ރާއްޖޭގައި އަނަންތާރާގެ ރިސޯޓުތައް ހިންގާ ތައިލެންޑުގެ މައިނާ އިންޓަނޭޝަނަލްގެ ތިން ރިސޯޓެއް 43 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 666 މިލިއަން ރުފިޔާ) ވިއްކާލައިފިއެވެ.

އެ ކުންފުނިން ވިއްކާލާފައިވަނީ އަނަންތަރާ ވެލި މޯލްޑިވްސް އާއި ވެލިގަނޑު ހުރާގައި ރިސޯޓް އަދި ނަލަދޫ މޯލްޑިވްސް ޕްރައިވެޓް އައިލެންޑު އިތުރުން މުވައްޒަފުން ބޭނުންކުރާ ކ. ބޮޑުހުރާ އެވެ. މިއީ އެއް ފަޅެއްގައި ހަދާފައިވާ ރަށްތަކެވެ.

އެ ތިން ރިސޯޓު ވިއްކާލީ ކޮން ކުންފުންޏަކަށް ކަން ހާމަކޮށްފައެއް ނުވެއެވެ.

މައިނާ އިންޓަނޭޝަނަލް އިން ނެރުނު ބަޔާނެއްގައި ބުނީ އެ ތިން ރިސޯޓުގެ ހިއްސާ ވިއްކާލީ އެކުންފުނީގެ ދަރަނިތައް އަދާ ކުރުމަށް ކަމަށެވެ.

ރާއްޖޭގައި ރިސޯޓްތައް ވިއްކުމަކީ އާއްމު ކަމެކެވެ.