ޔޫރޯ 2024ގެ ފޯރިގަދަ މެޗްތައް އަދިވެސް ކުރިއަށް ދެއެވެ. ދިވެހިން ކޮންމެ ދުވަހަކުވެސް މި މެޗްތަކަށް ދިގު އިންތިޒާރެއް ކުރަމުން އަންނައިރު، މިހާރު ޔޫރޯގައި ކުރިއަށް ދަނީ ގްރޫޕް މެޗްތަކެވެ. ޔޫރޯގެ މެޗްތައް ޖުލައި މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާނެއެވެ.

ޔޫރޯ މެޗްތަކުގެ ވާހަކަދައްކާއިރު، ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި ދިރާގުން ޔޫރޯ 2024 އާ ގުޅިގެން ފެށި ދިރާގު ފުޓްބޯޅަ އީދު ޕްރޮމޯޝަންތަކަކީ މިހާރުވެެސް ގިނަބަޔަކު ދައްކާ އެއް ވާހަކައެވެ. އެ ޕްރޮމޯޝަންތަކުގެ ތެރޭގައި ހިމެނޭ "ޖެހީ ލިބުނީ ޖީބީ" އަކީ މާ ފޯރީގައި ބެލުންތެރިން ބައިވެރިވާ ދިރާގުގެ ޕްރޮމޯޝަނެކެވެ. ކަސްޓަމަރުންނަށް ބޮޑު ފައިދާއެއް ލިބޭ ގޮތަސް ދިރާގުން މި ޕްރޮމޯޝަން ކުރިއަށްދާއިރު، ތަރުހީބުވެސް ވަރަަށް ބޮޑުކަން ފާހަގަކޮށްލެވެއެވެ.

ޖެހީ ލިބުނީ ޖީބީ މިއީ ކޮން އެއްޗެއް؟

މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ކަސްޓަމަރަކަށްވެސް އެމީހަކު ސަޕޯޓުކުރާ ޓީމް ގޯލެއް ޖެހުމުން ހިލޭ 1 ޖީބީ ޑޭޓާ (ކޮންމެ މެޗަކަށް ޖުމްލަ 5ޖީބީ ޑޭޓާއާ ހަމައަށް) ލިބޭނެއެވެ. ހިލޭ ޑޭޓާ ހޯދުމަށް ކަސްޓަމަރުންނަށް ދިރާގު އެޕްގައި އިންނަ ފުޓްބޯޅަ ބެނާ މެދުވެރިކޮށް ސަޕޯޓުކުރާ ޓީމް ރެޖިސްޓާ ކުރެވޭނެއެވެ. ކޮންމެ ކަސްޓަމަރަކަށްވެސް ޓީމް ރެޖިސްޓާ ކުރެވޭނީ އެއް ފަހަރުއެވެ.

މިއީ އެންމެ ފަހުގެ ވޯލްޑް ކަޕް އާ ދިމާކޮަށް ދިރާގުން ތައާރަފް ކުރި ހާއްސަ ޕްރޮމޯޝަނެކެވެ. 2022 ވަނަ އަހަރު ފުޓްބޯޅަ އީދާއި ދިމާކޮަށް ކުރިއަށްދިޔަ މި ޕްރޮމޯޝަނަށް ވަނީ އެއް ޓީބީއަށްވުރެ ގިނަ ހިލޭ ޑޭޓާ ދީ، އާއްްމުންގެ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު