށް މާލީ ވުޒާރާއިން އިއްޔެ ވިދާޅުވެއްޖެއެވެ.

އެ ވުޒާރާއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އަހްމަދު ސާއިދު މުސްތަފާ ވިދާޅުވީ މިހާރުގެ ހާލަތަށް ބަލާއިރު ދަރަނި އަހަރުން އަހަރަށް ކުޑަކުރެވިފައިވާ ކަމަށެވެ. އަދި ކޮންމެ 100 ރުފިޔާއަކުން 33 ވަރަކަށް ރުފިޔާ ހަރަދު ވަނީ ދަރަނި ދެއްކުމަށް ކަަމަށްވެސް ވިދާޅުވިއެވެ.

"މިއަދާއި ހަމައަށް ޖުމްލަ 15.9 ބިލިއަން ބަޖެޓް ކޮންސިއުމޮށް، 14.9 ބިލިއަން ހަރަދު ކުރެވިފައިވާއިރު ދަރަންޏަށް އެކަނި 2.5 ބިލިއަން ރުފިޔާ ދެއްކިއްޖެ، އޭގެ ތެރެއިންވެސް 1.5 ބިލިއަން ރުފިޔާއަކީ ކުރިން އަރާފައިވާ ދަރަނިތަކަށް އަރާފައިވާވަރު،".

އޭނާ ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެ ވުޒާރާއިން އަންގާފައިވާ އެންގުމަކީ އިކޮނޮމީ މެނޭޖް ކުރުމަށް ޕްލޭނެއް ހުށަހެޅުން ކަމަށެވެ. އަދި އެ ޕްލޭން މިހާރު ހުށަހަޅާ، ރައީސް އިރުޝާދު ދެއްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އެއީ 2028 ވަނަ އެ ވުޒާރާއިން އަރަނި ބަޖެޓެއް ކުރިއަށް ގެންދިއުމަށާއި، އެ މަސައްކަތް ކުރާއިރު، ދަރަނިވެސް މިހާރަށްވުރެ ރަނގަޅުވާނެ ގޮތަކަށް ގެންދިއުމަށް ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ރާވާފައި މިހާރު ވަނީ 2028 ވަނަ އަހަރު ސާޕްލަސް ބަޖެޓެއް ހުށަހެޅުމަށްޓަކައި ރީފޯމް އެޖެންޑާ އެކުލަވާ ލުމާއި، މެދު ރާސްތާގައި 2028ގެ ނިޔަލަށް ޖީޑީޕީގެ ނިސްބަތުން ދަރަނީގެ މިންގަނޑު މިހާރު 116 އިންސައްތައިގެ ހުރެ، 125 އިންސައްތައަށް ބޭސްލައިން އުފުލޭނެ ކަަމަށް ބެލެވޭ ހިނދު މިއަދަދު 2028ގެ ނިޔަލަށް 80-85 އިންސައްތައަށް ގެނައުމަށް،". އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިހާރު ކުރެވޭ މަސައްކަތަކީ މިއަހަރުގެ 49 ބިލަައަންގައި އޮތް ބަޖެޓެއް މިހާރު ސަަރުކާރާއި ހަވާލުވެގެން ކުރިއަށްދާއިރު، ދެން މިއަހަރު ދާ ހަރަދުގެ އަންދާޒާއަކީ ކޮބައިތޯ ބެލުން ކަމަަށެވެ. ކުރިން އޮތް ގޮތަށް ހަރަދުތައް ކުރިއަށްގެންދާނަމަ ވަޒީރަށް ޖެހިވަޑައިގަންނަވާނީ އިތުރު 10 ބިލިއަން ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން ކަަމަށް ސާއިދު ވިދާޅުވިއެވެ.

"މާލީ ހަރަދާއި ނުބައްދަލު މިންވަރު ހަރަދު ކުރާނަމަ، އެ ދަރަނިތައް ދެން ނަަގަން މި ޖެހެނީ މާކެޓުން ނޫން ކަމުގައިވާނަމަ ދޭދޭ ގައުމުތަކުން، ނަގާއިރުގައި ބައިވަރު އެރޭންޖްމެންޓްތައްވެސް އެބަ އާދޭ، އޭގެ އެރޭންޖްމެންޓެއްގެ ވާހަކަ ފާހަގަވެއްޖެ،". އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިހާރު އެ ވުޒާރާއިން ރާވަމުން ގެންދާ ފިސްކަލް ރީފޯމް އެޖެންޑާގެ ތެެެރެއިން ބައެއް މަސައްކަތްތައް އޮޕަަރޭޝަނަލީ ފެށިފައިވާ ކަމަށެވެ. އެގޮތުން 16 މެއި އާ ހަމައަށް އާއްމު ނެރޭ ފިސްކަލް ޑެވެލޮޕްމެންޓް ރިޕޯޓަށް ބެލިޔަސް، ލިބޭ އާމްދަނީ ތެރެއިން ހަރަދު އުނި ކުރުމަށްފަހު، ކުރިން އަރާފައިވާ ދަރަންޏަށް އަރާ އިންޓަރެސްޓްވެސް އުނި ކުރުމަށްފަހު މިހާރު ހުރީ 201 މިލިއަން ރުފިޔާ ނެގެޓިވްކޮށް ގޮތުގައި ކަމަށް ވިދާޅުވިއެވެ.

"އެކަމަކު 2023 ވަނަ އަހަރު މި އަދަދު ހުރީ 2.76 ބިލިއަން ރުފިޔާ ނެގެޓިވްކޮށް، އޯވަރޯލް ބެލެންސަށް ބަލާއިރު، 16 މެއިއާ ހަމައަށް މިއަހަރު 1.6 ބިލިއަން ރުފިޔާގެ ޑެފެސިޓެއް ހަރަދު ވެފައިހުރިއިރުގައި، މިދިޔަ އަހަރު އެ އަދަދު ހުރީ 4.5 ބިލިއަން ރުފިޔާގައި،"

އޭނާ ވިދާޅުވީ، ޖުމްލަކޮށް ބަލާނަމަ މިއީ އަހަރުން އަހަރަށް ބަލާއިރުގައި 2.6 ބިލިއަން ރުފިޔާގެ ކުރިއެރުމެއް ކަަމަށެވެ. އަދި މިކަންކަން ކުރެވިފައި ވަނީ ވަޒީރުގެ އިރުޝާދުގެ މަތިން، އެކަމަށް ހާއްސަ ޑިޕާާޓްމެންޓްތައް މެެދުވެރިކޮށް ފައިސާ ދޫކުރުން ކޮންޓްރޯލް ކުރެވި، ބޭކާރު ގޮތުގައި ހަރަދު ކުރެވޭ ރައްޔިތުންގެ ފައިސާ މަދުކޮށް، މުހިންމު ބޭނުންތަކަށް ފައިސާ ހަރަދުކޮށްގެން ކަަމަށް ސާއިދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސީއެފް

    މިހާރު އޮތީ ބަނގުރޫޓު ބަޖެޓެއް.. ދެން އަރަނި ބަޖެޓަކަށް ދެވޭނީ ދަރަނި އަރަނި ކޮއްގެން.

  2. މާހިރާ

    މާދުރަށް ނުވިސްނަވާ. އަދި ވިސްނަވަންވީ ކުރިއަށްއޮތް އަހަރު ހުށަހަޅުއްވާނެ ބަޖެޓަށް.