ދައުލަތުގެ އިންޓާނަލް އޮޑިޓް ކޮންފަރެންސް މި އަހަރުގެ ޖުލައި މަސް ތެރޭގައި ބާއްވަން ނިންމާފައިވާކަން މާލީ ވުޒާރާއިން ހާމަކޮށްފިއެވެ.

އެ ވުޒާރާއިން މައުލޫމާތުދެއްވާގޮތުން މި ކޮންފަރެންސް އޮންނާނީ ޖުލައި ތިނެއް އަދި ހަތަރު ވަނަ ދުވަހު އިސްލީމިކް ސެންޓަރު ހޯލުގައެވެ

މާލީ ވުޒާރާގެ އިންޓާނަލް އޮޑިޓް ކޮމެޓީން މިހާރު ދަނީ މި ކޮންފަރެންސްއާ ގުޅުންހުރި ކަންކަމުގައި އެހެނިހެން ވުޒާރާތަކާއިވެސް ބައްދަލު ކުރަމުންނެވެ.

މިގޮތުން އެ ކޮންފަރެންސްއާ ގުޅޭ ގޮތުން މާލީ ވުޒާރާގެ ދަށުން ހިންގާ ރާއްޖޭގެ އިންޓާނަލް އޮޑިޓް ކޮމިޓީން ވަނީ ދިފާއީ ވުޒާރާ، ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާ، ލޯކަލް ގަވަމެންޓް އޮތޯރިޓީ، މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ، އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ އަދި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއާއެކު ސިލްސިލާ ބައްދަލުވުންތަކެއް ބާއްވާފައެވެ.

މީގެ ކުރިންވެސް މި ކޮންފަރެންސް ބާއްވާފައި ވެއެވެ. އެގޮތުން އެންމެ ފުރަތަމަ މި ކޮންފަރެންސް ބޭއްވީ މިދިޔަ އަހަރެވެ.

ކިޔުންތެރިންގެ ހިޔާލު