އަޟްހާ އީދާ ގުޅިގެން ކުރިއަށް އޮތް ސަރުކާރު ބަންދު ދުވަސްތަކުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހުޅުވުމަށް ހަމަޖެހިފައިވަނީ 18 ޖޫންގައި ކަަމަށް އެ ބޭންކް އިން ވިދާޅުވެއްޖެއެވެ.

އެ ބޭންކް އިން ވިދާޅުވީ، މޯލްޑިވް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިއުލާނާ އެއްގޮތްވާ ގޮތުގެ މަތިން އަންނަ ހަފްތާ އަންގާރަ ދުވަހު ހެނދުނު 08:30 އިން މެންދުރު 2:00 އަށް އެ ބޭންކް ހުޅުވާނެ ކަަމަށެވެ.

މި ބަންދު ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރތައް މެދުވެރިކޮށް ޖަމާކުރުމާއި، ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަަމަށް އެ ބޭންކުން މައުލޫމާތު ދެއްވައެވެ މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމްކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިންގ ހިދުމަތްތައްވެސް އީދު ބަންދުގެ ދުވަސްތަކުގައި ކަސްޓަމަރުންނަށް ލިބިގެންދާނެ ކަަމަށް އެ ބޭންކް އިން މައުލޫމާތު ދެއްވައެވެ.

އޭ ބޭންކް އިން އެދެނީ އިންޓަރނެޓް ބޭންކިންގ އަދި މޮބައިލް އެޕް މެދުވެރިކޮށް ކަސްޓަމަރުން ބޭންކިންގ ހިދުމަތްތައް ހޯދުމަށެވެ.