ރޯދަ ވީއްލަން އެންމެ ކަމުދާ ރެސްޓޯރެންޓްތައް ގުނާނަމަ، ވީއާރް ކެފޭ ހިމެނޭނެއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. މިއީ ގްރޫޕް ހަދައިގެންނާއި، އާއިލާ ނޫނީ ރައްޓެހިން ގޮވައިގެން ވިޔަސް ނޫނީ އޮފީސް މީހުން ގޮވައިގެން ވިޔަސް ދާާ ވަރަށް ޖާގަ ތަނަވަސް ތަނަކަށް ވުމުންނެވެ. މި ނިމުނީ ނޫނެވެ. ކެފޭގެ ކެއުންތައް ކައިފައި ތިން ހަތަރު ފަހަރުވެސް އަންނާނެ އެވެ. އެއަށްވުރެ ގިނައިންވެސް އަންނަ މީހުން ގިނައެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ މި ރޯދަ މަހުވެސް މި ކެފޭއަށް ބާރުބޮޑުވަމުންދާ ކަމެވެ. މިފަހަރުގެ ރޯދަ މަހަށް ހާއްސަކޮށް ނެރެފައިވާ ހާއްސަ މެނޫއާއެކުވެސް މިތަނަށް ގިނަ މީހުންނަށް އަންނަ ހިތް ޖެހުނީއެވެ.

ވީއާރް ކެފޭގެ އިފްތާރް މެނޫއަށް ބަލާއިރު، ތިން މެނޫއެއް ހާއްސަކޮށްފައި ވެއެވެ. އޭގެ ތެރެގައި 150ރގެ ޕެކޭޖަކާއި، 180ރ ގެ ޕެކޭޖަކާއި، 200ރ ޕެކޭޖެއް ހިމެނެއެވެ. މީގެން ކޮންމެ ޕެކޭޖެއްގައި އެކި ވައްތަރުގެ ޑްރިންކްސް، ސްޓާޓާސް، މެއިން ކޯޒްގެ އިތުރުން، ޑެޒާޓްސް ހިމެނެއެވެ.

އެހެންކަމުން ރޯދަ ވީއްލަން ދާން މިވަރުގެ ރެސްޓޯރެންޓެއް ނޯންނާނެއޭވެސް ބުނެވިދާނެއެވެ.

މީގެ އިތުރުން ފާހަގަކޮށްލަން ޖެހޭ ކަމަކީ ރޯދަ ވީއްލާ ގަޑިއަށް ހާއްސަކޮށް، ހާއްސަ ކޮމްބޯ ޕެކޭޖްތަކެއްވެސް ވީއާރް ކެފޭ އިން ތައާރަފްކޮށްފައިވާ ކަމެވެ. އެފަދަ ފަސް ޕެކޭޖެއް ވީއާރް ކެފޭއެއް ތައާރަފްކޮށްފައިވާއިރު، އޭގެން ކޮންމެ ޕެކޭޖެއްގައި ހުރީވެސް ކާން ބޭނުންވާ އެކި ކަހަލަ ބާވަތްތަކެވެ. މީގެން ކޮންމެ ޕެކޭޖެއްގެ އަގަކީ 250ރ އެވެ.

ރޯދަ ވީއްލަން އެ ކެފޭއަށް ދާން ބޭނުންވާ ފަރާތްތަކާއި އަދި ޑެލިވަރީއަށް 9951010 އަށް ގުޅައިގެން އަވަހަށް ބުކް ކުރާށެވެ.

ވީއާރް ކެފޭ ހުންނާނީ ގާކޮށި ފްލެޓްގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތަކުރު

    ނުދާނަން! ގޭގަ އަނބި ދަރިންނާއެކީ މާ ހިތްހަމަ ޖެހިގެން ވީއްލާލެވޭ

  2. އަބޫ

    ގޭގަ ކިތައްމެ ޖާގަ ދައްޗަސް އަނބިމީހާ ހަދާ އެއްޗިހިމާމީރު އަނެއްކާ ދަރިންނާއެކު ތިބެ ކާލީމަ ލިބޭ ހިތްހަމަ ޖެހުން މާބޮޑު