އެޗްޑީސީން "މައި ހުޅުމާޅެ އީދު އުފާ ޕަވަރޑް ބައި ދިރާގު" ނަމުގައި ބޭއްވި ފޯރިގަދަ އީދު ހަރަކާތުގައި ޝީޝާ އާއި ގުޅިގެން ބޭއްވި ލަކީ ޑްރޯގެ ނަސީބު ވެރިއަކަށް ޔޫހާ ހޮވިއްޖެއެވެ.

މި އިވެންޓްގެ ގޯލްޑް ސްޕޮންސަރ ޝީޝާގެ ފަރާތުން އިވެންޓްގެ ބައިވެރިންނަށް ހާއްސަކޮށްގެން ބޭއްވި މި ގުރުއަތުގެ ނަސީބުވެރި ފަރާތެއްގެ ގޮތުގައި ހޮވިފައިވަނީ ޔޫހާއެވެ.

ޔޫހާއަށް ވަނީ އެއަރބްލޭޑް 160 ސީސީގެ ރެޑް އެޑިޝަންގެ ސައިކަލެއް ލިބިފައެވެ. ޔޫހާ ވަނީ މި ސައިކަލް ޔޫހާގެ ބައްޕައަށް އީދު ހަދިޔާއެއްގެ ގޮތަށް ދީފައެވެ.

އެޗްޑީސީ އާއި ދިރާގާއި ޝީޝާ އިން ބޭއްވި ކުޑަކުދިންގެ ހަވީރު--ވަގުތު އިމޭޖަސް; އާދިން މޫސާ ލަތީފް

ތިން ދުވަހަކަށް ބަހާލެވިގެން ކުރިއަށް ގެންދިޔަ މި އިވެންޓްގައި ދިވެހިންގެ މުއްސަނދި ސަގާފަތް ދައްކުވައިދޭ ތަފާތު ހަރަކާތްތަކާއި ކުޅިވަރުތަކެއް ކުރިއަށް ގެންގޮސްފައި ވެއެވެ. އޭގެ ތެރޭގައި ދިވެހިންގެ ދުވަސްވީ ސަގާފަތް ދައްކުވައިދޭ ބޮޑު މަސް ދުއްވުން، މާލި ޕެރޭޑު އަދި ކޯޑިކެޑުން ފަދަ ތަފާތު ހަރަކާތްތައް ފާހަގަކޮށްލެވެެއެވެ. އަދި މި އީދު އުފާ ކުޅިވަރުތަކުގެ ތެރޭގައި ކުޑަކުދިންގެ ހަވީރާއި ހަވާއެރުވުމުގެ ހަރަކާތްތައްވެސް ކުރިއަށް ގެންގޮސްފައި ވެއެވެ. ހަމަ މިއާއެކު، ދިވެހި ފަންނާނުންގެ ލައިވް މިއުޒިކް ހުށަހަޅައިދިން ދިރާގު އީދު ޝޯ އަކީ މި އީދުގެ ފޯރި އިތުރަށް ގަދަވެގެންދިޔަ އެއް ހަރަކާތްކަންވެސް ފާހަގަކޮށްލެވެެއެވެ.

ދިރާގު އީދު ޝޯވ--ވަގުތު އިމޭޖަސް: އާދިން މޫސާ ލަތީފް

މި އަޟްހާ އީދު ވެގެންދިޔައީ ހުލުމާލޭގެ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަމުގެ ރޫހު ދިރުވައިދިން އީދަކަށެވެ. އެޗްޑީސީ އިން އަބަދުވެސް މަސައްކަތްކުރަމުންގެންދަނީ ހުޅުމާޅޭގައި ދުރިއުޅޭ ފަރާތްކަށް އެންމެ ކަމުދާނެގޮތަކަށް ތަފާތު ހަރަކާތްތަށް ކުރިއަށް ގެންދިއުމަށެވެ.

ކިޔުންތެރިންގެ ހިޔާލު