ދިރާގުގެ ކަސްޓަމަރުންނަށް މިއަދު އުފާވެރި ހަބަރެއް ދިނުމަށް ނިންމައިފިއެވެ.

ރާއްޖޭގެ މުއާސަލާތީ ހިދުމަތްދޭ އެންމެ ބޮޑު ކުންފުނިން އެކަން އިއުލާން ކުރުމަށް ހަމަޖެހިފައި ވަނީ މިއަދު 2:30 ގައެވެ.

ދިރާގުން ވަނީ މީގެ ކުރިން ވެސް މިފަދަ ގޮތަކަށް ކަސްޓަމަރުންނަށް ހައިރާންކަން ގެނުވާނެ އެތައް ކަމެއް ތައާރަފްކޮށްފައެވެ. އެގޮތުން ދިރާގުން އާ ފޯނުތައް ނެރުމާއި، އާ ޕޯސްޓްޕެއިޑް ޕްލޭންތައް ތައާރަފް ކުރުން ފަދަ ކަންކަން ކުރީ ތަފާތު ގޮތަކަށެވެ.

އެންމެ ފަހުން ދިރާގުން ދީފައިވާ އުފާވެރި ހަބަރެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވަނީ "އަމިއްލަ ޕޯސްޓްޕެއިޑް"ގެ ނަމުގައި ތައާރަފް ކޮށްފައިވާ އާ ޕޯސްޓްޕެެއިޑް ޕްލޭނެވެ. މި ޕްލޭންއާއެކު ކަސްޓަމަރުން ބޭނުން ގޮތަކަށް ޕްލޭން ކަސްޓަމައިޒް ކުރުމުގެ ފުރުސަތު ލިބޭނެއެވެ.

މި ޕޯސްޓްޕެއިޑް ޕްލޭނަށް ކަސްޓަަމަރުންގެ ހިތް ލެނބިފައިވަނީ ދިރާގުން މުޅިން އަލަށް ތައާރަފުކޮށްފައިވާ "ވެލިއު ޕްކެސް" އިން އެ ކަސްޓަމަރެއްގެ މޮބައިލް ޔޫސޭޖަށް ބިނާކޮށް، މި ވެލިއު ޕެކްސްތަކުން ބޭނުންވާ ޕެކެއް ހިޔާރު ކުރުމުގެ ފުރުސަތު ލިބިގެން ގޮސްފައިވާތީއެވެ. ވެލިއު ޕްކެސްތަކުގެ ތެރޭގައި ޗެޓް، ސޯޝަލް މީޑިއާ، ވޮއިސް، ޑޭޓާ އަދި މުޅިން އާ ސްޓްރީމިން އެޑްއޮންސް: ދިރާގު ޓީވީ، ދިރާގު ޕްލޭ، ނެޓްފްލިކްސް، އެމޭޒަން ޕްރައިމް، ޔޫޓިއުބް އަދި ޓިކްޓޮކަށް ހިމެނިގެން ގޮސްފައިވެއެވެ.

ދިރާގުން މިއަދު އިއުލާން ކުރާ އުފާވެރި ހަބަރަކީ ކަސްޓަމަރުން އިންތިޒާރު ކުރަމުން އަންނަ އިންޓަނެޓް އަގުހެޔޮ ކޮށް އާ ޕްލޭންތަކެއް ތައާރަފް ކުރުމުގެ ހަބަރަށް ވުމަކީ ވެދާނެ ކަމެކެވެ. ދިރާގުން ވަނީ ޖުލައި މަހުން ފެށިގެން އިންޓަނެޓް އަގުހެޔޮކުރަން ތައްޔާރުވެފައިވާ ކަން ހާމަކޮށްފައެވެ.

ސަރުކާރުން ވަނީ އަންނަ މަހުން ފެށިގެން އިންޓަނެޓް އަގުހެޔޮ ކުރުމަށް ނިންމައި، އެކަން އިއުލާން ކޮށްފައެވެ. ފިޔަވަހިތަކަކަށް ބަހައިލައިގެން އިންޓަނެޓުގެ އަގުތަކަށް ބަދަލު ގެންނައިރު، ފުރަތަމަ ފިޔަވަހީގައި އަގުހެޔޮ ކުރާނީ ބްރޯޑްބޭންޑުގެެ ހިދުމަތެެވެ. ސަރުކާރުން އިއުލާން ކޮށްފައިވާ ގޮތުގައި އިންޓަނެޓް އަގުހެޔޮ ކުރުމުގެ ފުރަތަމަ ފިޔަވަހީގައި 28-30 ޕަސެންޓް ހެޔޮވާނެެއެވެ.

 

ކިޔުންތެރިންގެ ހިޔާލު