މޯލްޑިވްސް ފައިނޭންސް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ)ން "ފަސޭހަ ލޯން" އަދި "ފަހި ލޯން" ގެ ނަމުގައި ލޯން ސްކީމެއް ރާއްޖެއަށް ތައާރަފް ކޮށްފިއެވެ.

މި ސްކީމް ތައާރަފް ކޮށްދެއްވީ މިދިޔަ އާދިއްތަ ދުވަހު އެމްއެފްއެލްސީގައި ބޭއްވި ރަސްމިއްޔާތެއްގައި އެކުންފުނީގެ ޑިރެކްޓަރު އާދަމް ސަލީމް އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާދަމް ސަލީމް ވިދާޅުވީ ފަސޭހަ ލޯން އަދި ފަހި ލޯންއަކީ އެމްއެފްއެލްސީގެ ކަސްޓަމަރުންގެ ވަރަށް ދިގު އިންތިޒާރެއްގެ ނިމުން ކަމަށެވެ އަދި މިހިދުމަތް ތައާރަފްކުރެވުމުން ކަސްޓަމަރުންނަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށާއި އެމްއެފްއެލްސީ ފަހި ލޯން މެދުވެރިކޮށް ރަހުނަކާއިއެކު، އެއް ލައްކައިން މަތިން، ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް ލޯނު ނެގޭނެ ކަމަށްވެސް ވިދާޅުވި އެވެ.

ފަސޭހަ ލޯން އަދި ފަހި ލޯންއަކީ އެމްއެފްއެލްސީގެ ލޮބުވެތި ކަސްޓަމަރުންގެ ވަރަށް ދިގު އިންތިޒާރެއްގެ ނިމުން ކަމަށް އޭނާ ވިދާޅުވިއެވެ.

”ފަސޭހަ ލޯން އިން އެއްލައްކަ ރުފިޔާއާއި ހަމައަށް ގެރެންޓަރ އަކާއި ނުލާ ލޯނު ނެގޭނެ. އަދި 24 ގަޑިއިރުތެރޭ ލޯނު ނަންގަވާ ފަރާތުގެ އެކައުންޓަށް ފައިސާ ޖަމާ ކުރެވޭނެ. ލޯނުގެ ޙިދުމަތަކީ އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ވަރަށް ދިގު އިންތިޒާރެއްގެ ނިމުން. އަދި މިޚިދުމަތް ތައާރަފްކުރެވުމުން ކަސްޓަމަރުންނަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ. އެމްއެފްއެލްސީ ފަހި ލޯން މެދުވެރިކޮށް ރަހުނަކާއިއެކު، އެއް ލައްކައިން މަތިން، ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް ލޯނު ނެގޭނެ“

އެމްއެފްއެލްސީއިން ބުނީ ފަސޭހަ ލޯން ނަގާ ކަސްޓަމަރުންނަށް އިތުރު ފައިދާތަކެއް ލިބިގެންދާނެ ކަމަށާއި އެގޮތުން ފޯނު ނަގާ ކޮންމެ ކަސްޓަމަރަކަށް އެކުންފުނީގެ ސޮލަރެލް އިންޝުއަރެންސް މެދުވެރިކޮށް އެއް ލައްކަ ރުފިޔާގެ ޕާސަނަލް އެކްސިޑެންޓް ކަވާ ޕޮލިސީއެއް ދެވޭނެ ކަމަށެވެ. އަދި މިޕޮލިސީ ކަސްޓަމަރަށް ލިބިގެންދަނީ މުޅިން ހިލޭކަމަށްވެސް އެކުންފުނިން ބުނެ އެވެ.

އެމްއެފްއެލްސީއިން ތައާރަފް ކޮށްފައިވާ ފަހި ޕާސަނަލް ލޯނުން އަމިއްލަ ބޭނުންތަކަށް އެއްލައްކަ ރުފިޔާ އާއި 1.5 މިލިއަން ރުފިޔާ އާއި ހަމައަށް ރަހުނަކާއި އެކު ފައިސާ ނެންގޭނެ އެވެ. އަދި ލިބޭ އާމްދަނީއެއްގެ ނިސްބަތުން މި ލޯން މެދުވެރިކޮށް ކިޔެވުމަށާއި، ބޭސްފަރުވާއަށް، އަދި އެހެނިހެން އަމިއްލަ ބޭނުންތަކަށްވެސް ލޯން ނެގޭނެ ކަމަށް އެމްއެފްއެލްސީއިން ބުނެ އެވެ. އެގޮތުން، އަމިއްލަ އިމާރާތަކުން ކުލީގެ ގޮތުގައި ފައިސާ ލިބޭ ފަރާތްތަކަށާއި، އަދި ދެމެހެއްޓެނިވި ގޮތުގައި އެހެނިހެން އާމްދަނީ ލިބިލައްވާ ފަރާތްތަކަށްވެސް، ރަހުނަކާއި އެކު މި ލޯން ނެގޭނެ ކަމަށްވެސް އެ ކުންފުނިން ބުނެ އެވެ.

އެމްއެފްއެލްސީ ގެ 17 އަހަރުގެ ދިގު މާޒީގައި އެމްއެފްއެލްސީ ގެ ޙިދުމަތް ހޯއްދެވި އަދި މުސްތަގުބަލުގައި ޙިދުމަތް ހޯއްދަވަން ތިއްބެވި ހުރިހާ ފަރާތް ތަކަށް މިރަސްމިއްޔާތުގައި ޝުކުރު ދަންނަވާފައިވެއެވެ.

