ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކްރެޑިޓް ކާޑް ގެންގުޅޭ ކަސްޓަމަރުންނަށް ހާއްސަކޮށްގެން ރިވާޑްސް ޕޮއިންޓްސްތައް ލިބޭ ގޮތަށް "ބީއެމްއެލް ރިވާޑްސް" ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.

އެއީ ދުނިޔޭގެ 55 ގައުމެއްގައި މިހާރުވެސް ލޯޔަލްޓީ ޕްރޮގްރާމް ހިންގަމުންދާ ގިފްޓް އާ ގުޅިގެން ބީއެމްއެލުން ރާއްޖޭގައި މުޅިން އަލަށް ތައާރަފްކުރި ޕްރޮގްރާމެކެވެ. ބީއެމްއެލް ރިވާޑްސް މެދުވެރިކޮށް ކަސްޓަމަރުންނަށް ކްރެޑިޓް ކާޑު ބޭނުންކޮށްގެން ކުރާ ވިޔަފާރިތަކަށް ރިވޯޑް ޕޮއިންޓްސް ލިބޭނެއެވެ.

އެގޮތަށް ލިބޭ ޕޮއިންޓް ރިޑީމް ކޮށްގެން 900 އަށް ވުރެ ގިނަ އެއާލައިނާއި، 650،000 ހޮޓެލާއި، ކާރު ކުއްޔަށް ނެގުމުގެ އިތުރުން އެމޭޒަން، އެޕްސްޓޯ، އައިޓިއުންސް، ގޫގުލް ޕްލޭ، ޕްލޭސްޓޭޝަން ފަދަ ފާހަގަކޮށްލެވޭ އިތުރު ބްރޭންޑްތަކުގެ ގިފްޓް ކާޑުވެސް ގަތުމުގެ ފުރުސަތު ލިބޭނެއެވެ.

ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ރިވާޑްސް ޕްރޮގްރާމާ ގުޅޭ މައުލޫމާތު ދެއްވަނީ. --- ފޮޓޯ: އަހުމަދު އަޝްހާދު އަބްދުﷲ

ބީއެމްއެލް ސީއީއޯ ޓިމް ސޯޔާ ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައާރަފް ކުރެވޭ އެންމެ ފުރިހަމަ ލޯޔަލްޓީ ޕްރޮގްރާމް ތައާރަފް ކުރެވޭކަމީ އެ ބޭންކަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އެ ޕްރޮގްރާމް މެދުވެރިކޮށް ކަސްޓަމަރުންނަށް ދުނިޔޭގެ ފެންވަރުގައި ދެމުން އަންނަ ހިދުމަތްތަކުގެ އިތުރުން ކްރެޑިޓް ކާޑުން ލިބޭ ގިނަގުނަ ފައިދާ ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް ސޯޔާ ވިދާޅުވިއެވެ. އަދި ވީހާވެސް ގިނަ ކަސްޓަމަރުން ބީއެމްއެލް ރިވޯޑްސްގެ ފައިދާ ހޯދަމުން ދިޔުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

ރިވާޑްސް ޕޮއިންޓްސް

އެމެރިކަން އެކްސްޕްރެސް ގްރީން: ރަޖިސްޓްރޭޝަން ބޯނަސް 1000 ޕޮއިންޓް. 1500 އަށް ރުފިޔާއަށްވުރެ ދަށުންކުރާ ވިޔަފާރިތަކަށް 10 ޕޮއިންޓް. ރާއްޖެއާއި ރާއްޖެއިން ބޭރުން 1500 ރުފިޔާއަށްވުރ މަތިންކުރާ ވިޔަފާރިތަކަށް 11 ޕޮއިންޓް

އެމެރިކަން އެކްސްޕްރެސް ގޯލްޑް: ރަޖިސްޓްރޭޝަން ބޯނަސް 1750 ޕޮއިންޓް. 1500 އަށް ރުފިޔާއަށްވުރެ ދަށުންކުރާ ވިޔަފާރިތަކަށް 15 ޕޮއިންޓް. ރާއްޖެއާއި ރާއްޖެއިން ބޭރުން 1500 ރުފިޔާއަށްވުރެ މަތިންކުރާ ވިޔަފާރިތަކަށް 16 ޕޮއިންޓް

އެމެރިކަން އެކްސްޕްރެސް ޕްލެޓީނިއަމް: ރަޖިސްޓްރޭޝަން ބޯނަސް 3250 ޕޮއިންޓް. 1500 އަށް ރުފިޔާއަށްވުރެ ދަށުންކުރާ ވިޔަފާރިތަކަށް 25 ޕޮއިންޓް. ރާއްޖެއާއި ރާއްޖެއިން ބޭރުން 1500 ރުފިޔާއަށްވުރެ މަތިންކުރާ ވިޔަފާރިތަކަށް 26 ޕޮއިންޓް.

