ގިނަ ބަޔަކު އިންތިޒާކުރަމުން ދިޔަ ދިރާގު 'ވިން އަ ޓެސްލާ' ޕްރޮމޯޝަންގެ ގުރުއަތު ނަގައިފިއެވެ.

މިހާރު ސެންޓްރަލް ޕާކުގައި ކުރިއަށްދާ ދިރާގު އީދު ޝޯ ޓެސްލާ ކާރު ލިބުނު ނަސީބުވެރިޔާ ވަނީ ހޮވާފައެވެ. އެ ނަސީބުވެރިއަކީ މުސްތަފާ މުހައްމަދެވެ. އެ ޝޯވގެ ތެރެއިން ޓެސްލާ ކާރުގެ ނަސީބުވެރިޔާ ހޮވާފައި އެންމެންްގެ ކުރިމަތީގައި ލަކީ ޑްރޯ ރޯލްކޮށްގެންނެވެ.

އެ ނަސީބުވެރިޔާއަށް ދޭނީ ޓެސްލާ މޮޑެލް 3ގެ ކާރެކެވެ. އެ ކާރު މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ. އަދި އެ ކާރު އާއްމުންނަށް ދައްކާލާފައިވެސް ވެއެވެ.

ދިރާގު ޓެސްލާ ކާރުގެ ނަސީބުވެރިޔާ ހޮވުން - ވަގުތު އިމޭޖްސް

މި ޕްރޮމޯޝަނަކީ ދިރާގުގެ 35 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކަސްޓަމަރުންނަށް ޓެކްނޮލޮޖީގެ އެހީގައި ތަފާތު އާ ތަޖުރިބާއެއް ފޯރުކޮށްދިނުމުގެ މަގްސަދުގައި އެ ކުންފުނިން ލޯންޗު ކުރި ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަން ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަސް ތެރޭގައެވެ.

މި ޕްރޮމޯޝަނަށް ކަސްޓަމަރުންގެ ފަރާތުން ހޫނު ތަރުހީބެއް ލިބުނު ކަމަށް ދިރާގުން ފާހަގަ ކުރެއެވެ.

ދިރާގުން ބުނީ މިރޭ ނެގި ގުރުއަތުގެ މަރުހަލާ އިންސާފުވެރިކަމާއި އެކު ކުރިއަށްގެންގޮސް ބެލެހެއްޓުމަށްޓަކައި ދިރާގުން ތިންވަނަ ޕާޓީ އޮޑިޓަރެއްގެ ގޮތުގައި ކްރޯ މޯލްޑިވްސް އައްޔަންކޮށްފައިވާ ކަމަަށެވެ. އެގޮތުން ކްރޯ މޯލްޑިވްސްއިން ގުރުއަތުގެ މަރުހަލާގެ ހުރިހާ ކަމެއް ގާތުން ބަލާ ގުރުއަތު ނެގި ވަގުތު އެތަނުގައިވެސް ހަރަކާތްތެރިވެފައެވެ.

ދިރާގުން ހަދިޔާ ކުރާ ޓެސްލާ ކާރު - ވަގުތު އިމޭޖްސް

މި ޕްރޮމޯޝަނަކީ ދިރާގުގެ ހިދުމަތް މިހާރުވެސް ބޭނުންކުރާ ކަސްޓަމަރުންނާއި އަލަށް ދިރާގާ ގުޅޭ ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށްދިޔަ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަނުގައި ޕޯސްޓްޕެއިޑް 450 އަދި ފައިބަ ބްރޯޑްބޭންޑް 30 އެމް އިން މަތީގެ ޕެކޭޖަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ފުރުސަތު ދިނެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލާބަ

    ރޯލު ކޮށގެން ނަގާ ގުތު ،އެއީ ބޭނުން މީހަކަށް ދެވޭނެ. އެއްޗެއް. ޑިވެލޮޕަރާ ލިބުނު މީހާ އާއި އޮތް ގުޅުން ބަލާލުން ރަނގަޅު

    2
    1
    • ހަޖަމް

      ކަލެއަށް ބޮޑަށް އެނގޭނީ

      1
      1