ރާއްޖޭގެ އެންމެ ފުޅާދާއިރާއަކަށް މުއާސަލާތީ އަދި ޑިޖިޓަލް ޚިދުމަތްތައް ފޯރުކުށްދެމުންދާ ދިރާގުންވަނީ ހުޅުމާލެ ދެވެނަ ފިޔަވަހީގައި އާބާދުވަމުންދާ ހިޔާ ފްލެޓްތައް ލިބުނު ކަސްޓަމަރުންނަށް ވަރަށް ޙާއްސަ ޕްރޮމޯޝަންއެއް ހުޅުވާލާފައެވެ.

މި ޕްރޮމޯޝަންގެ ތެރެއިން ދިރާގުން ވަނީ 15 ނޮވެމްބަރ 2021 ކުރިން ދިރާގު ފައިބަރ ބްރޯޑްބޭންޑް އަދި ދިރާގު ޓީވީގެ ޚިދުމަތައް އެދޭ ފަރާތްތަކުގެ ތެރޭން ގުރުއަތުން ހޮވޭ ނަސީބުވެރި ތިން ފަރާތަކަށް ޖުމްލަ 50،000 ރުފިޔާ ދޭން ނިންމާފައެވެ. އެގޮތުން ފުރަތަމަ ނަސީބުވެރި ފަރާތަކަށް 25،000 ލިބިގެންދާއިރު، ދެވަނައަށް ހޮވޭ ނަސީބުވެރިއަކަށް 15،000 ރ.އަދި ތިންވަނަ ނަސީބުވެރިއަކަށް 10،000 ރ. ލިބޭނެއެވެ.

މީގެ އިތުރުން ދިރާގު ފައިބަރ ބްރޯޑްބޭންޑްއަށް އެދޭ ކަސްޓަމަރުންނަށްޚިދުމަތް ހިލޭ ގުޅައިދިނުމުގެ އިތުރުން، ހިލޭ ރައުޓަރ އެއްވެސް ލިބިގެންދާނެއެވެ. އަދި ދިރާގު ޓީވީއަށް އެދޭ ކަސްޓަމަރުންނަށްވެސް ޚިދުމަތް ހިލޭ ގުޅައިދިނުމުގެ އިތުރުން، ހިލޭ ޖޯއިބޮކްސް (ޑީކޯޑަރ) އެއްވެސް ލިބިގެންދާނެއެވެ.

މިއީ ރާއްޖޭގެ އެންމެ ބޮޑު ފައިބަރ ބްރޯޑްބޭންޑް ނެޓްވޯކައި ގުޅާލުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. އަދި އެންމެ މަގުބޫލު މުނިފޫހިފިލުވުމުގެ ކޮންޓެންޓް އެއް ޕްލެޓްފޯމެއްގެ ދަށުން ބަލާލެވޭ ދިރާގު ޓީވީގެ ޚިދުމަތް ހޯދުމަށް ލިބިގެންދާ ވަރަށް ރަނގަޅު ފުރުސަތެކެވެ.

ދިރާގުން އަބަދުވެސް ބަލަނީ ކަސްޓަމަރުންގެ ޑިޖިޓަލް އަދިމުނިފޫހިފިލުވުމުގެ ތަޖުރިބާ ވީހާވެސް ފުރިހަމަކޮށް ކަސްޓަމަރުންނަށް ގިނަ މަންފާއާއި ފައިދާ ލިބޭ ގޮތަށް ޕެކޭޖްތައް ފަރުމާކޮށް ޕްރޮމޯޝަންތައް ތައާރަފުކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު