ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރ ސަރވިސް ޑައިރެކްޓަރގެ މަޤާމަށް ގުލްނާޒް މާހިރު ހަމަޖައްސައިފިއެވެ.

ގުލްނާޒް ބޭންކާ ގުޅިވަޑައިގަންނަވަނީ ކަސްޓަމަރ އެކްސްޕީރިއަންސް މެނޭޖްމަންޓް، ޑިޖިޓަލް ޓްރާންސްފޯމޭޝަން އަދި ރެވެނިއު މެނޭޖްމަންޓްގެ ދާއިރާއިން 13 އަހަރުގެ ތަޖުރިބާއާއެކުގައި ކަމަށް ބީއެމްއެލް އިން މައުލޫމާތު ދެއްވައެވެ. ބޭންކާއި ގުޅިވަޑައިގަތުމުގެ ކުރިން ގުލްނާޒް ވަނީ އުރީދޫގެ ހެޑް އޮފް ކަސްޓަމަރކެއާގެ މަޤާމު ފުރުއްވާފައެވެ. އަދި ގުލްނާޒް ވަނީ ޔޫކޭގެ ޔުނިވަރސިޓީ އޮފް ބްރިސްޓޮލް އިން އިކޮނޮމިކްސް އެންޑް ފައިނޭސްއިން މާސްޓަރސް ޑިގްރީއެއް ހާސިލްކޮށްފައެވެ.

"ބޭންކުގެ ސްޓެރެޓަޖީ އާ އެއްގޮތަށް ކަސްޓަމަރުންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ވަގުތެެއްގައި ގުލްނާޒް ބޭންކާ ގުޅިވަޑައިގަތުމުން މަރްހަބާ ދަންނަވަން. އަލަށް އުފެއްދި ކަސްޓަމަރ ސަރވިސް ޑައިރެކްޓަރގެ މަގާމުންވެސް ދައްކައިދެނީ ކަސްޓަމަރުންނަށް ފުރިހަމަ ޚިދުމަތެއް ދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތް. މި ދާއިރާއިން ގުލްނާޒު ހޯއްދަވާފައިވާ ތަޖުރިބާގެ އަލީގައި ބޭންކުން ކަސްޓަމަރުންނަށް ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދެވިގެންދާނެކަމަށް އަޅުގަނޑު އުއްމީދުކުރަން." ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވިއެވެ.

ބީއެމްއެލް އިން ބުނީ އެބޭންކަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނަ ވަޒީފާ ދެމުންގެންދާ އެއް ކުންފުނި ކަމަށާއި ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިން ކަމަށެވެ. ބޭންކުން ދަނީ މުވައްޒަފުންނާ ގުޅޭ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލަމުންކަމަށާއި މިގޮތުން ބޭންކުގެ ވަޒީފާ ދިނުމާއި ތަމްރީނު ކުރުން އަދި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ސިޔާސަތުތަކަށް ފާހަގަކޮށްލެވޭ ބޮޑު ބަދަލުތަކެއް ވަނީ ގެނެސްފައި ކަމަށް ވެސް އެބޭންކުން ބުންޏެވެ.

ބޭންކުގައި ވަޒީފާ އަދާކުރާ އެންމެ ރަނގަޅު މުވައްޒަފުންގެ ޝަރަފުގައި އަދި އެފަރާތްތަކުގެ އިޚްލާސްތެރި ޚިދުމަތްތައް ފާހަގަކުރުމަށް ބޭންކުން އެކި ހަރަކާތްތައް ބާއްވައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޑޮންޑޮ

    ސުބުހާނަﷲ. ... ހާދަނަލަ ކުއްޖެއް.. ތިޔަހާރީތި ކުށްޖަކަު އިސްތަށިގަނޑު ރީބޮންޑިން ހަދަން ޚަރަދުކުރުމުގެ ބަދަލުގަ ބުރުގާ އަޅާލީމަ ތިޔަނަލަކަން މާފުރިހަމަ ވެފަ މާޗާލު ވާނެ. މާޝާﷲ

    17
    7
  2. ޙަސަނު

    އުނދަގޫ ބޮޑު ތަނެއްތީ ދޮޅު އަހަރު ވާއިރުވެސް ލޯނެއް ހަމަޖެހޭ ކަމަކަށް ނުވޭ ފަހަރަކު ޑޮކިއުމަންޓެއް ގެންނަން ބުނެބުނެ ހުންނަނީ މުއްސަދީންނަށް ކަމޭހިތާފަ ޢާއްމުންނަށް ނިކަމެތިކޮށް ހިތާ ތަނެއް ތީ

    26
    1
  3. ގުލްހަޒާރު މާރިހު

    ތިޔަ ބޭންކަކީ މުއްސަނދިންނަށް ފައިސާ ދޭ ބޭންކެއް... ރައްޔިތުންނަށް ޚިދުމަތެއް ނުދޭ...

    10
    1
  4. ދަރަނި ދަންތުރަ

    ތިޔައީހިދުމަތްދޭ ތަނެއްނޫން ހިދުމަތްވިއްކާތަނެއް ކީއްކުރަންބާ ކަސްޓަމަރ ސަރވިސް ކިޔަނީ ކަސްޓަމަރުންނަށް ހިދުމަތްވިއްކާއިރު ސަރވިސް ކިޔުން ރަނގަޅެއްނޫން ދިވެހިން ފެލާލާފައި އަހަރަކު 900 މިލިޔަން ފައިދާޔޯ ސާބަސްފުޅު...