ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރަމުން އަންނަ ޕާސަނަލް ލޯނާއި ފައިނޭންސިންގެ ހިދުމަތްތައް ހޯދާ ފަރާތްތަކަށް ޕްރޮމޯޝަނަކާއި އެކު އިތުރު ލުއި ގޮތްތަކެއް ތައާރަފްކޮށްފިއެވެ.

މި ޕްރޮމޯޝަން ލޯންޗު ކުރުމާ ގުޅުވައިގެން މިއަދު ބީއެމްއެލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ހެޑް އޮފް ރީޓެއިލް ބޭންކިން މޫސާ ނިމާލް ވިދާޅުވީ މިފަހަރު ގެނެވުނު ބަދަލުތަކަކީ ކަސްޓަމަރުންނަށް ވަރަށް ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެންދާނެ ބަދަލުތަކެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އޭނާ ވަނީ އިސްލާމިކް ފައިނޭންސިން އާއި، ލުއި އެކްސްޕްރެސް ލޯންތަކަށް ގެނެވުނު ބަދަލުތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވާފައެވެ. މިހާރު އޮންނަ ގޮތުން ނަމަ އެލޯން ދޫކުރެވޭނީ 12 މަސްދުވަސް ވަންދެއް ބީއެމްއެލް އަށް މުސާރަ ޖަމާކުރުމުން ކަމަށާއި، އެހެން ނަމަވެސް މި ބަދަލާއި އެކު އެހެން ބޭންކަކަށް 11 މަހު މުސާރަ ޖަމާކޮށް ދެން އޮންނަ އެއް މަސްދުވަހު ބީއެމްއެލް އަށް މުސާރަ ޖަމާކުރި ކަމުގައި ވީނަމަވެސް ލޯނަށް ޝަރުތު ހަމަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ބީއެމްއެލް ޕޭ ރޯލްގެ ހިދުމަތް ބޭނުންކޮށްގެން މުސާރަ ޖަމާކުރަމުން އަންނަ ފަރާތްތަކަށް ވަޒީފާ ދޭ ފަރާތުގެ ސިޓީ ލޯނަށް އެދުމުގައި ބޭނުން ނުވާނެ ކަމަށާއި، ވަޒީފާ އަދާކުރާ ތަނުގައިވެސް ހަމަސްދުވަހު އުޅެފައި ހުރުން މީގެ ކުރިން ޝަރުތެއްގެ ގޮތުގައި އޮތް ނަމަވެސް މިހާރު އެތަނެއްގައި ތިންމަސްދުވަސް ވަންދެއް އުޅެފައި ހުރި ފަރާތެއް ކަމުގައިވާނަމަ ޝަރުތު ހަމަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއީ 12 މަހުގެ މުސާރަ ޖަމާވެފައި މިހާރު ވަޒީފާގައި އުޅޭ ތަނުގައި މަދުވެގެން ތިން މަހު އުޅެފައި ވާނަމަ. ދެން ރިފައިނޭންސް ކުރުން. މީގެ ކުރިން އޮންނަނީ 12 މަހު ރަނގަޅަށް ފައިސާ ދެއްކުމަށްފަހު އެދިލެވޭ ގޮތަށް. އެކަމު މިހާރު މި ބަދަލާއި އެކީގައި ތިންމަސްދުވަހު މި ލޯނަށް ފައިސާ ދެއްކެވުމަށްފަހު އަނެއްކާވެސް އެދިލެއްވޭނެ އިތުރު އެމައުންޓަކަށް އެލިޖިބަލް ވާކަމުގައި ވާނަމަ" ނިމާލް ވިދާޅުވިއެވެ.

