މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް)ން މިއަހަރު ކުރިއަށްގެންދާ އެޕްރެންޓިސް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާ ގުޅިގެން ކުރިއަށް ގެންދާ މި އަހަރު އެޕްރެންޓިސް ޕްރޮގްރާމްގައި ހުޅުވާލާފައި ވަނީ ޓަގް އޮޕަރޭޓުންނަށް އަށް ޖާގަ އާއި އޮޓޮމޯޓިވް މެއިންޓަނަންސްއަށް ނުވަ ޖާގައެވެ.

އެމްޕީއެލް އިން ވިދާޅުވީ، މި ޕްރޮގްރާމަށް ހޮވޭޭ ފަރާތްތަކަށް ކޮންމެ މަހަކު -/5000 ރުފިޔާގެ އެލަވަންސްއެއް ލިބޭއިރު، މިއީ ހަ މަސް ދުވަހުގެ މުއްދަތަަކަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

އެމްޕީއެލް އެޕްރެންޓިސް ޕްރޮގްރާމްގައި ބައިވެރިވުމުގެ ސުންގަނޑިއަކީ ޖޫން 10 ވަނަ ދުވަހުގެ 15:30އެވެ.

މި ޕްރޮގްރާމް އާ ބެހޭ އިތުރު މައުލޫމާތު، އަދި ބައިވެރިވުމަށް އެދޭ ފޯމް ގެޒެޓްކޮށްފައިވާ އިއުލާންގައި ވާނެއެވެ.

އެމްޕީއެލްގެ އެޕްރެންޓިސް ޕްރޮގްރާމްތަކަށް މީގެ ކުރިންވެސް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައި ވެއެވެ.