ރަހުނަކާ ނުލައި ތިން މިލިއަން ރުފިޔާ އާއި ހަމަޔަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނު ދޫކުރަން ފަށައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ ޓްމެތީ ސްވީއަރ ވިދާޅުވީ މިއީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އިތުރަށް ފުޅާކޮށް ހެޔޮ ބަދަލުތައް ގެނައުމަށް އެ ބޭންކުން ހުޅުވާލައިފައިވާ ރަނުގެ ފުރުސަތެއް ކަމަށެވެ.

ސްވީއަރ ވިދާޅުވީ މިފަދަ ލުއިގޮތަކަށް ލޯނު ދޫކުރަން ފެށުމާއި އެކު ކުދި އަދި މެދުފެންތީގެ ވިޔަފާރިތަކާއި ބީއެމްއެލް އާއި އޮންނަ ގުޅުން އިތުރަށް ހަރުދަނާވެގެން ދާނޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ވޭތުވެދިޔަ ދުވަސްތަކުގައި ބިޒްނަސް އެކައުންޓަތަކަށް ޑެބިޓް ކާޑު ދޫކުރުން ފަދަ ލުއި ގޮތްތައް ހަމަޖައްސައި ދީފާއިވާނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ލޯންގެ އިންޓްރެސްޓް ރޭޓްވެސް ވަނީ 12 އިންސައްތަ އާއި ހަމަޔަށް ކުޑަކޮށްފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައ ވާހަކަ ދައްކަވަމުން ޑިރެކްޓަރ އޮފް ބިޒްނަސް ކުލްދިޕް ޕަލިވާލް ވިދާޅުވީ މިއީ ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ ފަރާތްތަކަށް އޮތް ރަނުގެ ފުރުސަތެއް ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށްވެސް އަޅުގަނޑުމެންނަށް ހުޅުވާލެވޭ ރަނުގެ ފުރުސަތެއް. މިހާރުވެސް އަޅުގަނޑުމެން ވާނީ ގާތްތަގަނޑަކަށް 8 ބިލިއަން ރުފިޔާ ރާއްޖޭގެ އެކި ކަންކޮޅުތަކާއި، ރާއްޖެއިން ބޭރުގައި ދިވެހި ވިޔަފާރިވެރިން ހިންގަމުން އަންނަ ވިޔަފާރިތަކަށް ލޯނުގެ ގޮތުގައި ދޫކޮށްފައި. އަޅުގަނޑުމެން މިފަހަރު ދޫކުރުމަށް ހަމަޖެހިފައި މިވާ ރަހުނާ ނުލައި ދޫކުރާ ލޯނުތައް ދޫކުރުމަށް ހަމަޖެހިފައި ވަނީ ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި އެވިޔަފާރިއެއް ގޮސްފައިވާ ގޮތަށް ބަލައި" ކުދްލިޕް ވިދާޅުވިއެވެ.

މިލޯނު އެތައް ގޮތަކަށް ބޭނުންކުރުމުގެ ބާރު ވިޔަފާރިވެރިންނަށް ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެސްއެމްއީ ބޭންކިންގެ ހެޑް މުހައްމަދު ހަނީފް ވިދާޅުވީ، ބީއެމްއެލް ވޯކިން ކެޕިޓަލް ފައިސާ އަކީ އެއްވެސް ރަހުނަކާ ނުލައި ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ ފައިސާ ކުރު މުއްދަތެއްގެ ތެރޭގައި ދޫކުރެވޭނެ ފެސިލިޓީއެއް ކަމަށެވެ.

މިއީ ހަމައެކަނި ވިޔަފާރި ފުޅާ ކުރުމަށް ބޭނުންވާ މުދާ ހޯދުމަށް ހާއްސަކުރެވިފައިވާ ފެސިލިޓީ އެއް ކަމަށާއި، މި ފެސިލިޓީގެ ދަށުން ލޯނު، ބޭންކް ގެރެންޓީ، ލެޓާ އޮފް ކްރެޑިޓް، އަދި އެހެނިހެން ލޯނުތަކަށްވެސް އެދި ހުށަހެޅިދާނެ ކަމަށް ހަނީފް ވަނީ ވިދާޅުވެވފައެވެ.

