އަޟްހާ އީދާއި ގުޅުވައިގެން ދިރާގު ގުޅިގެން ކުރިއަށްގެންދާ "ދިރާގު އީދު ޝޯވ ޑައުން" ގޭމިންގ މުބާރާތް މިރޭ އޮންނާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ސެންޓްރަލް ޕާކުގައި މިރޭ 20:00 ގައި ފަށާ މި ޝޯވއަށް ދާ ކޮންމެ ބަޔަަކަށް ވެސް މި މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓަރ ކުރެވޭނެއެވެ. އެތަނުގައި އީސްޕޯޓްސްގެ ތިން ގޭމެއް ކުރިއަށްދާއިރު، އެއީ އީއޭއެފްސީ 24، ރޮކެޓް ލީގް އަދި ޓެކްކޭނީއެވެ.

މިރޭ 23:00 އާ ހަމައަށް ކުރިއަށްގެންދާ މި މުބާރާތުގައި ބައިވެރިވާ ކޮންމެ ފަރާތެއްވެސް ޖެހިޖެހިގެން ތިން މެޗުން މޮޅުވާން ޖެހޭއިރު، އެއިރުން އެ މީހަކަށް "ކިންގ އޮފަ ދަ ހިލް" ލަގަބް ލިބިގެން ދާނެއެވެ. އަދި ދިރާގުން ހުށަހަޅާ ފައިސާގެ އިނާމެއް އެމީހަކަށް ލިބިގެން ދާނެއެވެ.

މިއީ ދިރާގުން ގޭމިން ކޮމިއުނިޓީއަށް ހާއްސަކޮށްގެން މުޅި އަހަރު ކުރިއަށް ގެންދަން ނިންމާފައިވާ އީ-ސްޕޯޓްސް މުބާރާތްތަކުގެ ތެރެއިން ކުރިއަށް ގެންދާ ހަރަކާތެކެވެ. ދިރާގުން މިހާތަނަށް ވަނީ މޮބައިލް ލެޖެންޑްސް، އީއޭއެފްސީ، ޓެކްކޭނީ ފަދަ ގިނަ މުބާރާތްތަކެއް ބާއްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު