ބޭންކަށް ގަންނަން ލިބޭ ޑޮލަރުގެ އަދަދު އިތުރު ނުވާ ނަމަ، ކާޑުން ކުރާ ބޭރުގެ މުއާމަލާތުގެ ލިމިޓު އިތުރު ނުކުރެވޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.

ބީއެމްއެލްއިން މިފަދައިން ބުނެފައިވަނީ ޑޮލަރުގެ ރޭޓު ބޮޑުވަމުން އައުމާއި ބީއެމްއެލްގެ ކާޑު ލިމިޓްތައް ބޮޑު ކުރުމާއި ގުޅޭ ގޮތުން މީޑިއާތަކުން ކޮށްފައިވާ ސުވާލުތަކަށް ޖަވާބު ދެމުންނެވެ.

އެގޮތުން ބީއެމްއެލުން ބުނީ، ރާއްޖޭގެ ޑޮލަރުގެ ހާލަތާ މެދު ބޭންކުން ވަކި އެއްޗެއް ދެންނެވެން ނެތް ނަމަވެސް މާކެޓުން ޑޮލަރު ގަންނަން ލިބޭ އަދަދަށް ވުރެ ބޮޑު އަދަދެއް ބޭންކުން ވިއްކަމުން އަންނަ ކަމަށެވެ. އަދި ބީއެމްއެލް ކާޑު ބޭނުންކޮށްގެން ކުރާ ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބަލާއިރު، މަހުން މަހަށް އެ އަދަދު ވެސް އިތުރުވަމުން އަންނަ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

ބީއެމްއެލްއިން ބުނީ، މިހާރު ބޭންކަށް ގަންނަން ލިބޭ ޑޮލަރުގެ އަގު ބޮޑުނުވާނަމަ، ރައްޔިތުން ބީއެމްއެލްގެ ކާޑު ބޭނުންކޮށްގެން ކުރާ ބޭރުގެ މުއާމަލާތްތަކަށް ކަނޑައެޅިފައިވާ ލިމިޓު އިތުރު ކުރުމަކީ އެ ބޭންކަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"މިހާރު ބޭންކަށް ގަންނަން ލިބޭ ޑޮލަރުގެ އަދަދު އިތުރުނުވާހާ ހިނދު ކާޑުން ކުރެވޭ ބޭރުގެ މުއާމަލާތްތަކަށް ކަނޑައަޅާފައިވާ ލިމިޓު އިތުރުކުރުމަކީ ބީއެމްއެލްއަށް ކުރެވޭނެ ކަމެއް ނޫން. ބޭންކުން މިހާރުވެސް މި އަންނަނީ ބޭރުގެ މުއާމަލާތްތައް ކުރުމަށް ބޭރު ފައިސާގެ އެހީތެރިކަން ފޯރުކޮށްދެވޭ ހާލަތްތަކުގައި އެ އެހީތެރިކަން ދެމުން." ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލުން ބުނީ، މިކަމަށް ހައްލެއް ހޯދުމަށްޓަކައި ބޭންކުން ކަމާ ބެހޭ އިދާރަތަކާއެކު މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ސަލާހުއްދީން

    ޢަހަރުމެން ގެ ބޭންކް ދިވެހިންގެ ބޭންކް .....

  2. ހުސެއިން ޝާމް

    ބީ.އެމް.އެލް އިން ބޮޑެތި ދޮގު ހެދީމަ ގެއްލުންވާނީ ދިވެހި ރައްޔިތުންނަށް.ކަލޭމެން ތިހަދަނީ ތެދުކަމަށް ވަނީ ނަމަ ޓީވީ މޯލްޑިވްސް އަށް އަރާ ތިކަމުގެ ހެއްކާ ޤަރީނާ ރައްޔިތުންނަށް ސާފު ކޮށްދީބަލަ.މާކަންތައް ބޮޑު ކުރާނަމަ މެނޭޖްމެންޓް ބަދަލު ކުރަން ޖެހިދާނެ.

  3. ކަކުނިބޯ

    ގަންނަންޖެހޭ ޑޮލަރ އިތުރުވާކަށްނުޖެހޭ
    1. ޙުރިހާޑޮލަރ އެކައުންޓެއްއުވާލުން
    2. ޓީޓީ ހަދަން އެމްއެމްއޭ އިން ޑޮލަރ ދޫކުރުން
    3. ފުރާމީހުންނަށާ ބަލިމީހުންނަށް ޑޮލަރ އެއަރޕޯޓްން ވިއްކުން އަދި އައުމަށްފަހު ދިވެހިރުފިޔާއަށް އެއަރޕޯޓުން މާރުކުން އަދި ނުކުރާމިހުން 6މަހަށް ޖަލަށްލުން
    4. ކުރިން އޮތްގޮތަށް ރާއްޖޭންބޭރުން ދުވަހުލިމިޓްގައި ކްރެޑިޓް އަދި ޑެބިޓްކާޑު ބޭނުންކުރެވުން
    5. ޜިސޯޓް ތަށް ޒޯންތަކަށް އަދި ތަރިތަކަށްބަހާ ޓީޖީއެސްޓީ ދެއްކުމުގައި މީރާއިން ޤަބޫލުކުރާ އެންމެދަށްއަގުކަނޑާއަޅާ އެރޭޓްން ޓީޖީއެސްޓީ ނެގުން
    ކެރެންޔާ ސަރުކާރަށް ކާފަވައެއްލުންހާފަސޭހަ އަދި ޑޮލަރެއްގެ އަގު އެސާހިތަކު 10ރ އަށް

  4. ޑޮލަރޭ

    17.40 އަށް ޑޮލަރު ވިއްކެން އޮއްވާ 15 ރުފިޔާ އަށް ބޭންކަށް ޑޮލަރު ވިއްކާނީ ބޮޑުމޮޔައެއްނު.

  5. ވިޔަފާރިވެރިޔާ

    އަލީ އެކްސްޕްރެސް ، ޝެއިން އިން ތަކެތި އާންމުންނަށް ނުގެނޭވޭ ގޮތް ހަދަންވީ. އެހެން ގެނެސްގެން އާންމުން ޑިއުޓީ ، ޖީއެސްޓީ، އެއްވެސް ކަމެއް ނުކޮއް ވިއްކޭ. ހުރިހާ ގެެއްލުމެއް ރަނގަޅަށް ޑިއުޓީ ދައްކައިގެން ، ބޮޑު އަގުދީގެން ކުލި ދައްކައިގެން އުޅޭ ހަލާލު ވިޔަފާރި ވެރިޔާޔަށް،. ކޮބާ އިންސާފަކީ؟ ސަރުކާރުން މިކަން ހައްލު ކޮއްދެއްވާ. ޕްލީޒް.

  6. ހިމް

    ކްރެޑިޓް ކާޑު ލިމިޓް އިތުރުކޮށް ޑެބިޓް ކާޑު ލިމިޓް އިތުރުނުކުރަނީ ގިނަ ބަޔަކު ރިބާގައި ޖައްސާ، ބޭންކުގެ ފައިދާ އިތުރުކުރަން. ޑޮލަރު ނުލިބެންޏާ ވަކި ކާޑަކަށް ލިމިޓް އިތުރުވޭތަ؟

  7. Anonymous

    ކޮބާހޭ ޓުައަރިޒަމުން ވަންނަ ޑޮލަރުތައް؟