ރާއްޖެއަށް މި އަހަރު އައި އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ކޮވިޑް-19ގެ ދަތި ދުވަސްތަކަށް ފަހު ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތައް ވަނީ ވަަރަށް ބޮޑަށް އިތުރުވެފައެވެ. އަދި މި އަހަރު ރާއްޖެއަށް މިލިއަން ފަތުރުވެރިން ގެނައުމަށް ޓާގެޓް ކަނޑައެޅިއެވެ. ނަމަވެސް މި އަހަރު ނިމެން ދެމަހަށް ވެފައި ވަނިކޮށް އެ ޓާގެޓް ވަނީ ހާސިލްކޮށްފައެވެ.

ރާއްޖެއަށް އައި މިލިއަން ވަނަ ފަތުރުވެރިޔާއަކީ ފްރާންސް ފިރިހެނެކެވެ.

އޭނާ ރާއްޖެ އައިސްފައި އަންހެނުންނާއި އެކުގައެވެ. މީގެ ކުރިން އެތައް ފަހަރެއްގެ މަތިން އޭނާ ރާއްޖެ އައިސްފައި ވެއެވެ.

މި އަހަރު ރާއްޖެ އައި އެއް މިލިއަން ފަތުރުވެރިޔާއަކީ ފްރާންސް ފިރިހެނެއް - ވަގުތު އިމޭޖްސް: އަހުމަދު އަލީ

އޭނާއަށް މަރުހަބާ ކިޔުމަށް ޓޫރިޒަމް މިނިސްޓްރީންނާއި، އެ ދާއިރާގައި ަމަސައްކަތް ކުރާ އިސްބޭފުޅުން ހިމެނޭހެން ގިނަބަޔަކު ހާއްސަ ސަގާފީ ހަރަކާތްތަކެއް ވެލާނާ އެއާޕޯޓްގައި މިއަދު މެންދުރު ފަހު ވަނީ ބާއްްވާފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، ދުވާލަކަށް ރާއްޖެ އަންނަ ފަތުުރުވެރިންގެ އަދަަދު މިހާރު ވަނީ 4000 އަށްވުރެ މައްޗަށް އަރާފައެެވެ. މި މަސް ފެށިގެން އައިިރު، އެ އަދަދުތައް 3000ގައި އުޅުނު ނަމަވެސް މި މަސް ތެރޭގައި އެއް ދުވަހެއްގެ ތެރޭގައި 6000 ފަތުރުވެރިންވެސް ރާއްޖެ އައިސްފައި ވެއެވެ.

މި އަހަރު ރާއްޖެ އައި އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކީ ބޮޑުބެރުގެ ހަރަކާތްތަކާއެކު - ވަގުތު އިމޭޖްސް: އަހުމަދު އަލީ

ކުރިއަށް އޮތީ ފަތުރުވެރިކަމުގެ ހައި ސީޒަނެވެ. ރާއްޖޭގެ އައު ރިސޯޓްތައްވެސް ހުޅުވާނެއެވެ. އަދި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތައް ވަަރަށް ބޮޑަށް އިތުރުވެގެންދާނެއެވެ. މި ބަދަލާއެކު މި އަހަރު ރާއްޖެއަށް 1.2 މިލިއަން ފަތުުރުވެރިން އަންނާނެ ކަމަށް ބެލެވެއެވެ.

ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވަން ކަމާއި ގުޅުން ހުރި ދާއިރާތަކުން ވަރަށް ބޮޑެތި މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. ހާއްސަކޮށް ރާއްޖެ އިޝްތިހާރު ކުރުމަށް ދުނިޔޭގެ އެކި ހިސާބުތަކުގައި ކުރިއަށްގެންދާ ހާއްސަ އިވެންޓްތައް ފާހަގަކޮށްލަން ޖެހެއެެވެ.

މި އަހަރު ރާއްޖެ އައި އެއް މިލިއަން ވަނަ ފަތުރުވެރިޔާއަކީ ފްރާންސް މީހާ، އޭނާ ރާެއްޖެ އައީ އަންހެނުންނާއެކު - ވަގުތު އިމޭޖްސް: އަހުމަދު އަލީ

މި އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ އިންޑިއާއިންނެވެ. އެ ލިސްޓުގެ ދެވަނައިގައި ވަނީ ރަޝިއާއެވެ. ތިންވަނައިގައި ވަނީ ޖަރުމަނެވެ.

މިހާރު ރާއްޖޭގައި 167 ރިސޯޓެއް އޮޕަރޭޓް ކުރަމުން ދެއެވެ. އެއީ ބެޑް ކެޕޭސިޓީގެ ގޮތުން ބަލާނަމަ 38،893 އެނދެއެވެ. ަދި 782 ގެސްޓްހައުސާއި، ހޮޓާ އޮަޕަރޭޝަނަށް ގެެނެސްފައިވާއިރު، 158 ސަފާރީ އޮޮޕަރޭޝަނަށް ގެނެސްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސސ

    އެއްމިލިޔަން ފަތުރުވެރިން ރާއްޖެ އައިކަން ޔަޤީންވާއިރު ލިބުނު ފައިސާ ހޯދަން ރަގަޅު އޮޑިޓެއް ހަދަންޖެހޭ، ދައުލަތަށް ލިބުނު ޢާމްދަނީވެސް ބުނެދީބަލަ އޭރުންތާ ތީގެފައިދާ އެގޭނީ ރައްޔުތުމީހާޔަށް !