މޯލްޑިވްސް ފުޑް ކާނިވަލް 'ޕަވަރޑް ބައި ދިރާގު' ގެ އެކްސްކްލޫސިވް ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގުން ސޮއިކޮށްފިއެވެ.

އެގޮތުން ދިރާގާއި މޯލްޑިވްސް ފުޑް ކަރނިވަލްއިން ފަސް ދުވަހުގެ ކުލަގަދަ ފެސްޓިވަލްއަކަށް ތައްޔާރު ވަމުންދާއިރު، މިއީ މޯލްޑިވްސް ފުޑް ކާނިވަލްގެ ދެވަނަ އެޑިޝަނެެވެ.

މި އަހަރުގެ އިވެންޓް އޮންނާނީ އަންނަ ޖުލައި މަހުގެ 3 އިން 7 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

ތިންކް އެސޯސިއޭޓްސް އާއި ޓޭސްޓް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ މިހަރަކާތުގައި ތަފާތު ކާބޯތަކެތީގެ ސްޓޯލްތަކުގެ ބައިވެރިވުން ފެނިގެންދާނެއެވެ. އަދި މި އިވެންޓްގެ ސަބަބުން ދިވެހި ހޯމް-ބޭސްޑް އަދި ކުދި ވިޔަފާރިތަކުގެ އިތުރުން މަޝްހޫރު ކާބޯތަކެތީގެ ވިޔަފާރިތަށް އެއްތަނަކަށް ގެނެސް، އެ ފަރާތްތަކުގެ ހުށަހެޅުންތައް އާންމުންނަށް ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ކާބޯތަކެތީގެ އިތުރުން މޯލްޑިވްސް ފުޑް ކަރނިވަލްގައި ތަފާތު ގޭމްތަކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައްވެސް ކުރިއަށްދާނެއެވެ.

ދިރާގުގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް ޖައިޝަން ހަމީދު ވިދާޅުވީ، މި އަހަރުވެސް މޯލްޑިވްސް ފުޑް ކާނިވަލް 'ޕަވަރޑް ބައި ދިރާގު'ގެ ޕާޓްނަރަކަށްވެ، މި ފޯރިގަދަ އިވެންޓް އާންމުންނާ ހަމައަށް ގެނެސްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މި ކާރނިވަލްގައި ދިވެހި އަދި ބައިނަލްއަގްވާމީ ތަފާތު ކާބޯތަކެތީގެ އިތުރުން އާރޓްސް އެންޑް ކްރާފްޓް، ކުޅިވަރު އަދި މުނިފޫހިފިލުވުގެ ތަފާތު ސްޓޯލްތައް ހިމެނިގެންދާނެ. މިއީ އާއިލާއާއި ރައްޓެހިންނާ އެކު ތަފާރު ތަޖުރިބާއެއް ކޮށްލުމަށްލިބޭ ރަނުގެ ފުރުސަތެއް"

ދިރާގުން އަބަދުވެސް މަސައްކަތްކުރަމުންދަނީ ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކަށް އިތުރު ފުރުސަތުތައް މަގުފަހިކޮށްދޭފަދަ ތަފާތު މުނިފޫހިފިލުވުމާއި އިޖްތިމާޢީ ހަރަކާތްތަކަށް އެއްބާރުލުންދިނުމަށެވެ.

ކިޔުންތެރިންގެ ހިޔާލު