މި ލޯނު އަނބުރާ ދެއްކުމަށް ލިބެނީ ތިން އަހަރުގެ މުއްދަތެކެވެ. އަދި އެހެނިހެން ފެސިލިޓީއެއް ނަަމަ އަނބުރާ ދެއްކުމަށް ލިބެނީ އެއް އަހަރު ދުވަހުގެ މުއްދަތެކެވެ. މި ލޯނު ދޫކުރާނީ ވޭތުވެދިޔަ ތިން އަހަރު މެދު ނުކެނޑި ވިޔަފާރި ހިންގާފައިވާ ފަރާތްތަކަށް އެކަންޏެވެ. މިލޯނު ނަގާ ވިޔަދާރިތަކަށް ފާއިތުވެ ދިޔަ ދެއަހަރު ފައިދާވެފައި ވާންޖެހެއެވެ. މި ލޯނާ ބެހޭ އިތުރު މައުލޫމާތު ބީއެމްއެލްގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ހަނީފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ކައްކަކާކޯ

    ރަހުނަކާ ނުލައި 3 މިލިޔަން ދޭއިރު އިންޓަރެސްޓް 20 ޕަސެންޓް! ލޯނު ނުދައްކާ މަސްދުވަސް ހިގައްޖެނަމަ 30 ޕަސެންޓަށް އިތުރުވޭ! އޮޅުވައލިޔަސް ބޮޑުވަރު!

    27
  2. ލުއި

    ޢިންޓްރެސްޓުކިހާވަރެއް؟؟ ޢަތުފަތުޖުހޭ ދޯ؟؟ލުއި ލޯނުގެ އިންޓްރެސްޓްކުޑަކޮށްފަ އެހެން ލޯނުތަކާ އުޅެބަލަ

    20
    1
  3. ށަރީ

    ބީ އެމް އެލް އިންލޯނު ދެނީ އަމާބުނީތީ ފަރައްދާ
    ޢުސޫލުން. މިވެސް އެކަހަލަކަމެއް.
    ވެރިއަކައް ކަމުދަނީ ފަރަންޖިއެއް ދީން ނުދައްނަ
    ޥާނީ މިހެންތާ؟

    22
    2
  4. ހުސެން

    ބީއެމްއެލް އިސްލާމިކުން ދޫކުރޭތަ؟

    18
  5. ޑައެލޯގް

    ލޯނު ބޭނުންވެގެން ބޭންކަށް ދާއިރަށް ބުނާނެ މީރާގެ ޓާންއޯވަރ ގެންނާށޭ، ބޭނުމަކީ މަކަރުން އިންކަމްޓެކްސް މަޅީގައި ޖައްސާ ޓެކްސް ނެގުން. ދެން ވާނުވާނޭގި އެތައްދުވަހެއްވީމަ ބުނާނީ ޝަރުތު ހަމަނުވާކަމަށް އޭރުއޮންނާނީ އިންކަމްޓެކްސް އަށް ޝަރުތު ހަމަވެފަ ލޯނަށް ހަމަނުވާނެ. ވަރަށް ސަލާމް

    28
    1
  6. ސަންތިމަރިޔަބު

    ލުއި’ ބަރު މިނޫންވެސް ރީތިނަން ނަންކިޔާ ﷲ ހަރާންކުރަށްވާފާއި ވާ ކަންކަން ހުއްދަކުރާމީހުނަށް ހަލާކުހުރި

    ﴿42﴾ وَلَا تَلْبِسُوا الْحَقَّ بِالْبَاطِلِ وَتَكْتُمُوا الْحَقَّ وَأَنتُمْ تَعْلَمُونَ

    އަދި ތިޔަބައިމީހުން حق އާއި باطل އޮޅުވައިނުލާށެވެ! އަދި ތިޔަބައިމީހުން ދެނެތިބި حال ގައި حق ވަންހަނާ ނުކުރާށެވެ!

