ފަސް މަަސް ދުވަސް ތެރޭގައި ރާއްޖެއަށް ނުވަ ލައްކައަށް ވުރެ ގިނަ ފަތުރުވެރިން އަތުވެއްޖެއެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު ޖޫން މަހުގެ ތިން ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް 903،775 ފަތުރުވެރިން އައިސްފައި ވެއެވެ. މިއީ މިދިިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައި ފަތުރުވެރިންނާއި އަޅާކިޔާއިރު 12 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 821،248 ފަތުރުވެރިންނެވެ.

މި މަހުގެ ފުރަތަމަ ތިން ދުވަހު ރާއްޖެއަށް 11،530 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 12،005 ފަތުރުވެރިންނެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ އެއްވަނައިގައި އޮތީ ޗައިނާ އެވެ. އެގައުމުން މިއަހަރުގެ މިހާތަނަށް 102،075 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ ތިން ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމެވެ.

ދެވަނަ އަށް 91،618 ފަތުރުވެރިންނާއި އެކީ ރަޝިއާ އޮތްއިރު، ތިން ވަނައަށް އޮތީ އިނގިރޭސިވިލާތެވެ. އެ ގައުމުން 85،840 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ

މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ލިސްޓުގެ އެއްވަނައިގައި އޮތް އިންޑިއާ އޮތީ މިއަހަރުގެ ލިސްޓުގެ 6 ވަނައިގައެވެ. އެއީ 54،576 ފަތުރުވެރިންނާއިއެކުއެވެ.

 

 

 

 

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިސްޢާފް ސަލީމް

    މިއީ ރައީސް ޔާމީން ރާއްޖޭގެ ފަތުރުވެރިކަމުގެ ދަނޑުގައި ގޮވާންކުރި ގަސްތަކުގެ ނަތީޖާ! ދެތިން ހަތުރެއްގެ ޝިކާރަޔަކަށްވެ ، ރައީސް ޔާމީން މިއަދު އުޅުއްވާގޮތް އައްޗިވެ އެމަނިކުފާނުގެ ޤަދަރު ކުޑަވިޔަސް އެމަނިކުފާނުގެ ދައުރަކީ ރައްޖެއަށް ރަން ދައުރެއް!

    6
    1