ވެހިކަލް ފައިނޭންސިން ލޯނަށްވެސް މިފަހަރު ވަނީ ހެޔޮ ބަދަލެއް ގެނެސްފައިކަމަށް ނިމާލް ފާހަގަ ކުރެއްވިއެވެ. އެގޮތުން އިލެކްޓްރިކް ވެހިކަލެއް ނެގުމަށް ލުއި ލޯނެއް ނަގާކަމުގައި ވާނަމަ އާންމުކޮށް ދޫކުރުމުން އަންނަ މިންވަރަށވުރެ އިންޓްރެސްޓް ރޭޓް ދަށްވެގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނިމާލް އިތުރަށް ވިދާޅުވީ މީގެ ފަހުން ވެހިކަލް ލޯނަށް ޑައުންޕޭމަންޓު ދައްކަން ނުޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ލައިފް ސްޓައިލް ލޯން ނުވަތަ ރަހުނާއި ނުލައި ދޫކުރާ ލޯނުވެސް ކުރިން ދޫކުރަމުން އައިސްފައި ވަނީ އެއްލައްކަ ރުފިޔާ އާއި ހަމަޔަށް ކަމަށާއި، މީގެ ފަހުން އެލޯން ތިންލައްކަ ރުފިޔާ އާއި ހަމަޔަށް ދޫކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު ފެށޭ ލުއި އަދި ޕާސަނަލް ފައިނޭންސިން ކެމްޕޭނާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ނިމާލް ވިދާޅުވީ، މި ކެމްޕޭނު ފަށާފައި ވަނީ މިއަދުން ފެށިގެން މިއަންނަ މަހުގެ 31 ވަނަ ދުވަހާއި ހަމަޔަށް ކަމަށެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ލުއި ލޯން، ލުއި މައިކްރޯ ލޯން، ވެހިކަލް ލޯންގެ އިތުރުން އިސްލާމިކް ފައިނޭންސިންގެ ބައެއް ޕްރޮޑަކްޓުތައް ނަގާ ފަރާތްތަކަށެވެ.

މި ޕްރޮމޯޝަނުގެ ތެރެއިން ކޮންމެ ހަފްތާއަކުވެސް ގުރުއަތުން ހޮވޭ އެއްފަރާތަކަށް އެންމެފަހުގެ އައިފޯނެއް އަދި، ލުއި އަދި ލުއި މައިކްރޯ ލޯން ނަގާ ފަރާތްތަކަށް މިފަހަރުގެ ގްރޭންޑް ޕްރައިޒް ކަމުގައިވާ އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމުގެ ގުރުއަތުގައި ބައިވެރި ވެވޭނެއެވެ. އަދި އިސްލާމިކް ފައިނޭންސިންގެ ހިދުމަތްތައް ހޯދާ ފަރާތްތަކަށް 50،000 ރުފިޔާގެ އިނާމުގެ ގުރުއަތުގައި ބައިވެރި ވެވޭނެއެވެ.

މި ބައްދަލުވުމުގައިވާހަކަ ދައްކަވަމުން ޑިރެކްޓަރ އޮފް ބިޒްނަސް ކުލްދިޕް ޕަލިވަލް ވިދާޅުވީ މިއަދު މި ގެނެވުނު ބަދަލުތަކާއެކު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޕަރސަނަލް ލޯނާއި ފައިނޭންސިންގ ޕްރޮޑަކްޓްތަކަށް އެދި ހުށަހެޅޭނެ ކަމަށެވެ. އަދި ކަސްޓަމަރުންގެ މެދުގައި މަގުބޫލު ލޯނުތަކަށް ހެޔޮ ބަދަލުތަކެއް ގެނެވިފައި ވާކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 51 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 115 އޭޓީއެމް، 277 ކޭޝް އޭޖެންޓުންގެ އިތުރުން އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެބޭންކުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ކިހާ ދެރަ

    ބީ އެމް އެލްގެ އިސް މަގާމުތަކަށް ބޭރު މީހުން ގެނެސް ވަޒީފާ ދިނުމުގެ ސަގާފަތެއް އެދަނީ އަށަ ގަންނަމުން އަހަރެންގެ ބޭންކް ގައި އިންޑީޔާ މީހުންގެ ވަކި އެދަނީ ހިއްޕަމުން ކުރިން ތިބެނީ ބޭރު ދެމީހުން މިހާރު ހުރިހާ ޑިޕާޓް މަންޓް ހެޑުންނަށް ބޭރު މީހުން

