ބޭންކް އޮފް މޯލްޑިވްސްގެ ޑައިރެކްޓަރ އޮފް އޮޕަރޭޝަންސްގެ މަގާމަށް މިސް ލޯރާ ޖޭމިސަން ހަމަޖައްސައިފިއެވެ.

ބީއެމްއެލް އިން މިއަދު ވިދާޅުވީ ލޯރާ އަކީ ރީޓެއިލް ފައިނޭންސިންގެ ރޮނގުން 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖްރިބާ ހޯއްދަވާފައިވާ އަދި ކަސްޓަމަރ އެކްސްޕީރިއަންސް، އޮޕަރޭޝަންސް އާއި ބިޒްނަސް ޓްރާންސްފޮމޭޝަންގެ ދާއިރާގެ ސްޕެޝަލިސްޓެއް ކަމަށެވެ.

ލޯރާގެ ކެރިއަރގައި އޭނާ ވަނީ މާލީ ދާއިރާގެ ހިންގެވުމުގައި އިސް މަގާމްތަކެއް ފުރުއްވާފައެވެ. މި ގޮތުން އޭނާ ވަނީ ބަރކްލޭސް ބޭންކުގެ ރީޓެއިލް އެންޑް ބިޒްނަސް ޑިވިޝަންގެ (ޔޫކޭ) ހެޑް އޮފް ކަސްޓަމަރ އެކްސްޕީރިއަންސް އިމްޕްރޫވްމަންޓްގެ މަގާމާއި ހެޑް އޮފް އޮޕަރޭޝަނަލް އެކްސެލެންސްގެ މަގާމްވެސް ފުރުއްވާފައެވެ.

މީގެ އިތުރުން ޔޫކޭގެ އައިވޯބޭންކް ލިމިޓެޑްގެ ޑައިރެކްޓަރ އޮފް ބިޒްނަސް އޮޕަރޭޝަންސް އާއި ސެންޓެންޑަރ ޔޫކޭގެ ހެޑް އޮފް އޮޕަރޭޝަންސް އެންޑް ކޮންޓިނުއަސް އިމްޕްރޫވްމެންޓްގެ މަގާމުވެސް އަދާކުރައްވާފައިވެއެވެ.

ބީއެމްއެލް އާއި ގުޅިވަޑައިގަތުމުގެ ކުރިން ލޯރާ ހުންނެވީ އެންގްލިއަން ވޯޓަރގެ ޓްރާންސްފޮމޭޝަން ޕްރޮގްރާމްގެ ޑައިރެކްޓަރެއްގެ ގޮތުގައެވެ. މި މަގާމުގައި އިސްކޮށް ހުންނަވައިގެން އޭނާ ވަނީ އޮޕަރޭޝަނަލް އަދި އައިޓީ ޓްރާންސްފޮމޭޝަންގެ ބޮޑު ޕްރޮގްރާމެއް ހިންގަވާފައެވެ.

މި މަގާމަށް ލޯރާ އައްޔަންކުރެއްވުމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ "ލޯރާ ފަދަ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅަކާއެކު ކަސްޓަމަރުން އުއްމީދުކުރާފަދަ ފެންވަރު ރަނގަޅު ޚިދުމަތް ދިނުމަށް ބޭންކުގެ އޮޕަރޭޝަނަލް ޕްރޮސެސްތަކަށް ހެޔޮ ބަދަލު ގެނެވި އިތުރަށް ހަރުދަނާވެގެންދާނެ. އަޅުގަނޑުމެންގެ ޓީމާއެކު ލޯރާ އަށް އިތުރު ކާމިޔާބީއަށް އެދެން."

ބޭންކުން ދަނީ މުވައްޒަފުންނާ ގުޅޭ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލަމުންނެވެ. މިގޮތުން ބޭންކުގެ ވަޒީފާ ދިނުމާއި ތަމްރީނު ކުރުން އަދި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ސިޔާސަތުތަކަށް ފާހަގަކޮށްލެވޭ ބޮޑު ބަދަލުތަކެއް ވަނީ ގެނެސްފައެވެ. ބޭންކުގައި ވަޒީފާ އަދާކުރާ އެންމެ ރަނގަޅު މުވައްޒަފުންގެ ޝަރަފުގައި އަދި އެފަރާތްތަކުގެ އިޚްލާސްތެރި ޚިދުމަތްތައް ފާހަގަކުރުމަށް ބޭންކުން އެކި ހަރަކާތްތައް ބާއްވައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ދިވެހި

    ދިވެއްސެއް ހަމަ ތި މަގާމަށް ނުވީ؟

    27
  2. ފިކުރީ

    މުސާރަ ކިހާވަރެއްބާ؟

    22
    1
    • ރާކަނި

      މަހަކު 100،000.00 ރުފިޔާ އަށް ވުރެން ކުޑަނުވާނެ. ހުންނާނެ ލަގްޒަރީ އެޕާޓްމަންޓަކާއި ކެއުމާއި ކަރަންޓާއި ފެން އަދި ސާރވަންޓުންގެ ޚިދުމަތާއެކު ކިހާވަރެއް؟

  3. ރާކަނި

    އަންހެނުންގެ ޙައްޤުތަކޭ ކިޔައިގެން ލާދީނިއްޔަތު ފަތުރަން މަސައްކަތް ކުރާ ބައިގަނޑަށް ބޭންކްގައި 35 އަހަރު މަސައްކަތްކޮށްފައިތިބި ތަޖުރިބާހުރި އެތައް އަންހެނުންނެއް ނުފެނުނު. ފެނުނީ ފަރަންޖީ އަންހެނެއް ލަދުކޮބާ؟ އެޗް. އާރު. ސީ އެމް ކޮބާ.؟ ޙައްޤޭ ... ކިޔާނެ ކަމެއްނެއް ވައްކަންކުރަން ފުރުސަތެއްނޫނީ ނުހޯދާނެ.