    ﴿275﴾ الَّذِينَ يَأْكُلُونَ الرِّبَا لَا يَقُومُونَ إِلَّا كَمَا يَقُومُ الَّذِي يَتَخَبَّطُهُ الشَّيْطَانُ مِنَ الْمَسِّ ۚ ذَٰلِكَ بِأَنَّهُمْ قَالُوا إِنَّمَا الْبَيْعُ مِثْلُ الرِّبَا ۗ وَأَحَلَّ اللَّهُ الْبَيْعَ وَحَرَّمَ الرِّبَا ۚ فَمَن جَاءَهُ مَوْعِظَةٌ مِّن رَّبِّهِ فَانتَهَىٰ فَلَهُ مَا سَلَفَ وَأَمْرُهُ إِلَى اللَّهِ ۖ وَمَنْ عَادَ فَأُولَٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ

    رِبا ކާމީހުން، ޖިންނި މޮޔަވެގެން، شيطان އާ ތަޅުވަމުން ފޮޅުވަމުން ގެންދާ މީހަކު ތެދުވާ ފަދައިން މެނުވީ (قيامة ދުވަހުން އެއުރެން ކަށްވަޅުން) ނުތެދުވާނެތެވެ. އެހެނީ، އެއުރެން ބުނެއުޅުނީ، ވިޔަފާރި ވާކަން ކަށަވަރީ، رِبا ކަހަލަކަމެއް ކަމުގައެވެ. (ނަމަވެސް) ވިޔަފާރި ކުރުންވަނީ، اللَّه، ހުއްދަ ކުރައްވާފައެވެ. އަދި، رِبا ވަނީ حرام ކުރައްވާފައެވެ. ފަހެ، އެމީހާގެ ވެރިރަސްކަލާނގެ حضرة ން ދެއްވާ وعظ އާއި نصيحة، އެމީހަކާ ހަމަޔަށް އައުމުން އެކަން (އެބަހީ: رِبا ކެއުން) ހުއްޓާލައިފި މީހާ (ދަންނާށެވެ!) ފަހެ، އިސްވެދިޔަ އެއްޗެއް އެމީހަކަށް ހުށްޓެވެ. (އެބަހީ: رِبا ގެ حكم ތައް އައުމުގެ ކުރިން އޭނާ ބޭނުންކުރި ތަކެތި މާފުކުރައްވާފައި ވެއެވެ.) އަދި، އެމީހެއްގެ ކަންތައްއޮތީ، اللَّه އަށް خاص ވެގެންނެވެ. އަދި، އަލުން (އެކަމަށް) އެނބުރި އަތުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ ނަރަކައިގެ أهل ވެރިންނެވެ. އެއުރެންނީ އެތާނގައި ދެމިތިބެނިވި ބަޔެކެވެ.

    25
  7. މަރޭ

    މިބެން ކުން އަހަރުމެންގޮސް ގުނާ އަދަދު ނުކުރެވޭ ހާ ރިޕޯޓު ތައް ހުށައެޅުމަށް ވުރެ އަހަރުމެން ކަހަލަ ކުދިވިޔަފާރި ވެރިންނަށް އެމީހުން ގުޅީމަ މާރަނގަޅުވާނެ. އެބޭން ކަށް އެނގޭނެ އެތަނުގަ ވިޔަފާރި ކޮށްފަ ހުރި މިން ވަރު. އަހަރުމެންގޮސްގެން ދުވަހަކުވެސް ތިކަމެއް ނުވާނެ. ދުވާލަކު އެޗެއް ގެންނަން ބުނާނީ. ނިމޭއިރު ބުނާނީ ސަރުތު ފުރިހަމަ ނުވެޔޭ. މިއީ ދިމާވެފަ ހުރިކަންކަން.

  8. މުހުތާރު

    ބީ އެމް އެލް އިން ލޯނު ނެގުމަކީ ކުރަން ހެޔޮނުވާ ވަރުގެ ކަމެއް

    16
  9. ޝީޒާ

    ތާކުންތާކު ޖެހޭ ކަމެއް ނުކުރާތި އަދިވެސް ތި ލޯނުވެސް ތި ދޫކުރަނީ ވިޔަފާރި ވެރިންނައް ކޮބާތަ އަލައް ވިޔަފާރި ފަށަން އުޅޭ މީހުންނައް ދޭން ބުނި އެސްއެމްއީ ލޯނު

  10. އަޒާ

    މަ ބުނާނެ ވާހަކައެއްނެތް، އެއްވެސް ކުއްޖަކު މި ލޯނު ނުނަގާތި.. އެ އުޅެނީ ލޯކަލް ކައުންސިލް އިންތިޚާބަށް މަޅިއެއް ޖަހާލަން..

  11. އެޑްމުންޑޯ

    3 އަހަރުވީމާ ލުއިނުވޭ އިގޭތޯ

  12. Anonymous

    އަލައް ވިޔަފާރިއެއް ފަސަން ލޯނު ލިބޭނެތޯ

  13. ޒައިދު

    ލުއި’ ބަރު މިނޫންވެސް ރީތިނަން ނަންކިޔާ ﷲ ހަރާންކުރަށްވާފާއި ވާ ކަންކަން ހުއްދަކުރާމީހުނަށް ހަލާކުހުރި

    ﴿42﴾ وَلَا تَلْبِسُوا الْحَقَّ بِالْبَاطِلِ وَتَكْتُمُوا الْحَقَّ وَأَنتُمْ تَعْلَمُونَ

    އަދި ތިޔަބައިމީހުން حق އާއި باطل އޮޅުވައިނުލާށެވެ! އަދި ތިޔަބައިމީހުން ދެނެތިބި حال ގައި حق ވަންހަނާ ނުކުރާށެވެ!

    ﴿275﴾ الَّذِينَ يَأْكُلُونَ الرِّبَا لَا يَقُومُونَ إِلَّا كَمَا يَقُومُ الَّذِي يَتَخَبَّطُهُ الشَّيْطَانُ مِنَ الْمَسِّ ۚ ذَٰلِكَ بِأَنَّهُمْ قَالُوا إِنَّمَا الْبَيْعُ مِثْلُ الرِّبَا ۗ وَأَحَلَّ اللَّهُ الْبَيْعَ وَحَرَّمَ الرِّبَا ۚ فَمَن جَاءَهُ مَوْعِظَةٌ مِّن رَّبِّهِ فَانتَهَىٰ فَلَهُ مَا سَلَفَ وَأَمْرُهُ إِلَى اللَّهِ ۖ وَمَنْ عَادَ فَأُولَٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ

    رِبا ކާމީހުން، ޖިންނި މޮޔަވެގެން، شيطان އާ ތަޅުވަމުން ފޮޅުވަމުން ގެންދާ މީހަކު ތެދުވާ ފަދައިން މެނުވީ (قيامة ދުވަހުން އެއުރެން ކަށްވަޅުން) ނުތެދުވާނެތެވެ. އެހެނީ، އެއުރެން ބުނެއުޅުނީ، ވިޔަފާރި ވާކަން ކަށަވަރީ، رِبا ކަހަލަކަމެއް ކަމުގައެވެ. (ނަމަވެސް) ވިޔަފާރި ކުރުންވަނީ، اللَّه، ހުއްދަ ކުރައްވާފައެވެ. އަދި، رِبا ވަނީ حرام ކުރައްވާފައެވެ. ފަހެ، އެމީހާގެ ވެރިރަސްކަލާނގެ حضرة ން ދެއްވާ وعظ އާއި نصيحة، އެމީހަކާ ހަމަޔަށް އައުމުން އެކަން (އެބަހީ: رِبا ކެއުން) ހުއްޓާލައިފި މީހާ (ދަންނާށެވެ!) ފަހެ، އިސްވެދިޔަ އެއްޗެއް އެމީހަކަށް ހުށްޓެވެ. (އެބަހީ: رِبا ގެ حكم ތައް އައުމުގެ ކުރިން އޭނާ ބޭނުންކުރި ތަކެތި މާފުކުރައްވާފައި ވެއެވެ.) އަދި، އެމީހެއްގެ ކަންތައްއޮތީ، اللَّه އަށް خاص ވެގެންނެވެ. އަދި، އަލުން (އެކަމަށް) އެނބުރި އަތުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ ނަރަކައިގެ أهل ވެރިންނެވެ. އެއުރެންނީ އެތާނގައި ދެމިތިބެނިވި ބަޔެކެވެ.

  14. ނައީމް

    އިނދަޖެހެމުންދާ ކުދިވިޔަފާރިތަކަށް ދޭލޯން ދޫކުރަނީ ވޭތުވެދިޔަ 3 އަހަރު ފައިދާވެފައިވާ ވިޔަފާރިތަކަށް . ރައްޔިތުންނޭ ވިސްނާށޭ ނިކަން ވިސްނަބަލަ އެވިޔަފާރިން 3 އަހަރު ފައިދާވީމާ ބޭންކުން އެބޭނުންވީ އެވިޔަފާރިއަށް ވަންނަން އޭގެން ފައިދާނަގަން މީ މިވާގޮތަކީ