ދިވެހިންގެ ތެރެއިން ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ "ލޭންސްލޭ" ބްރޭންޑުގެ ބަނޑު ހިންދުމަށް ޚާއްސަ "ސްލިމިންގް ކޮފީ"، ލ.ފޮނަދޫ "ބިޒް ސެވަން މާރޓް" އިން ވިއްކަން ފަށައިފިއެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އޮންލައިން ވިޔަފާރިކުރާ "ލިބޭ" އިން ރާއްޖެއަށް ތަޢާރަފްކޮށް ވިއްކަމުންދާ "ލޭންސްލޭ" ބްރޭންޑުގެ ބަނޑު ހިންދުމަށް ޚާއްސަ "ސްލިމިންގް ކޮފީ" މާލެއާއި އެއް އަގެއްގައި ލިބޭނެ ކަމަށް އެ ފިހާރައިން މަޢުލޫމާތު ދެއްވައެވެ.

"ލިބޭ" އިން ރާއްޖޭގެ އެކި ރަށްތަކުގައި މި ކޮފީ ވިއްކަން ފަށާފައިވާއިރު، ގިނަ އަދަދެއްގެ ދިވެހިންގެ މެދުގައި ލޭންސްލޭ ކޮފީ ވަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި މަޤުބޫލުކަން ހޯދާފައެވެ. މި ކޮފީއަކީ ބަނޑު ހިންދުމުގެ އިތުރުން ބައްޓަން ރީތިކޮށް ޒުވާންކަން ދެމެހެއްޓުމަށް އެހީވެދޭ ކޮފީއެކެވެ.

"ލޭންސްލޭ - ސްލިމިންގް ކޮފީ" އަކީ ބަނޑު ހިންދާލައި ޒުވާންކަން ދެމެހެއްޓުމުގެ އިތުރުންވެސް އިތުރު އެތައް ބޭނުމެއް ހިފޭގޮތަށް ތައްޔާރުކޮށްފައިވާ އިތުބާރުހުރި ކޮފީއެކެވެ. އެގޮތުން މީހާ އިތުރަށް "ފިޓް" ކޮށްލާ ހަށިގަނޑުގައި ހަކަތަ އިތުރު ކޮށްދިނުމުގައިވެސް މި ކޮފީގައި ހިމެނޭ ބައިތައް މުޙިންމު ރޯލެއް އަދާކުރެއެވެ.

ލޭންސްލޭ - ސްލިމިންގް ކޮފީގެ އިތުރުން ޖަނެޓް ބްރޭންޑްގެ ޕްރަޑަކްޓް ތައްވެސް ބިޒް ސެވަން މާރޓް އިން ލިބެން ހުންނާނެއެވެ. އޭގެ ތެރޭގައި މޫނުގެ ހަންގަނޑު އަވަހަށް ދޮންކޮށްދޭ "ފޭސް ޕެކް އަދި ފޭސްވޮޝް" އާއި، ބޮލުން އިސްތަށި ފޭބުން ހުއްޓުވައިދޭ "ޖެނެޓް ހެއާފޯލް ޓްރީޓްމަންޓް ތެޔޮ، އަދި ޝޭމްޕޫ" އާއި، އިސްތަށިގަނޑުން ޑޭންޑްރަފް ފިލުވާލާ ދުޅަހެޔޮކޮށްދޭ "ޖެނެޓް ޑޭންޑްރަފް ކޮންޓްރޯލް އޮއިލް އަދި ޝޭމްޕޫ" ހިމެނެއެވެ.