    29
  2. މާލެ ބޭބެ

    މިއީ ދިވެހިންގެ ގޮހޮރަށް އަތްބާނާ ރިބާ ދަމާ ބެންކެއް.
    ރައްޔިތުންގެ މިބެންކުން ވަރަށްގިނަ މީހުން އަތުން ނުހައްގުން ބޮޑެތި އިންޓްރެސްޓްނަގާ..
    ލޯނު ޑިފޯލްޓްވެދާނެ، ވަޒީފާގެ ގެރެންޓީ ނޯވޭ، ވަޒީފާ ނެތިވެ ހުންނަ އިރު ލޯނު ދެއްކުންދަތިވީމަ ކޯޓަށް ގެންދަނީ
    ބެންކްއަކީ ރައްޔިތުންގެ ބެންކެއް؛ ދިވެހިންނަށް ދެވޭ ހުރިހާ ލުޔެއް ދޭންޖެހޭނެ. ބައެއް 5000 ޑޮލަރގެ އެމެކްސް ކާޑް ޑިފޯލްޓްވެ 1500000 ފަނަރަ ލައްކަ ބެންކަށް ދަރާފަވާ ދިވެހިން އެބަތިބި...ބެންކަށް އަހަރަކު 200 މިލިއަން ސާފު ފައިދާވާއިރު ރިބާ ލުއިކޮށް މައާފުކޮށް؛ އަސްލު އަގު ހޯދުން މުހިންމު.

    27
  3. ޠާމިން

    އިގްތިސާދު ފުނޑެމުން ދާކަމުގެ ވަރަށް ބޮޑު ހެއްކެތް. ރައްޔިތުން ތިބީ ބިރު ވެރިކަމެއްގަ. ޙަރަދު ކުރުން ހުއްޓާލއިފި. ޢެހެންވީމަ އިގްތިސާދު އޮތީ ހުއްޓުމަކަށް އައިސްސަ. ލޯނު ނަގާނެ މީހަކު ވެސް ނުވޭ. ފާޑުފާޑުގެ ސްކީމް ދީގެން ބޭންކް ސަލާމަތް ވޭތޯ މިއުޅެނީ

    23
    • އައްދޯތް

      މާމޮޅު އިކޮނިމިސްޓަކަށް ނުހެދި ތަންދޮރު އޮޅުންފިލާ ވައްތަރަށް ވާހަކަ ބަހައްޓަބަލަ. 2015 އިން ފެށިގެން ރިސެޝަން ފެށިފައި އޮތީ. އަދި ކޮރޯނާ ވައިރަސް އާއި ގުޅިގެން އަންނަ ޑެފިސިޓް ކަވަރ ކުރަން ވިޔަފާރިތަކުން ޓެކްޓިކްސް އެކުލަވާލާނެ. އެއީ ވިޔަފާރީގެ އުސޫލް. އަހަރެންމީ ރައްޔިތެއް..ބިރެއްނުގަނޭ..އަހަރުން ނުދެކެނެ ތިޔަބުނާ ބިރުވެރިކަމެއް...ވެދާނެ ޓިނު އަދުރޭ ވާހަކަ މާ ގިނައިން އަޑުއެހެނީ ކަމަށް ތިބޭޅާއަށް.
      ކިޔަވާގެން ހުރި މީހެއްވައްތަރު ޖަހާތީ މިބުނީ ބޯބުރާންތި ސިޔާސީ މީހުން ގޮތަށް ވާހަކަ ނުދައްކަވާ!

      18
  4. ވިސްނާލުމަށް އެދެމޭ

    ސަރުކާރުން ބޭނުންވާބަޔަކަށް ފްލެޓް ގަނެވޭގޮތް ހަދާލަނީ އޯކޭ ތިގޮތްވެސް ހަމައެކަނި ދިވެ ހިންކަމުގަވަންޏާ ނިކަން އަ ހަރެމެންފަދަ އަތުގަ ލޯލާރިއެއްނެތް މީ ހުންނަވެސް ފްލެޓެ ގަނެވޭގޮތް ހަދާދީބަލަ..ދައްކަންޖެ ހޭ ޑައުންޕޭމަންޓަކާ ހެދި ފްލެޓެނުގަނެވެޔޭ..ރަ ހުނުކުރާނެ އެއްޗެވެސް އަތުގައޮންނަބައެއްނޫނޭ އަ ހަރެމެންމީ..ލިބޭ އާމްދަނީއަކުން ރައްކާކުރާނެ އެއްޗެނުލިބޭތަނުގަ ދަރަނިގައިގެންނޭ ގިނަމީ ހުން ދިރިއުޅެނީ...

