މި އަހަރުގެ އަޟްހާ އީދުގެ ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ހިނގަމުންދާ އީދު ހަރަކާތްތައް ގުޅުވައިދީ ބޭއްވުމުގައި ބޭއްވުމަށް ދިރާގުން ވަނީ އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ދިރާގުން ބުނީ އަޟްހާ އީދު ހަރަކާތްތަކުގެ ތެރެއިން އެކުންފުނިން ޤައުމީ ފެންވަރުގައިއީދުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތިން ރަށް ކަމަށްވާ ރ. އުނގޫފާރު، ގއ. ވިލިނގިލި އަދި ދ. ކުޑަހުވަދޫއަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. މީގެއިތުރުން ރާއްޖޭގެ ދެކުނުން އުތުރަށް ގިނަ ރަށްތަކެއްގެ އީދު ހަރަކާތްތަކުގައިވެސް ދިރާގުގެ ބައިވެރިވުން ފެނިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ. އޭގެ ތެރޭގައި އައްޑޫ ސިޓީ، ގއ. ކޮލަމާފުށި، ހއ. ވަށަފަރު، އދ. ދަނގެތި، ފ. ފީއަލި އަދި ދ. ހުޅުދެލި ހިމެނެއެވެ.

ދިރާގުގެ އެހީތެރިކަމާ އެކު މި ރަށްރަށުގައި ގިނަ ސަގާފީ ހަރަކާތްތަކުގެ އިތުރުން ކުޅިވަރު ހަރަކާތްތައްވެސް ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ.

ދިރާގުގެ މެނޭޖަރ ޕަބްލިކްރިލޭޝަންސް ޖައިޝަން ހަމީދު ވިދާޅުވީ އަޟްހާ އީދަކީ ރާއްޖޭގައި އަބަދުވެސް ވަރަށް ފޯރިގަދަކަމާ އެކު ގިނަ ހަރަކާތްތަކެއް ބާއްވަމުން އަންނަ ދުވަަަހަކަށް ވާއިރު، ދިވެހި މުޖުތަމައުގެ ތެރޭގައި އޮންނަ ޒަމާންވީ އެއްބައިވަންތަ ކަމުގެ ރޫހު އާލާކުރުމަށް އެކި ރަށްރަށުގައި ބާއްވާ މި ހަރަކާތްތަކަށް ދިރާގުން އަބަދުވެސް އެއްބާރުލުންދޭން މަސައްކަތް ކުރަމުން ދާނެ ކަމަށެވެ.

މާލެ ސަރަހައްދުގައި އީދު ފާހަގަކުރުމަށް ދިރާގުން ވަނީ މާލެ ސިޓީ ކައުންސިލާއިއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އާ ގުޅިގެން މިއަދު ހެނދުނު އީދު ބޮނޑިބަތް ހަރަކާތް ބާއްވާފައެވެ. އަދި މިއަދު ހަވީރު އާޓިފިޝަލް ބީޗުގައި 'އީދު މަޖާ' ނަމުގައި ކުޑަކުދިންގެ ހަވީރެއްވެސް ކުރިއަށްދާނެއެވެ. މި ހަވީރުގެ ޕަރޓްނަރެއްގެ ގޮތުގައި އެޑްވެންޗަރ އަޕްވެސް ހަރަކާތްތެރިވާނެއެވެ.

މީގެ އިތުރުން ހައުސިންގ ޑިވެލޮޕްމަންޓްކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅިގެން 15 ޖޫން އިން 17 ޖޫންގެ ނިޔަކަށް 'މައިހުޅުމާލެ އީދުއުފާ 2024' ގެ ނަމުގައި ހުޅުމާލޭގައި ތަފާތު ސަގާފީ ކުޅިވަރުތަކާއި ދިރާގު އީދު ބޮނޑިބަތް އަދި ކުޑަކުދިންގެ ހަވީރު ފަދަ ހަރަކާތްތައް އެބަ ކުރިއަށްދެއެވެ.

މީގެ އިތުރުން މެދުކެނޑުމަކަށްފަހު ދިރާގުން ވަނީ އެކުންފުނީގެ އީދު ޝޯ ހުނަރުވެރި، ދިވެހިމިއުޒިޝަނުންގެ ލައިންއަޕަކާ އެއްކޮށް ބޭއްވުމަށް ހަމަޖައްސާފައެވެ. މި ޝޯ އޮންނާނީ މާދަމާ ރޭ 8:00 އިން ފެށިގެން ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. އަދި ޝޯގެ ތެރެއިން އެކުންފުނީގެ 'ވިން އަ ޓެސްލާ' ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވުންވެސް އޮންނާނެއެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ސަގާފީއަދި އިޖުތިމާއީ ތަފާތު ހަރަކާތްތަކަށް އެއްބާރުލުން ދީ، އެއްބައިވަންތަކަމުގެ އިހުސާސްއާލާކޮށް، ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުން އިތުރަށް މުއްސަނދިކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އައިމަން

    ދިރާގު ގެންގުޅޭ 5ޖީ އަކީ އަބަދުވެސް ސިގްނަލްކެނޑިފައި އޮންނައެއްޗެއް