މިމަހުގެ 14 ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޔޫއެފާ ޔޫރޯ މުބާރާތާއި ގުޅުވައިގެން އެމްއެޗްއޭ މާޓުން ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މިއަދުން ފެށިގެން ޖުލައި 15ގެ ނިޔަލަށް ކުރިއަށްގެންދާ މި ހާއްސަ ޕްރޮމޯަޝަންގެ ދަށުން އެމްއެޗްއޭއިން ރާއްޖޭގެ ބާޒާރަށް ތައާރަފް ކުރި ޑރ. އޮއެޓްކަރ ރިސްޓޯރަންޓެ ބްރޭންޑްގެ ފްރޯޒެން ޕިއްޒާ ގެނެގެން ހިލޭ އެފް އެންޑް އެން އައިސްކްރީމް ސޯޑާ ދަޅެއް ލިބޭނެއެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ އެމްއެޗްއޭގެ މި ޕްރޮމޯޝަން އެ ކުންފުނީގެ ފަސް ރީޓެއިލް އައުޓްލެޓްގައި ވެސް ކުރިއަށް ގެންދާނެއެވެ. ހާއްސަ އަގުތަކާއެކު ކަސްޓަމަރުން އެންމެ ގަޔާވާ އާ ޕްރޮޑަކްޓްތައް ނެރުމުގައި އާއްމުންގެ ބޮޑު މަގުބޫލުަކަމެއް ހޯދާފައިވާ އެމްއެޗްއޭގެ އޮފާގެ ބޭނުން ހިފުމަށް ކަސްޓަމަރުންނަށް މާލޭގައި ހުންނަ ތިން އައުޓްލެޓާއި، ހުޅުމާލޭގެ ދެ އައުޓްލެޓަކަށް ޒިޔާރަތް ކުރެވޭނެއެވެ.

އޮއެޓްކަރ ރިސްޓޯރަންޓެ ބްރޭންޑްގެ ފްރޯޒެން ޕިއްޒާއަކީ އޭގެ މީރުކަމަށް ދުނިޔޭގެ ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ 1970 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ ބަޒާރުގައި ނަން ހިނގާ ފްރޯޒެން ޕިއްޒާގެ ވައްތަރެކެވެ.

އެމްއެޗްއޭއިން ލިބެން ހުރި ޕްރޮޑަކްޓް ރޭންޖަށް ބަލާއިރު.

- ޑރ. އޮއެޓްކަރ ރިސްޓޯރަންޓެ ޕިއްޒާ މޮޒަރެލާ ގްލޫޓެން ފްރީ 370ގ
- ޑރ. އޮއެޓްކަރ ރިސްޓޯރަންޓެ ޕިއްޒާ މޮޒަރެލާ 355ގ
- ޑރ. އޮއެޓްކަރ ރިސްޓޯރަންޓެ ޕިއްޒާ ފަންގީ 365ގ
- ޑރ. އޮއެޓްކަރ ރިސްޓޯރަންޓެ ޕިއްޒާ ކުއަޓްރޯ ފޯމެގީ (4 ޗީޒް) 340ގ
- ޑރ. އޮއެޓްކަރ ރިސްޓޯރަންޓެ ޕިއްޒާ ޕެޕެރޯނީ 320ގ
- ޑރ. އޮއެޓްކަރ ރިސްޓޯރަންޓެ ޕިއްޒާ މާގެރިޓާ 295ގ
- ޑރ. އޮއެޓްކަރ ރިސްޓޯރަންޓެ ޕިއްޒާ ޓޮންނޯ (ޓޫނާ) 355ގ
- ޑޑރ. އޮއެޓްކަރ ރިސްޓޯރަންޓެ ޕިއްޒާ ހަވާއީ 355ގ
- ޑރ. އޮއެޓްކަރ ރިސްޓޯރަންޓެ ޕިއްޒާ ޑައިވޮލާ (ޗިކަން ވިތް ޕެޕަރސް) 350ގ

އެމްއެޗްއޭއަކީ "ރިވާޑްސް" ގެ ނަމުގައި ލޯޔަލްޓީ ޕްރޮގްރާމެއް ހިންގަމުން އަންނަ ކުންފުންޏެއްކަން ވެސް ފާހަގަކޮށްލެވެއެވެ. އެމްއެޗްއޭ އިން ވިޔަފާރި ކުރާ ކޮންމެ ފަހަރަކު "ރިވާޑްސް" ޕޮއިންޓް އިތުރުވާއިރު، އެ ޕޮއިންޓްސް ބޭނުން ކޮށްގެން އެއް އަހަރު ދުވަހުގެ ތެރޭގައި ވިޔަފާރި ކުރެވޭނެއެވެ. އެމްއެޗްއޭ އިން މައުލޫމާތު ދޭގޮތުގައި ޕޮއިންޓުތަކުގެ ތަފްސީލު ވިޔަފާރި ކުރާ ކޮންމެ ފަހަރަކު ފޯނަށް ލިބިގެން ދާނެއެވެ.

އެމްއެޗްއޭއަކީ 1970 ވަނަ އަހަރުގެ މެދުތެރެއިން ފެށިގެން، މިހާރު ވެސް ރާއްޖޭގެ ހޯލް ސޭލް ވިޔަފާރީގައި އެންމެ ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާ ކުންފުންޏެކެވެ.