    27
  4. ދެރަ

    މުޅިތަނަށް ބޭރު މީހުން ގެނެސް މުޅިތަން ތިޔަ ދަނީ ދިވެހިންގެ ބާރުކަނޑު ވަމުން މުވައްޒަފުން ގެ ކަންބޮޑުވުން އެބައޮތް ދިވެހިންގެ ބޭންކް ދިވެހިންނަށް މިޝިއާރު މިހާރު ހިނގައްޖެ ކިހާ ދެރަކަމެއް ކޮބައިތަ ބޭންކް ބޯޑް މިހާރު ތީ އިންގިރޭސި ވަލާތުގެ ބުރާންޗެއްތޯ .... ދިވެހިންގެ ބޭންކް ބޭރުމީހުންނަށް... މިޝިއާރު މާރަނގަޅުވާނެ

    28
  5. ބޭންކް

    ބޭންކް މިއޮތް ހުރިހާ ދުވަހު ތަރައްގީ ކުރީ ބޭރު މީހުން ލައިގެނެއް ނޫން ހަމަ ދިވެހި މުވައްޒަފުންގެ ވިސްނުމާއި ފިކުރު ބޭނުން ކޮށްގެން ޒަމާނީ ތަނަކަށް ހެދީ ޝަރީފްމެން ކަހަލަ ދުރުވިސްނޭ ގާބިލް މީހުން ތިބެގެން މިހާރު ޑޮލަރ ވެސް އަގު ބޮޑު ކުރުމުގެ ވިސްނުމެއް އެބަ ގެންގުޅޭ ރައްކާވެތިބިއްޔާ ދަތުރު... ބޭންކް މުވައްޒަފުންނަށް ހިތާމަ ވެރި ދުވަހެއް ދިވެހިންނަށް ހުރި ފުރުސަތުތައް އިނގިރޭސިންނަށް

    28
    2
  6. ކަބީލް

    މިގައުމުގައި ދިވެހިންނަކަށްވަޒީފައެއްނުލިބޭނެ މިއީ އަނެއްދިވެރިރާއްޖޭގެމީހުންނަށް ވަޒީފާލިބޭނި

  7. ޢެލެކްސް

    މީނަގެ ސެލެރީ ކިހާ ވަރެއް ބާ ؟

    1
    1
  8. ދިވެހީންނަށް ދަތި

    ދިވެއްސަކު ހަމަ ނުލިބުނީތޯ ކުޑަ މުސާރައަށް ދިވެހީން ބޮޑުމުސާރައަށް ބޭރުމީހުްން

  9. ބްރޯ

    ބަލަދު އަރަފަ ތިބި މީހުން . އިހަކަށް ދުވަހު އޮސްތްރެލިޔާ މީހަކުވެސް ކޮމިސަނެއްގެ މެމްބަރަކަށް ހަމަޖެއްސި ކުލޫނީ ލޯޔަރަކަށް ގަޑިޔަކަށް 2000 ޑޮލަރު މަގުން ގައުމު ބިދޭސިންނަސް ބައިއަޅާ ހުސްކޮށްފި

  10. ާވަތުބަތާނަ

    ދިވެއްސަކު ހަމަ ނުލިބުނީތޯ

  11. އަހްމަދްފުޅު

    ކޮންމެ އަކަސް މިދިޔައަހަރުވެސް ވަރަށްބޮޑުފައިދާ ބޭންކަށް ވެއްޖަކަމަށްފެނޭ. ޔުނީފޯމުތައްބަދަލުވެއްޖެ. ނަންކާޑުތަކާއި ވާކޮޅުވެސް ބަދަލު ވެއްޖެ. މިކަމަށްވެސް އެތައް ޚަރަދު ތަކެއް ދާނެ.

  12. ކުރެއްދޫ

    ތިޔަވާނީ ބައިކުދުންގެ ބޭރުގެ އެކްތިވިސްޓަކައް ރަގަޅިއްޔާ ވާނީ އެބުނާ ޔޫކޭ އޭ ކިޔާ ތަނުގައި މިވެރިންނާ އެއްކޮއް މުޒާހިރާ ކުރި ކުއްޖަކައް ވާވާ މިޔޮއް ގައުމެއްވާދޯ އަދިވެސް އަންހެނުންގެ ހައްގުތަކޭ އަންހެނުން ބާރް ވެރިކަން ކުރަން ލޮލުފިޔަ ނުޖަހާ ނިދާނުލެވޭ ކިޔާ ޕޯޑިއަމްތަކުގައި ވޯޓްހޯދަން ކަނބަލުންނޭ ކިޔާ ނަގާ ކަނބަލުން ވޯޓްދޭނެ ދިވެއްސަކައް ވީތީ ލަދެއް ނުގަނޭބާއޭ ހިތައް އަރަނީ ކޮންމެ އަހަރަކު އެތައްހާސް ކުދިންނެއް ކިޔަވާނިންމަމުން ޑިގްރީއާ ޕީއެޗްޑީއާ ނަންހުސްކޮއް ފާސް ތައް ހޯދަމުން ދައިރު މީގައުމުގެ ޒުވާނުންނައް ކުރާ މަލާމާތެއްތޯ