އައްޑޫ ސިޓީ ގެ ރައްޔިތުންނަށް ބޭނުންވާ އަވަހަށް ހަލާކުވާ ޒާތުގެ ކާގޯ (ޕެރިޝަބުލް ކާގޯ) ދާއިމީ ގޮތެއްގައި ގެންދެވޭނެ ގޮތް ހަމަ ޖެއްސުމަށް، އެމްޕީއެލް އާއި ހިތަދޫ ރީޖެނަލް ޕޯޓުން ކުރި މަސައްކަތް ކާމިޔާބުވެފައިވާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވަޖީހު ރޭ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި ހިދުމަތް ލިބެން ފަށާ ކަަމަށެވެ.

އޭނާ ފާހަގަކުރެއްްވިގޮތުގައި، މި ހިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ، ރާއްޖޭ އަށް އެންމެ ގިނައިން މިފަދަ ކާގޯ ގެންނަ އިންޑިޔާގެ ފައިނެސް ގުރޫޕް މެދުވެރި ކޮށެވެ.

އޭނާ ވިދާޅުވިގޮތުގައި މީގެ ކުރިން މި ހިދުމަތް ދެވެމުން އަންނަނީ ލަކުޑި ބޯޓު ފަހަރުން ކަމަށް ވާތީ، ހިދުމަތް ދެވެނީ، އަހަރު ތެރޭގައި ވަކި ދުވަސް ތަކެއް ގައެވެ.

"އެހެންކަމުން އަހަރު ތެރޭ ގިނަ ދުވަސްތަކެއްގައި، އެ ސިޓީ އަށް ބޭނުންވާ، މި މުދާ ގެންނަން ޖެހެނީ މާލެއިން. ޖުލައިން ފެށިގެން މި ހިދުމަތް ދެވޭނީ ދަގަނޑު ބޯޓު ފަހަރުން ކަމަށްވާތީ، މުޅި އަހަރު ތެރޭ ހުރިހާ ދުވަސް ތަކެއްގައިވެސް މެދު ކެޑުމެއްނެތި، މި ހިދުމަތް ލިބެމުން ދާނެ،". ވަޖީހު ވިދާޅުވިއެވެ.

އެހެންކަމުން ސީދާ އިންޑިއާއިން އައްޑޫއަށް ކާގޯ ގެންދެވޭ ގޮތް މި ވަނީ ވެފައެވެ.

އާއްމު ގޮތެއްގައި މި ބޯޓު ފަހަރުން ގެންދާނީ، ބިސް، ފިޔާ، އަލުވި، ތަރުކާރީ ގެ އެހެން ބާވަތް ތަކާއި، މޭވާގެ ބާވަތްތަކެވެ. މީގެ އިތުރުން އައްޑޫގެ ރައްޔިތުން، އިންޑިއާއިން ގެންދަން ބޭނުންވާ، ކާބޯތަކެތީގެ އެހެނިހެން ބާވަތްތަކާއި، ޖެނެރަލް ކާގޯ ގެ ބާވަތްތައް ހިމެނެއެވެ.

އޭނާ ވިދާޅުވީ، ދަތުރުތައް ރާވަމުން ދަނީ ކޮންމެ 10 ދުވަހަކާ، 15 ދުވަހާ ދޭތެރޭ ކާގޯ ބޯޓެއް އައްޑޫ ސިޓީ އަށް ދާ ގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސެއިން ޝާމް

    އެްމް .ޕީ.އެލް ގެ ސީ.އީ.އޯގެ ސެކިއުރިޓީގެ ކަންތައް އެމްޕީ އެލް އިން ފަރުވާތެރި ކަމާއެކު ބަލަހައްޓަމުން ދާނެ ކަމަށް އުއްމީދު ކުރަން.ފޭސްބުކްގަ ވަގު އައިޑީ ބޭނުން ކޮށްގެން އެކުރަނީ ވައްކަން. އެކަން ހުއްޓުވަން ސަރުކާރުތަކުން މަސައްކަތް ކުރެވިދާނެ .އަދި ހުއްޓުވެންވެސް ހުއްޓުވޭނެ.ސަބަކީ މިވަގު އައިޑީ ހޯދަން ބޭނުންވާ ފަރާތަކަށް ހޯދޭނެ އެކުރި މީހާ އާއި ކުރިވަގުތާއި ކުރި ގޮތްވެސް ހޯދޭނެ. އަޅުގަނޑުމެން ޓެކްނޮލޮޖީގެ ބޭނުން ހިފަން ޖެހޭނީ ﷲގެ ނަބިއްޔާ މިއުއްމަތުގެ މާތް ނަބިއްޔާ ދައްކަވާފައިވާ މަކާރިމުލް އަޚުލާޤުގެ އިންތަކުގެ ތެރެއިން ކަން ހަދާން ކޮށްދެމެވެ.

    7
    0
  2. މަތަރަސް

    ތިޔަވަޖިހުގެ ފޮނިކެޑުން ހުޅުމާލޭގެ ހާލަތުރަގަޅުކޮއްބަލަ ރައްޔަތުންފެލަނީ ފައިސާނެގުމަކައް ލަދެއްހަޔާތެއްނެތް ހިދުމަތްނުދެވޭ ކޮންޓޭނާމާލެއިން ނުގެނެވޭ ޑެމެރޭޖު ނަގާ މިދެންކޮންކަހަލަ ހަމަގެންގުލޭބައެއްތަމީ؟؟

    3
    5
  3. ޢަބްދުﷲ

    ކީއްކުރަން ކޮއްދޭކަމެެއް، އަނެއްދުވަހު އައިސްދާނެ ހުޅުޖަހަން