    15
    1
  5. ފިލާވަޅު

    އިންޓްރަސްޓް ކުޑައެއް ނުވޭދޯ ދަރަނި އަދަވަޅުގަނޑައް ލުމުގެ ކެމްޕޭނެއް ކަމައް ފެންނަނީ

    18
  6. ޔާމިން

    ދުނިޔޭގެ ނިސްބަތުން އެއްމެ ބޮޑު އިންޓަރެސްޓު ނަގަނީ ރާއްޖޭގަ %11 ޕަސެންޓައްވުރެ މަތީގަ އުޅެނީ. އެއްމެ ދައްމިންގަޑު %11 ޕަސެންޓު. ޖަޕާން ޗައިނާ ކަ ހަލަ ގައުމުތަކުގަ އިންޓަރެސްޓު އެވަރެޖު އުޅެނީ %2 ނުވަތަ %3 ޓުގަ. އެ ހެންވެ އެގައުމުތަކުގެ ރައްޔިތުން ފުދުންތެރި އުފާވެރި ދިރިއުޅުމެންއެއުޅެނީ. ރާއްޖޭގަ 50000 ރުފިޔާގެ ލިއި ލޯނެއްނެގިޔަސް ލޯނު ދައްކާނިމޭއިރު އިތުރަށް ދައްކަންޖެ ހޭ 20000 ރުފިޔާ ޖުމްލަ 700000 ރުފިޔާ. މިވަރުންކި ހިނެއްލޯނު ނަގަނީ. ތި އިންޓަރެސްޓު އަރާވަރު ކުޑަ ކޮށްލަދީބަލަ ރައްޔިތުމީ ހާޔައް ކަމެއްކޮށްދޭ ހިއްވަންޔާ.

    18
  7. މާހިރު

    ތިވެސް ކޮންމެސް ވަރެއް އެކަމަކު އިންޓަރެސްޓް ކުުޑަކޮށް މުސާރަ ކޮންމެ ބޭންކަކަށް ޖަމާވިޔަސް ދިވެހިރާއްޖޭގަ ހުރިބޭންކަކަށް ޖަމާވަންޏާ ލިބެންވާނެ މަގޭހިޔާލު. ....

    9
    1
  8. ވޯޓުމަޅި

    ހާދަހެޔޮފުޅޭ ދެންބާރައް އަތްޖަހާފަގޮސް ވޯޓުދީ

  9. އަކްމެޑް

    ???

  10. އަހުމަދު

    ތީ މީހުންގެ ލޭ ބޮނީ.

  11. ނާސިރު

    18ޕަސެންޓް އިންޓަރެސްޓް ނަގައިގެން ނިކަމެތި ދިވެހިން ނުފެލާ. 50ހާސް ރުފިޔާ ދިނިއްޔާ 75ހާސް ދައްކަންޖެހޭ. 50ހާސް ލޯނަކުން 25ހާސް ފައި ދާ. އަޅެ ބޮޑުވަރެއް ނޫންތަ؟؟؟

    11
  12. ފަރޭ

    ދިވެއްސެއް ވެއްޖިއްޔާ ލޯނެއް ބޮލުގަ އެޅިފަ އޮންނަން ވާނެ. ލޯނެއް އޮތީމަ ފުރިހަމަ ދިވެއްސަކައް ވަނީ މިހާރު. އަނެއްކާ ރޯދަމަސް ކައިރިވަނީ. ބެންކް ސްޓާފުންނައް ރޯދަ އެލަވަންސް ގޮތުގަ ބޮޑޫ އެއްޗެއް ދޭ. އެހެންވީމަ އެކަމައްވެސް ވިސްނާނެދޯ

  13. ރާއްޖެތެރޭ މީހާ

    މީހަމަ ލާރިކާން ވެގެން ދިވެހީން ޖައްސާ ދަންތުރަރެއް ދިވެހީން ހޭލާތި ހެޔޮނުވާނެ މިބީއެމް އެއް ލަށް ވާއެޅެން ވެސް. މިއީ ދިވެހީން ވެލާ ހާއްޔެއް.

