ރާއްޖޭގައި ރިިސޯޓެއްގައި މަސައްކަތް ކުރާކުރާ ބިދޭސީ ދެ މުވައްޒަފެއްގެ ގައިން ކޮވިޑް-19 ފެނުނު ނަމަވެސް މިއީ ހާސްވާން ޖެހޭ ވަގުތެއް ނޫން ކަމަށާއި،ކާޑުުގެ ބާވަތްތައް ހުސްނުވެ ރައްޔިތުންނަށް ލިބޭނެ ކަމަށް އެސްޓީއޯ އިން ބުނެފިއެވެ.

ފުލުހުންނާއި ސިފައިން އަދި އެސްޓީއޯ ގުޅިގެން ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވީ، ކާޑު ހުސްނުވެ ރައްޔިތުންނަށް ލިބޭނެ ކަމަށާއި، މީގެ ކުރިން ކާޑު ލިބުނު ގޮތައް ކާޑު ލިބެން ހުންނާނެ ކަމަށެވެ.

އަދި މިއީ ކޮންމެ ގެއެއްގެ ސިޓިން ރޫމް ކާޑު ގުދަނަކަށް ހަދަން ޖެހޭ ވަގުތު ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"ތިން މަސް ހަތަރު މަސް ދުވަސް ވާވަރަށް ކާޑު ގޭގެއަށް ވެއްދުން އެއީ ބޭނުމެއް ނޫން. އަތުގައި ހުރި ފައިސާކޮޅު ކާޑަށް ހަދާފައި ގޭގައި ބެހެއްޓުން ރަނގަޅެއް ނޫން. މިއީ އަދި ޕެނިކަކަށް ގޮސް ބިރުވެރިކަމަކަށް ދާން ޖެހޭ ކަމެއް ނޫން. މާލެ އިން ކާޑު ރަށްރަށަށް ގެންދެވޭނެ. މިއީ ރައްޔިތުން އެއްބައިވަންތަ ވާންވީ ވަގުތު. ދައުލަތުގެ އާމްދަނީގެ ވާހަކަ ދައްކަން އެންމެ ރަނގަޅީ އަޅުގަނޑެއް ނޫން". އަމްރު ވިދާޅުވިއެވެ.

ކޮވިޑް 19 އާއި ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ؛-ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

އަމްރު ވިދާޅުވީ، ރާއްޖެ އަށް މުދާ އެތެރެ ކުރުމުގައި ދައްޗެއް ނެތް ކަމަށެވެ. އަދި އިންޑިއާއިން ބޭސްތައް ގައުމުން ބޭރު ކުރުން ހުއްޓާލަފައި އޮތްކަމުގައި ވިޔަސް، އެސްޓޯއީގައި ބޭހުގެ ސްޓޮކް އެބަހުރި ކަމަށް އަމްރު ވިދާޅުވިއެވެ. އަދި އިންޑިއާ އިން ބޭސް ބޭރުކުރުން މަނާކުރި ނަމަވެސް ފޮރިން މިނިސްޓްރީން ގެންދަނީ އިންޑިއާ އާއި ވާހަކަ ދައްކަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ފިޔައި އިމްޕޯޓް ކުރުމުގެ ހުއްދަ ވެސް އިންޑިއާ އިން ރާއްޖެ އަށް ދިން. ބޭސް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް". އަމްރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޝިޕްމެންޓްތައް އެއްވެސް ދައްޗެއް ނެތި އެބައާދޭ. އިންޑިއާ އިން އޮތީ ބައެއް ބޭސްތައް އެއްވެސް ގައުމަކަށް ބޭރުކުރުން ހުއްޓާލާފައި. ބޭހުގެ ސްޓޮކް އެސްޓީއޯގައި އެބަހުރި. ފޮރިން މިނިސްޓްރީން އޮތީ ފެހި ސިގުނަލެއް ދެއްވާފައި ބޭސް އިންޑިއާ އިން އެތެރެ ކުރެވޭނެ ކަމުގެ."، އަމްރު ވިދާޅުވިއެވެ.

މީގެ އިތުރުން، އަމްރު ވަނީ އިންޑިއާއިން ބޭސް ނުލިބުނު ކަމުގައިވިޔަސް، ބޭސް ލިބޭނެ ވަރަށް ގިނަ ތަންތަން ހުރި ކަމަށް ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސަޔެއް

    ބޭނުންވަރަކއް ހުންނަ އިރު ކީއްވެ ކޮންޓްރޯލް ކުރަނީ

    • ޒައްގަ

      ހޭންޑު ސެނިޓައިޒާ ވެސް ތިޔަހެން ސްޓޮކް ހުރި އެކަމު ވަގުތު ޖެހުނަ ހިފެހެއްޓީ އެންމެ ބޭނުންވާ މީހުންނަށް ދޭށޯލަ.. ކާޑު ކޮޅު ވެސް ހިފަހައްޓާ ދެން ކޮންމެވެސް އެއްޗެއްކިޔާފަ

  2. އިދުރީސްބައި

    މަގޭއަތުގަވެސް ކާޑު އެބަހުރި ކޮންމެހެން ބައްޔެއް ފެތުރޭ އިރައް ކާޑު ނުލިބިގެން ދުވާކައް ނުޖެހޭ ރޯދަމަހުވެސް ރޯދަޔައް ތިބެނީ ކޮންމެހެން ނުޖެހޭ ނޭވާނުލެވޭ ވަރައް ކާކައް

    8
    1
  3. Anonymous

    ރައްޔިތުން ނޭ މިސަރުކާރު ބަހާއި ޢަމަލު ދިމާނުވޭ ހޭއަރާ. އެމީހުން ދައްކާވާހަކަ އަށް ނެހެއްލި އަމިއްލަ ރައްކާތެރިކަން އަމިއްލަ އަށް ހޯދާ. ޤުރްއާނަށާއި ޙަދީޘް އަށް ގޮންޖެހާ ގަދަބަސް ބުނާ ބަޔަކު ރައްޔިތުންނަށް ވަކި ހެވެއް އެދޭނެތަ. ގެރިމޯދީއާ ގުޅިގެން އަޅުވެތިވެފަ ތިބިވަރުން މުސްލިމުންނަށް ދެމުންގެންދާ އަނިޔާ ކުށްވެރިކޮށް ލާކަށް ވެސް ނުކެރުނު ލާދީނީ ސަރުކާރެކޭ މީ

  4. ވިސްނާ

    ފުދުންތެރިކަން ހުންނަ މީހާ ހުރިހާ ކާޑުގެ ބާވާތްތައް ދެތިން މަހަށް ވާވަރަށް ގަތީމަ އެ ހާ ވަރަށް ނުލިބޭ މީހުން ކޯއްޗެއްތޯ ކައިބޮއެ ހަދާނީ...މި ވަގުތަކީ އަމިއްލަ ނަފްސު އިސްކުރަންވީ ވަގުތު ނޫން.. އެހެންމީހުންގެ ހާލަތާއި މެދުވެސް ވިސްނުން މުހިއްމު..ބަލި ޖައްސަވަނީވެސް ޝިފާދެއްވަނީވެސް ﷲ.. މިއީ އިމްތިހާނެއް.