މާސްޓަ ކާޑްސް ސްޓޭންޑަޑް: ރަޖިސްޓްރޭޝަން ބޯނަސް 1000 ޕޮއިންޓް. 1500 އަށް ރުފިޔާއަށްވުރެ ދަށުންކުރާ ވިޔަފާރިތަކަށް 10 ޕޮއިންޓް. ރާއްޖެއާއި ރާއްޖެއިން ބޭރުން 1500 ރުފިޔާއަށްވުރެ މަތިންކުރާ ވިޔަފާރިތަކަށް 10 ޕޮއިންޓް

މާސްޓަ ކާޑްސް ގޯލްޑް: ރަޖިސްޓްރޭޝަން ބޯނަސް 1750 ޕޮއިންޓް. 1500 އަށް ރުފިޔާއަށްވުރެ ދަށުންކުރާ ވިޔަފާރިތަކަށް 15 ޕޮއިންޓް. ރާއްޖެއާއި ރާއްޖެއިން ބޭރުން 1500 ރުފިޔާއަށްވުރެ މަތިންކުރާ ވިޔަފާރިތަކަށް 15 ޕޮއިންޓް

މާސްޓަ ކާޑްސް ޕްލެޓީނިއަމް: ރަޖިސްޓްރޭޝަން ބޯނަސް 3250 ޕޮއިންޓް. 1500 އަށް ރުފިޔާއަށްވުރެ ދަށުންކުރާ ވިޔަފާރިތަކަށް 20 ޕޮއިންޓް. ރާއްޖެއާއި ރާއްޖެއިން ބޭރުން 1500 ރުފިޔާއަށްވުރެ މަތިންކުރާ ވިޔަފާރިތަކަށް 20 ޕޮއިންޓް

މާސްޓަ ކާޑްސް ވޯލްޑް: ރަޖިސްޓްރޭޝަން ބޯނަސް 4750 ޕޮއިންޓް. 1500 އަށް ރުފިޔާއަށްވުރެ ދަށުންކުރާ ވިޔަފާރިތަކަށް 25 ޕޮއިންޓް. ރާއްޖެއާއި ރާއްޖެއިން ބޭރުން 1500 ރުފިޔާއަށްވުރެ މަތިންކުރާ ވިޔަފާރިތަކަށް 25 ޕޮއިންޓް

ވިސާ ކްލެސިކް: ރަޖިސްޓްރޭޝަން ބޯނަސް 1250 ޕޮއިންޓް. 100 ޑޮލަރަށްވުރެ ދަށުން ކުރާ ވިޔަފާރިތަކަށް 15 ޕޮއިންޓް. ރާއްޖެއާއި ރާއްޖެއިން ބޭރުން 100 ޑޮލަރަށް މަތިންކުރާ ވިޔަފާރިތަކަށް 15 ޕޮއިންޓް

ވިސާ ގޯލްޑް: ރަޖިސްޓްރޭޝަން ބޯނަސް 1750 ޕޮއިންޓް.100 ޑޮލަރަށްވިރެ ދަށުންކުރާ ވިޔަފާރިތަކަށް 22 ޕޮއިންޓް. ރާއްޖެއާއި ރާއްޖެއިން ބޭރުން 100 ޑޮލަރަށްވުރެ މަތިންކުރާ ވިޔަފާރިތަކަށް 23 ޕޮއިންޓް

ވިސާ ފްލެޓިނިއަމް: ރަޖިސްޓްރޭޝަން ބޯނަސް 3250 ޕޮއިންޓް. 100 ޑޮލަރަށްވުރެ ދަށުންކުރާ ވިޔަފާރިތަކަށް 30 ޕޮއިންޓް. ރާއްޖެއާއި ރާއްޖެއިން ބޭރުން 100 ޑޮލަރަށްވުރެ މަތިން ކުރާ ވިޔަފާރިތަކަށް 23 ޕޮއިންޓް

ވިސާ ސިގްނޭޗާ: ރަޖިސްޓްރޭޝަން ބޯނަސް 5000 ޕޮއިންޓް. 100 ޑޮލަރަށްވުރެ ދަށުންކުރާ ވިޔަފާރިތަކަށް 30 ޕޮއިންޓް. ރާއްޖެއާއި ރާއްޖެއިން ބޭރުން 38 ޑޮލަރަށްވުރެ މަތިން ކުރާ ވިޔަފާރިތަކަށް 38 ޕޮއިންޓް

ކިޔުންތެރިންގެ ހިޔާލު