  14. ރަނާ

    ކޮން 11 މަހޭ 1މަހޭ ޕޭރޯލޭ ކިޔާކަށް
    ލައްކަ ދުވަހު ތިކަހަލަ ތާކުންތާކު ނުޖެހޭ އެއްޗިހި ކިޔައިގެން ރައްޔިތުން ގުނބޯ ހައްދައިފީމެންނު، ބޯ ހިޔާކޮށްލާނެ އިމާރާތެއް ހެދުމަށް 5 ޕަސެންޓް އިންޓްރެސްޓާއެކު ތިޔަ ލޯނުތައް ދޫކުރަންވީ، ވަޒީފާދޭ ފަރާތޭ، ޕޭރޯލޭ ނުކިޔަކަސް ތި ނަގާނަމޭ.

  15. ތެދުބަސް

    ތިޔައިގެ އެއްވެސް ކަމަކީރަށްޔިތުންނަށް ދެވޭ ލުޔެއްނޫން.ތިޔަ ހުރިހާ ކަމަކީވެސް ދަޢުލަތުގެ ބަޖެޓް ހުސްވުމުން ރަށްޔިތުން ގުނބޯ ހައްދާލިީ.ﷲ އިރާދަ ކުރެއްވިއްޔާ މިފަހަރު ތިޔަ މަޅިގައި ނުޖެހޭނެ.

  16. ޕައްލަންބެ

    ބީއެމްއެލް އަކީ ސީ ދާ ރައްޔިތުން ފެލާ ބެންކެއް ދުވަހަކުވެސް ކަސްޓަމަރުން ނައް ބަލާ ތަނެއްނޫން ލުއިލޯނު ކިހާލުއިވާނެތަ 18% އިންޓްރަސްޓް ނެގީމަ

  17. ސަލާމްބެ

    މަށަކުވާ ތިޔައިންޓްރެސްޓްބޮޑުބޯކާ ލޯނެއްގަ ، ބުއް ދިސަލާމަތުން ހުރެ މަރު ދުވަހައްވެސް ނުޖެހޭނަން. 5 ނުވަތަ 3 ޕަސެންޓައް ބީއެމްއެލް އިން ދޭލޯނުގެ އިންޓްރެސްޓް ކުޑަ ކުރިޔަސް ބެންކައް ފައި ދާވާނެކަންޔަގީން. އެކަމަކު ދެރައީ ތަނެއް ދޮރެއް ނުބަލާ ބެންކުން ޖަހާހާ ދަންތުރައެއްގަ ރައްޔިތުން ޖެހޭތީ. ނިކަން އެކައްޗެއްކިޔާފަ އެ ދޫކުރާ އިންޓްރެސްޓް ބޮޑު ލޯނުގަ ނުޖެހި ދުވަސްކޮޅަކު މަޑުޖެހިލުން މާބުއްދިވެރި. އޭރުން ރައްޔިތުމީހާ އަށް ސަކޭގާވެފަ ބޭންކަށްވެސް ފައި ދާވާނެ. މިހާރު ރައްޔިތުމީހާ ދެމިގެންވާ ސިހުރެއްގަ ޖެހި ބޭންކުން ރައްޔިތުމީހާ ފެލާލަނީ. ފައ ދާ ވިހި ތިރީސް ބިލިއަން .. އެކަމަކު ހަމަހިލާ އިންޓްރެސް ކުޑްކުރާކަށް ކުޑަވެސް ވިސްނުމެއް ބެންކުގަ ނެތް އިރު ރައްޔިތުމީހާއެ އިންޓްރެސްޓްރޭޓް ކުޑަކުރަން މަސައްކަތެއް ކުރަންވެއްޖެ.