ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ދިރާގު އީދު ޝޯ އަދި އެކުންފުނީގެ 'ވިން އަ ޓެސްލާ' ޕްރޮމޯޝަންގެ ގުރުއަތު ނެގުން މިރޭ އޮންނާނެ ކަމަށް ދިރާގުން ބުނެފިއެވެ.

މި އަހަރުގެ އަޟްހާ އީދު ފާހަގަކުރުމުގެ ގޮތުން ދިރާގުން ބާއްވާ މި އީދު ޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 8:00 އިން ފެށިގެން ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މި ހަރަކާތުގެ ހޯސްޓިންގ ޕާޓްނަރަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އެވެ.

ދިރާގުން ބުނީ މިރޭގެ ޝޯގެ ތެރެއިން ގިނަ ބަޔަކު އިންތިޒާކުރަމުން އަންނަ ދިރާގުގެ 'ވިން އަ ޓެސްލާ' ޕްރޮމޯޝަންގެ ގުރުއަތު ނަގާ ނަސީބުވެރިއެއް ވެސް ހޮވިގެންދާނެ ކަމަށެވެ. ގުރުއަތު ނެގުން ފެށިގެންދާނީ މިރޭ 9:00 ޖަހާއިރުއެވެ. އަދި މި ސެގްމެންޓް ޓީ.ވީ.އެމް އާއި ޗެނަލް 13 އަދި ދިރާގު ފޭސްބުކް އާއި ޔޫޓިއުބްއިން ލައިވްކޮށް ދައްކާނެއެވެ.

ދިރާގު އީދު ޝޯގައި ހުނަރުވެރި ދިވެހި މިއުޒިކް ފަންނާނުންގެ ލައިންއަޕަކާއެކު ކުރިއަށްދާ ކުލަގަދަ އިވެންޓަކަށްވާނެއެވެ. އެގޮތުން ޝޯވގައި ކުޅޭނީ:

• ޑީޖޭ އަލީ
• އީކުއެޓިކް ވައިބް
• ސްކައިރޮކް
• ރެވިއޯ
• ޓްރެފިކް ޖޭމް
• ސިމްބޮލިކް ރެކޯޑްސް

މީގެ އިތުރުން މިރޭގެ ޝޯގައި ވިމެން އެންޓަރޕްރެނިއަރސް އެސޯސިއޭޝަން - މޯލްޑިވްސް (ވީއެމް) އަދި މަޝްހޫރު ޝޮޓް ބެވަރޭޖަސް މޯލްޑިވްސްގެ އުފެއްދުންތަކާ އެކު އިންތިޒާމްކުރެވިފައިވާ ޚާއްސަ ފުޑް ސްޓްރީޓެއްވެސް އޮންނާނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރާއްޖޭގައި ހިންގާ ތަފާތު އިޖުތިމާއީ ހަރަކާތްތަކަށް އެއްބާރުލުން ދީ، ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުން އިތުރަށް މުއްސަނދިކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު