ގދ.މާވަރުލުގައި ތަރައްޤީކުރާ އެއާޕޯޓުގެ ރަންވޭގެ މަސައްކަތް ނިންމައި، އެ އެއާޕޯޓަށް ޓެސްޓު ފްލައިޓް ޖައްސައިފިއެވެ.

އައިލެންޑް އޭވިއޭޝަނުން ހިންގާ މޯލްޑިވިއަން އިން މިއަދު ބުނީ، އެ އެއާޕޯޓަށް ފުރަތަމަ ޓެސްޓު ފްލައިޓް މިއަދު ހެނދުނު 11:11 ގައި ޖައްސާފައިވާ ކަމަށެވެ.

މާވަރުލު އެއާޕޯޓަކީ ގދ.އަތޮޅުގައި ތަރައްޤީ ކުރާ ދެވަނަ އެއާޕޯޓެވެ.

މާވަރުލުގައި އެއާޕޯޓެއް ތަރައްޤީ ކުރުމުގެ މަސައްކަތް 2011 ވަނަ އަހަރު ވެސް ފެށިއެވެ. ނަމަވެސް މަސައްކަތް ކުރިއަށް ނުގެންގޮސް ހުއްޓާލާފައި އޮއްވާ އަލުން މަސައްކަތް އެމްޓީސީސީ އާއި ހަވާލު ކުރީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރުގެ މާޗް މަހު އެވެ.

މާވަރުލު އެއާޕޯޓަކީ ވެސް އެހެން ޑޮމެސްޓިކް އެއާޕޯޓްތަކެކޭ އެއްގޮތައް 1200 މީޓަރުގެ ރަންވޭ އަކާއި އެކު ތަރައްޤީކޮށްފައިވާ އެއާޕޯޓެކެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ސިޔާމު

    ޝުކުރިއްޔާ ރައީސް ޔާމީން

    11
    3
  2. ޒަމީލް

    މިރާއްޖޭގައި މިވަގުތު އެންމެ ރިސޯޓްގިނަ ސަރަޙައްދަކީ ރ.އަތޮޅު ދެކުނުގެ ސަރަޙައްދެވެ. އަދި ވ އާބާދީވެސް ބޮޑު ސަރަޙައްދެކެވެ. މިހާރުވެސް 11 ރިސޯޓް އެބައޮތެވެ. އެކަމަކުވެސް މިސަރަޙައްދުގައި އެއަރޕޯރޓެއް އަޅާކަށް ނޫޅެއެވެ. ފައިނުގައި އަޅަން ހަމަޖެހުނު އެއަރޕޯރޓްވެސް ބައެއްގެ އަމިއްލަ އެދުމަށްޓަކައި ހުއްޓުވާލީއެވެ.

  3. މަރީ

    ޝުކު ރިއްޔާ ރައީސް ޔާމީން

    17
    3
  4. Anonymous

    ޝުކުރިއްޔާ! ރައިސް ޔާމީން

    4
    2
  5. ރަޝީދު

    ރައީސް ޔާމީނަށް މަރުހަބާ! ރައީސް ޔާމީންގެ ކޮންކުރީޓު ތަރައްޤީގެ ފައިދާގެ ފަސޭހަތައް މިދަނީ ލިބެމުންނެވެ.

  6. ރަޝީދު ގައްދޫ

    ރައީސް ޔާމީނަށް މަރުހަބާ! ރައީސް ޔާމީންގެ ކޮންކުރީޓު ތަރައްޤީގެ ފައިދާގެ ފަސޭހަތައް މިދަނީ ލިބެމުންނެވެ.

  7. ާއާދަން

    ރައީސް ޔާމީނަށް މަރުހަބާ! ރައީސް ޔާމީންގެ ކޮންކުރީޓު ތަރައްޤީގެ ފައިދާގެ ފަސޭހަތައް މިދަނީ ލިބެމުންނެވެ.

  8. ާރަށުމީހާ

    ރައީސް ޔާމީނަށް މަރުހަބާ! އެމްޑީޕީގެ ކުދިންވެސް ޤަބޫލުކުރާނެ. ރީދޫ ޓައިގައި ފޮޓޯ ގިނައިން ނެގީމާ ހަނދާން ވާނީ ތަރައްޤީ އޮތީ ޕީޕީ އެމުގެ ފިކުރުގައިކަމެވެ. ހަމަ އެހެންމެ އެމްޑީޕީގެ ފިކުރަކީ ލާދީނީ ފިކުރުކަން.

    3
    1