ލުނބޯގެ އަގުތައް އިންތިހާއަށް މައްޗަށް ގޮސްފައިވާތީ، އަގުހެޔޮކޮށް ވިއްކަން އެސްޓީއޯއިން އެތެރެކުރި ލުނބޯ އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން އަދިވެސް ވިއްކަމުން އެބަ ދެެއެވެ.

އަގުހެޔޮ ލުނބޯތައް އެސްޓީއޯގެ އެގްރި ސެންޓަރުން ވެސް ދިޔައީ ވިއްކަމުންނެވެ. ނަމަވެސް ވިއްކަން ހުޅުވާލިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ވަނީ ވިކި ހުސްވެފައެވެ.

ނަމަވެސް "ވަގުތު"އަށް އެނގިފައިވާ ގޮތުގައި އެސްޓީއޯގެ ޕީޕަލްސް ޗޮއިސްއިން އަދިވެސް ލުނބޯ ދަނީ އަގުހެޔުކޮށް ވިއްކަމުންނެވެ. އެތަނުން ވިއްކަމުން ދަނީ މީހަކަށް ކިލޯއެއްގެ ރޭޓުން 45 ރުފިޔާ އަށެވެ.

ލުނބޯގެ އަގުތައް އިންތިހާއަށް މައްޗަށް އަރައިފައިވާ އިރު އިއްޔެ ވިއެޓްނާމުން ގެނައި ލުނބޯތައް ވެސް ބާޒާރަށް ނެރުނެވެ. ނަމަވެސް އެ ގައުމުން ގެނައި ލުނބޯގެ އަދަދު މަދުވުމުން ލުނބޯގެ އަގު ވެއްޓޭގޮތެއް ނުވިއެެވެ.

އެހެންވެ އިއްޔެވެސް ލުނބޯގެ އަގު ހުރީ 100 އާއި 125 އާ ދެމެދުގެ އަގުތަކެއްގަ އެެވެ.

ވިއެޓްނާމުން ލުނބޯ ނުގެނެވިގެން އިންޑިއާ ލަންކާއިން އެއާފްރައިޓްކޮށް ލުނބޯ ގެންނަން ޖެހޭތީ ލުނބޯގެ އަގު މަތިވާކަމަށް ވިޔަފާރިވެރިން ބުނެއެވެެ.

މިވަގުތު ބާޒާރުގައި ކޮންމެވެސް ވަރަަކަށް ބަންގާޅު ލުނބޯވެސް ދަނީ ވިއްކަމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަމްސިއްޔާ

    “ ވިއެޓްނާމުން ލުނބޯ ނުގެނެވިގެން އިންޑިއާ ލަންކާއިން އެއާފްރައިޓްކޮށް ލުނބޯ ގެންނަން ޖެހޭތީ ލުނބޯގެ އަގު މަތިވާކަމަށް ވިޔަފާރިވެރިން ބުނެއެވެެ.” ވިއެޓްނާމުން ލުނބޯގެންނަނީ ކަނޑުމަގުންތަ؟؟ ނޫނީ ކަނޑު އަޑިންތަ؟؟ ތިޔަ ވިޔަފާރިވެރިންނަކީ އަހަރުމެން ދަންނަބައެކޭ.