އެމްއެފްއެލްސީ އަކީ އާންމުންނަށާއި ވިޔަފާރިތަކަށްވެސް ގޭގައި ހިފައި ގެންގުޅޭ ސާމާނުގެ އިތުރުން ހަރު މުދާވެސް ލީސް ކޮށްދޭ ކުންފުންޏެކެވެ. އަދި މީގެ އިތުރުން އެކުންފުނިން ގެދޮރު މަރާތު ކުރުމާއި އިމާރާތް ކުރުމާއި އެޕާޓްމަންޓް ގަތުމަށާއި އަދި ޕްރެޖެކްޓް ލޯނު ވެސް ދޫކުރެެއެވެ.

މީގެ އިތުރުން ފަހި ބިޒްނަސް ލޯން މެދުވެރިކޮށް އަމިއްލަ ފަރުދުންގެ ވިޔަފާރިއަށާއި، ވިޔަފާރިކުރާ ކުންފުނި ތަކަށާއި އަދި އެހެނިހެން ވިޔަފާރިތަކަށްވެސް ދެ ލައްކަ ރުފިޔާއިން މަތީގެ އަދަދުތަކުން ރަހުނަކާއި އެކު ލޯން ނެގޭނެއެވެ. އަދި ވިޔަފާރިކުރާތާ ދެ އަހަރު ވެފައިވާ ވިޔަފާރިއަކަށްވުމާއި އެކު ވިޔަފާރީގެ ފައިދާއިން ލޯން އަނބުރާދެއްކޭނެ ފަރާތްތަކަށް، ވިޔަފާރި ފުޅާކުރުމަށާއި، ވިޔަފާރިއަށް ބޭނުންވާ ހަރު މުދާ ގަތުމަށާއި އަދި ވިޔަފާރި ހިންގުމަށް ބޭނުންވާ ވާކިން ކެޕިޓަލް އަށް، އަދި އެހެނިހެން ކަންކަމަށްވެސް މި ލޯން ނެގޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްއެފްއެލްސީ އަކީ އާންމުންނަށާއި ވިޔަފާރިތަކަށްވެސް ގޭގައި ހިފައި ގެންގުޅޭ ސާމާނުގެ އިތުރުން ހަރު މުދާވެސް ލީސް ކޮށްދޭ ކުންފުންޏެކެވެ. އަދި މީގެ އިތުރުން އެކުންފުނިން ގެދޮރު މަރާތު ކުރުމާއި އިމާރާތް ކުރުމާއި އެޕާޓްމަންޓް ގަތުމަށާއި އަދި ޕްރެޖެކްޓް ލޯނު ވެސް ދޫކުރެެ އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޑިމީހާ

    ރިބާ ލޯން!!!!

  2. އިހުސާނާ

    އެމްއެފްއެލްސީ އަކީ ވަރަށް ބަރާބަރު ކުންފުންޏެއް!

    1
    1
  3. ސަންތިމަރިޔަބު

    ﴿275﴾ الَّذِينَ يَأْكُلُونَ الرِّبَا لَا يَقُومُونَ إِلَّا كَمَا يَقُومُ الَّذِي يَتَخَبَّطُهُ الشَّيْطَانُ مِنَ الْمَسِّ ۚ ذَٰلِكَ بِأَنَّهُمْ قَالُوا إِنَّمَا الْبَيْعُ مِثْلُ الرِّبَا ۗ وَأَحَلَّ اللَّهُ الْبَيْعَ وَحَرَّمَ الرِّبَا ۚ فَمَن جَاءَهُ مَوْعِظَةٌ مِّن رَّبِّهِ فَانتَهَىٰ فَلَهُ مَا سَلَفَ وَأَمْرُهُ إِلَى اللَّهِ ۖ وَمَنْ عَادَ فَأُولَٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ

    رِبا ކާމީހުން، ޖިންނި މޮޔަވެގެން، شيطان އާ ތަޅުވަމުން ފޮޅުވަމުން ގެންދާ މީހަކު ތެދުވާ ފަދައިން މެނުވީ (قيامة ދުވަހުން އެއުރެން ކަށްވަޅުން) ނުތެދުވާނެތެވެ. އެހެނީ، އެއުރެން ބުނެއުޅުނީ، ވިޔަފާރި ވާކަން ކަށަވަރީ، رِبا ކަހަލަކަމެއް ކަމުގައެވެ. (ނަމަވެސް) ވިޔަފާރި ކުރުންވަނީ، اللَّه، ހުއްދަ ކުރައްވާފައެވެ. އަދި، رِبا ވަނީ حرام ކުރައްވާފައެވެ. ފަހެ، އެމީހާގެ ވެރިރަސްކަލާނގެ حضرة ން ދެއްވާ وعظ އާއި نصيحة، އެމީހަކާ ހަމަޔަށް އައުމުން އެކަން (އެބަހީ: رِبا ކެއުން) ހުއްޓާލައިފި މީހާ (ދަންނާށެވެ!) ފަހެ، އިސްވެދިޔަ އެއްޗެއް އެމީހަކަށް ހުށްޓެވެ. (އެބަހީ: رِبا ގެ حكم ތައް އައުމުގެ ކުރިން އޭނާ ބޭނުންކުރި ތަކެތި މާފުކުރައްވާފައި ވެއެވެ.) އަދި، އެމީހެއްގެ ކަންތައްއޮތީ، اللَّه އަށް خاص ވެގެންނެވެ. އަދި، އަލުން (އެކަމަށް) އެނބުރި އަތުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ ނަރަކައިގެ أهل ވެރިންނެވެ. އެއުރެންނީ އެތާނގައި ދެމިތިބެނިވި ބަޔެކެވެ.

    11
  4. ދަރަނި ދަންތުރަ

    ކޮބައިބާ އިންޓަރެސްޓު ރޭޓަކީ....

    4
    1
  5. ހޯރަ ބޭ

    އިންޓުރެސްޓް ރޭޓް ބުނެބަލަ