ހުޅުމާލޭގައި މަޝްހޫރު ގެސްޓްހައުސްއެއް ކަމަށްވާ "ވައިޓް ބީޗު ހޮލިޑޭ" އިން ކުއްޔަށް ދޫކުރާ ކޮޓަރިތައް އަގުހެޔޮކޮށް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ހިރުނދު މަގު، ޑައިނަމޯ ރެސްޓޯރަންޓް ކައިރީގައި ހުންނަ ގެސްޓްހައުސް އިން އެއް ކޮޓަރީގެ އެޕާޓްމަންޓާއި ތިން ކޮޓަރީގެ އެޕާޓްމަންޓް ކުއްޔަށް ދެއެވެ. ޕްރޮމޯޝަންގެ ދަށުން އަގުހެޔޮ ކުރީ ލަގްޒަރީ ފެންވަރަށް ޕްރައިވެޓް ޕޫލްއަކާ އެކު ހަދާފައިވާ އެއް ކޮޓަރީގެ ބޮޑު އެޕާޓްމަންޓާއި ތިން ކޮޓަރީގެ އެޕާޓްމަންޓުގެއެވެ.

ޕްރޮމޯޝަންގެ ދަށުން ޕްރައިވެޓް ޕޫލްއާއެކު އެއް ކޮޓަރީގެ އެޕާޓްމަންޓްގެ އަގު އުޅެނީ ރެއަކަށް 2،700ރ. އަށެވެ. ކުރިން މި އެޕާޓްމަންޓް ދެނީ ރެއަކަށް 2،900ރ. އަށެވެ. ތިން ކޮޓަރީގެ އެޕާޓްމަންޓް މިހާރު ދެނީ 2،500ރ. އަށެވެ. ކުރިން ތިން ކޮޓަރީގެ އެޕާޓްމަންޓް ދިނީ 2،900ރ. އަށެވެ.

ވައިޓް ބީޗް ހޮލިޑޭ ގެސްޓްހައުސްގެ އެޕާޓްމަންޓެއް. --- ފޮޓޯ: ވައިޓް ބީޗު

މި ގެސްޓްހައުސްގައި ޕޫލްއާ ނުލައި ހުންނަ އެއް ކޮޓަރީގެ އެޕާޓްމަންޓް ދެނީ 1،500ރ. އަށެވެ.

"ވައިޓް ބީޗު ހޮލިޑޭ" ގެސްޓްހައުސްގައި ހުރި އެޕާޓްމަންޓްތަކުގެ ތެރެއިން އާންމުންގެ މެދުގައި މިހާރު އެންމެ ބޮޑު މަގުބޫލު ކަމެއް ލިބިފައިވާ އެޕާޓްމަންޓްއަކީ ޕޫލްއާއެކު ލިބޭ އެޕާޓްމަންޓެވެ. އިމާރާތުގެ ހަ ވަނަ ފަންގިފިލާގައި ހުންނަ ހިތްގައިމު އެ އެޕާޓްމަންޓަކީ 2،300 އަކަ ފޫޓުގެ ބޮޑު ސަރަހައްދެކެވެ.

ވައިޓް ބީޗު ހޮލިޑޭގެ އެޕާޓްމަންޓެއް. --- ފޮޓޯ: ވައިޓް ބީޗު

މިއީ ދެމަފިރިންނާއި އެމީހުންގެ ކުދިން ބޭނުންކޮށްލަން އެންމެ އެކަށީގެންވާ ސައިޒްގެ ޕޫލެކެވެ. ނޫ ކުލައިގެ މުށި ޖަހާފައި ހުރި އެ ޕޫލްގައި ކޮންމެ ގަޑިއިރަކުން އެއް ފަހަރު ފެން ގަނޑު ބަދަލުކޮށްލާ ފަދަ ސިސްޓަމެއް ވަނީ ގާއިމުކޮށްފައެވެ. ޕޫލަކީ ދިގުމިނުގައި 22 ފޫޓު ހުންނަ، 13 ފޫޓު ފުޅާ ޕޫލެކެވެ.

އެޕާޓްމަންޓްގެ ބެލްކަނީގައި ދެ ކުދިން. --- ވައިޓް ބީޗު ހޮލިޑޭ

ލަގްޒަރީ ފެންވަރަށް ރިސޯޓުތަކުގައި ހަދާފައި ހުންނަ ޕޫލްތަކަށް ވުރެ، މި ޕޫލް ބޮޑުވެފައި ތަނަވަހެވެ. އެ ތަނަށް އަބަދުވެސް ސާފު ވައި ލިއްބައިދެއެވެ. ޕޫލަށް އެރޭ ދިމާލުގައި މަޑުކޮށްލައި، ހިތްހަމަޖައްސާލަން މޭޒާއި ގޮނޑި ވެސް ޖަހާފައިވެއެވެ.

މި އެޕާޓްމަންޓުތަކުގައި ކައްކައިގެން ކެވޭ ގޮތަށް ބަދިގެ އާއި އެއްޗެހި ދޮވެވޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސައިފައެވެ.

މި އެޕާޓްމަންޓުތަކަކީ ރަށްރަށަށާއި ރިސޯޓުތަކަށް ނުދެވި ތާށިވެފައި ތިބި އާއިލާތައް ޗުއްޓީ ހޭދަކޮށްލަން އެންމެ ހިތްގައިމު އެޕާޓްމަންޓުތަކެވެ.

ވައިޓް ބީޗު ހޮލިޑޭގެ އެޕާޓްމަންޓެއް ބުކޮށްލަން ބޭނުން ނަމަ ގުޅާނީ: 9782277