‎އީދު ބަންދާއި ދިމާކޮށް މޯލްޑިވިއަން އިން ދަތުރު ކުރާ ގިނަ މަންޒިލްތަކަށް ޓިކެޓުގެ އަގު ހެޔޮކޮށްފިއެވެ.

‎މޯލްޑިވިއަން އިން ބުނީ އެ ކުންފުނިން ބައެއް މަންޒިލުތަކުގެ ދަތުރުތަކުގެ ހެޔޮ ކުރަން ނިންމީ އީދު ބަންދާއި ދިމާކޮށް ކަމަށެވެ. އަދި މިއީ އެ ކުންފުނީގެ ހިދުމަތްތައް ލިބިގަންނަ ކަސްޓަމަރުންނަށް ފަަސޭހަކަމާއިއެކު ރަށްތަކަށް ނުވަތަ މާލެއަށް ދަތުރުކުރެވޭނެ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމަށް ފެށި ޕްރޮމޯޝަނެއް ކަމަށްވެސް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ. އެހެންކަމުން ރަހުމަތްތެރިންނާއި އާއިލާއެކު އީދު ފާހަގަކުރުމަށް ނޫނީ ސިއްހީ ފަރުވާއާ އެހެނިހެން ބޭނުންތަކަށް މާލެ ދިއުމަށް މި އަގުހެޔޮ ޓިކެޓުގައި މިހާރު ދަތުރު ކުރެވޭނެ ކަމަށް ބުނެފައި ވެއެވެ.

‎އެ ކުންފުނިން ފަށާފައިވާ ޕްރޮމޯޝަންގެ ދަށުން މާދަމާގެ ނިޔަލަށް މާލެ އަންނަ މީހުންނަށާއި، މި މަހުގެ 17އިން 24 އަށް މާލެ އިން ފުރާ މީހުންނަށް މި ހާއްސަ އަގުގައި ޓިކެޓު ލިބިގެން ދާނެއެވެ.

ކޫއްޑޫން-މާލެ - 1111ރ

މާފަރުން-މާލެ - 999ރ

މަޑިވަރުން-މާލެ - 949ރ

ކައްދޫން-މާލެ - 1055ރ

ހަނިމާދޫން-މާލެ - 1111ރ

ތިމަރަފުށިން-މާލެ - 1111ރ

ފުނަދޫން-މާލެ - 1055ރ

ފުވައްމުލަކުން-މާލެ - 1155ރ

މާވަރުލުން-މާލެ - 1133ރ

އިފުރުން-މާލެ - 999ރ

ގަމުން-މާލެ - 1222ރ

ކާޑެއްދޫން-މާލެ - 1333ރ

ފަރެސްމާތޮޑާއިން-މާލެ - 1133ރ

ދަރަވަންދޫން-މާލެ - 749ރ

‎އީދު ބަންދުގެ ދުވަސްވަރު މޯލްޑިވިއަންއިން މި ރޭޓުތަކުގައި ޓިކެޓް ދޫކުރާނީ ލިމިޓެޑް އަދަދަކަށެވެ. މިހާރުވެސް ފެށިގެން ޓިކެޓް ބުކް ކުރެވޭއިރު، އިތުރު މައުލޫމާތު މޯލްޑިވިއަންގެ ވެބްސައިޓުން ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ދެނޯ

    އެންމެން ލޯންޗުން ޓިކެޓް ނަގާ ދާންވާހުރިހާ ތަންތަނަށްގޮސް ނިމުނީމާ އަދި މިއަށްވުރެ ވެސް ހެޔޮކޮށްލާތި. އަގުހަދާ ގްރޫޕްތިބީ ހޭބަލިވެފަތަ. ޢީދު ބަންދު މިދުވަސްތައް މިއީ ހަމަކުއްލިއަކަށް އައި ދުވަސްތަކެއްބާއޭ ހިތަށްއަރާ. މާވަހަރު ފެންނަހެން. ދިވެހިން ދިވެހިންގެ ގޮތުގައި، ގަޑިޖެހިގެން އަންނަމީހާއަށް ހުރިހާ ކަންކަން ފަހިވާނީ.

    • ފާޒް

      ބަލަގަ މިއީ ސޭކުސްތާނޭ. މިތާގަ އޮންނާނީ ސޭކުންގެ ވިސްނުން.

    • ޚައްބަަ

      ހާދަހާ ވަގު ބައެކޭ މީ ދޯ

  2. އައްޑޫ މީހުން

    ކޮބާތަ އައްޑޫގެ ޓިކެޓުގެ ވާހަކަ ނެތް ދޯ...

  3. ސާން

    ކޮބާ ކުޅުދުއްފުށި.؟

  4. އަލީ

    ތިކަމުންވެސްއައްޑޫބާކީ

  5. ފިނުއަރުވަނީ

    ކުދިންނޭ ފްލައިޓް އިތުރެއްނުކުރޭ! މުޅި ށ. އަތޮޅައްވެސް އިނީ ހަފްތާޔަކު 2 ފްލައިޓް އޭގެން ދެން ކޮން ޖާގައެއް ލިބޭނީ؟

  6. އަހްމަދު

    ކީއްވެބާ ކައްދުއަށްވުރެ ތިމަރަފުށީގެ ޓިކެޓް އަގުބޮޑީ

  7. ބޯހަލާކް

    ކުޅުދުއްފުށި ސިޓީ އަކީ މޯލްޑިވިއަންގެ ރާޑަރަށް ނާރާ އެއަރ ޕޯޓަކީތަ

  8. ނިޔާޢު

    ގދ. މާވަރުލު އެއަރޕޯރޓުން ދަތުރު ކުރާ ބަޔަކަށް ފެއަރ ޓިކެޓެއް ނުލިބޭ. 01 މަސް ކުރިން ޓިކެޓް ނެގިޔަސް ޓިކެޓް ލިބެނީ އެންމެ ބޮޑު އަގުގައެވެ. އެއީ ގާތްގަނޑަކަށް -/1600ރުފިޔާ. މިހާރު ހުވަދޫ ކަނޑުން ދެކުނު ރަށްރަށުގެ ބޯޓު ފަހަރުން މާލެއަށް ފަސިންޖަރުން ނުއުފުލާ. އެހެންވީއިރު ރަށްރަށުން މާލެއަށް ދަތުރު ކުރަން ޖެހެނީ ވައިގެ މަގުން ކަމަށްވާތީ؛ މިދަތުރުތައް ކުރުން މިހާރު ވެފައިވަނީ އަސާސީ ޚިދުމަތަކަށް. ވީމާ؛ ދައުލަތުން ސަބްސިޑީއެއް ދީގެން ނަމަވެސް ރައްޔިތުން އަތްފޯރާ އަގަކަށް ޑޮމެސްޓިކް އެއަރޓިކެޓްގެ އަގު ތިރިކޮށް ދެއްވުމަކީ ރައްޔިތުންނަށްޓަކައި ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް.
    މިހާރުގެ ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް މިޤައުމުގެ ރައީސް ކަމާއި ޤާނޫނު ހަދާ މަޖިލީހުގެ ސްޕަރ މެޖޯރިޓީ ދިނީ މިފަދަ ކަންކަން ރައްޔިތުންނަށް ލުއި ފަސޭހަ ކޮށް ދެއްވުމުގެ ބޭނުމުގައި ކަމަށްވުމުން މިދެންނެވި ޑޮމެސްޓިކް އެއަރޓިކެޓްގެ ކަންތަކަށް އަވަސް ޙައްލެއް ގެނެސް ދެއްވުން އެދެން.