ކ. ހިންމަފުށީގައި 200 ކޮޓަރީގެ ސިޓީ ހޮޓަލެއް ނުވަތަ ގެސްޓް ހައުސްއެއް ހަދައި ހިންގައިދޭނެ ފަރާތަކަށް ބިމެއް ދޫކުރަން އެ ރަށު ކައުންސިލުން ނިންމައިފިއެވެ.

ހިންމަފުށީ ކައުންސިލް އިދާރާއިން ނެެރުނު އިއުލާނެއްގަިއ ވަނީ އެ މަސައްކަތަށް ބިމެއް ދޫކުރުމަށް ނިންމައިފައިވަނީ ފުޓްބޯޅަ ދަނޑު ހިމެނޭ ސަރަހައްދުން ކަމަށެވެ. އެ ސަރަހައްދުން ދޫކުރާނީ 52،107 އަކަފޫޓުގެ ބިމެކެވެ. އަދި އެ ބިން ދޫކުރުމަށް ނިނަމއިައިވަނީ 50 އަހަރުގެ މުއްދަތަށް ކަމަށް ވެސް އެ އިއުލާނުގައިވެއެވެ.

ހިންމަފުށީގައި އަމިއްލަ ހަރަދުގައި މިކަން ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހަޅަންޖެހޭ ސުންގަޑިއަކީ އިއުލާނުގައިވާ ގޮތުން އަންނަ ޖުލައި 15 ވަނަ ދުވަހުގެ މެންދުރު 1:00 އެވެ.

ބީލަމެއްގެ އަގަކީ 25،000ރ .އެވެ. ބީލަން ވިއްކާނީ މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން އަންނަ ޖުލައި އެއް ވަނަ ދުވަހާ ހަމައަށް ކަމަށްވެސް އެ އިއުލާންގައި ބުނެއެެވެ. ހަމަ އެއާއެކު ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 10 އިން މެންދުރު 12:30 ވަންދެން ބީލަން ފޮތް ވިއްކާނެ ކަމަށް އިއުލާނުގައިވެއެވެ. ޕްރީ ބިޑް ބައްދަލުވުން ތާވަލް ކޮށްފައި ވަނީ ޖުލައި ތިން ވަނަ ދުވަހުގެ މެންދުރު އެކެއް ޖަހާއިރަށެވެ.

އިއުލާނުގައި ބުނެފައިވާ ގޮތުން ޕްރޮޕޯޒަލް ހުށަހެޅޭނީ ދިވެހިންނަށް ނުވަތަ ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ޕާޓްނާޝިޕަކަށް ނުވަތަ ކުންފުންޏަކަށެވެ. އެ އިން ތަނެއްގައި ބިދޭސީ މީހެއްގެ ހިއްސާ އޮވެގެން ނުވާނެއެވެ.

ޓޫރިޒަމްގެ ވިޔަފާރި ކުރިއަރަމުން އަންނަ ހިންމަފުށީގައި މިހާރު ގެސްޓް ހައުސްގެ ވިޔަފާރި ކުރެއެވެ. އެހެނަސް މިއީ މިހާ ބޮޑު ޕްރޮޖެކްޓެއް އެ ރަށުގައި ހިނަގަން ނިންމި ފުރަތަމަ ފަހަރެވެ. ހިންމަފުއްޓަކީ ކުރީގައިވެސް ޓޫރިޒަމްގެ ވިޔަފާރި ކުރަމުން އަންނަ ރަށެކެވެ. ހިންމަފުށީގައި މިހާރުވެސް ސިނާއީ އެކި އެކި މަސައްކަތް ކުރުމަށް ބިން ދޫކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު