މުދައްރިސުންގެ ދުވަހާއި ދިމާކޮށް އައްޑޫ ސިޓީ ފޭދޫގައި ހުންނަ ފައިސް މާޓް އިން ޗޮކޯބްލާސްޓްގެ ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މުދައްރިސުންގެ ދުވަހަކީ އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަހުއެވެ. ފައިސް މާޓުން ބުނީ އެ ފިހާރައިން މުދައްރިސުން ދުވަހާއި ގުޅިގެން ކުރިޔަށް ގެންދާ ޗޮކޯ ބްލާސްޓް ޕްރޮމޯޝަނަކީ މިފަދަ މުނާސަބަތަކާއި ގުޅިގެން ކަސްޓަމަރުންނަށްދޭ ހަދިޔާއެއް ކަމަށެވެ. އެއީ މުދައްރިސުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ކުރިޔަށް ގެންދިއުމަށް ނިންމި ޕްރޮމޯޝަނެއް ކަމަށްވެސް އެ ފިހާރައިން ބުނެއެވެ.

ޓީޗަރުންގެ ދުވަހާއި ދިމާކޮށް ފައިސް މާޓުން މިއަދުން ފެށިގެން ދެދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ޗޮކޯ ބްލާސްޓް ޕްރޮމޯޝަންގެ ދަށުން، ޚާއްސަ އަގުތަކެއްގައި މި އުފެއްދުން ލިބެން ހުންނާނެއެވެ.

ފައިސް މާޓުން ޗޮކޯ ބްލާސްޓްގެ "ސްމޯލް ކަޕް" އާއި "މީޑިއަމް ކަޕް" ލިބެން ހުންނާނެއެވެ.

ފައިސް މާޓް ފިހާރައަކީ ކާބޯތަކެއްޗާއި ކޮސްމެޓިކްސް އާއި ގެދޮރަށް ބޭނުންވާ ޢާންމު ސާމާނު އެންމެ އަގުހެޔޮކޮށް ވިއްކަމުން އަންނަ، ފޭދޫގެ ގިނަ ބައެއްގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ފިހާރައެކެވެ.

ޗޮކޯބްލާސްޓް އަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ "ލިބޭ އޮންލައިން" ގެ އުފެއްދުމެކެވެ. މިއީ ދާދިފަހުން ރާއްޖެއަށް ތަޢާރަފްކުރި އުފެއްދުމެއް ނަމަވެސް، މަދު ދުވަސްކޮޅެއްގެ ތެރޭގައި މި އުފެއްދުމަށް ވަނީ ގިނަ ބައެއްގެ މަޤުބޫލުކަން ވަނީ ލިބިގެން ގޮސްފައެވެ.

"ލިބޭ" އިން ހއ.ދިއްދޫ އާއި އައްޑޫ ސިޓީ އާއި، ހދ.ކުޅުދުއްފުށި، ހދ. ނެއްލައިދޫ، ހއ.ނޮޅިވަރަމް އދ.މާމިގިލި، އދ. ދިގުރަށް، ހއ. ބާރަށް، ހއ. ފިއްލަދޫ، ހއ.މުރައިދޫ، ހއ.މޮޅަދޫ، ހއ. އިހަވަންދޫ، ހއ. އުލިގަމް، ހއ. ހޯރަފުށި،ހއ.އުތީމު، ށ. ނަރުދޫ، ށ، ކަނޑިތީމު، ނ.މިލަދޫ، ކ.ކާށިދޫ، ރ. ދުވާފަރު، ރ. ވާދޫ، ރ. މާކުރަތު، ރ. އިންނަމާދޫ، ރ. އުނގޫފާރު، ނ.މަނަދޫ، ގއ. ކަނޑުހުޅުދޫ، ފ.ނިލަންދޫ އާއި އއ.ރަސްދޫގެ އިތުރުން މާލޭގެ އިހުސާން ފިހާރަ، 2،1 އަދި 3، މިނިމީގެ އިތުރުން ހުޅުމާލޭ ފަހި ޕްލާޒާގައި ވެސް ޗޮކޯބްލާސްޓް ވިއްކަމުން ދެއެވެ.

ލިބޭއިން އަންނަނީ ކުރިޔަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ އެހެން ހިސާބުތަކުން ވެސް ޗޮކޯބްލާސްޓްލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ރަށްރަށުން ޗޮކޯބްލާސްޓް ވިއްކަން ބޭނުންވާ މީހުން 9759452 އަށް ނުވަތަ 9847791 އަށް ގުޅާލުމުން އެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް ލިބޭ އިން މައުލޫމާތު ދެއެވެ.