އަހަރުމެން އާނމުކޮށް ގެންގުޅޭ ތަކެތި ސާފުކޮށް، ސެނިޓައިޒް ކޮށް ބެހެއްޓުން މިވަނީ މުހިއްމު ކަމަކަށް ވެފައެވެ. އެގޮތުން ޕަވަރޮލޮޖީ ޔުނިވާސަލް ޔޫވީ ސެނިޓައިޒާ ބޮކްސް ބޭނުންކޮށްލައިގެން މިތަކެތިން ޖަރާސީމް ނައްތާލަން ވަރަށް ފަސޭހަވާނެއެވެ. މި ބޮކްސް މައިބޭ ޝޮޕް އިން މިހާރު ލިބެން ހުންނާނެއެވެ.

މި ބޮކްސް ގެ އެތެރޭގެ ފުޅާމިނަކީ "9.5 އެވެ. އޭގެ ސަބަބުން ބޮކްސްގެ ތެރެއަށް އާނމުކޮށް ހުރިހާ ސައިޒެއްގެ ފޯނެއްވެސް ލެވޭނެއެވެ. ފޯނު ލައިފައި ބޭނުން ގަޑިއަކަށް ސެޓްކޮށްފައި ޑިސްއިންފެކްޓް ކޮށްލަންވީއެވެ. ފޯނުގެ އިތުރުން، ސްޕީކަރ، ހެޑްފޯން، ތަޅުދަނޑި، އިއަރބަޑްސް، އަތުކުރި ގަޑި، ގަލަން، މައުސް ފަދަ ތަކެތި ލެވޭނެއެވެ. މީގެ އިތުރުން ގަހަނާ އަދި އައިނުވެސް އެއްކޮށް ޑިސްއިންފެކްޓް ކޮށްލުމަށް ލެވޭނެއެވެ. މީ ބޭނުންކުރަންވެސް ރައްކާތެރި ބޮކްސްއެކެވެ. ބޮކްސްގެ ބިއްލޫރި ޝީލްޑުން ޔޫވީ އަލި ބޭރަށް ނުނިކުމެ ހިފަހައްޓައެވެ. އަދި ބޮކްސް ހުޅުވުމުން މި އަލި އޮޓޮއިން ނިވޭނެއެވެ. ސެނިޓައިޒްކޮށްލަން ބޭނުންވާ އެއްޗެއް 360ޑިގްރީއަށް ވަށާ، އެއްކޮށް ސެނިޓައިޒް ކޮށްދޭ މި ބޮކްސް ގައި ހަރުކުރެވިފައިވާ ޔޫވީ އަލިން، ލޮލަށް ނުފެންނަ އެތައް ޖަރާސީމެއް، މައިކްރޯބެއް އަދި ވައިރަސްތަކެއް %99 ނައްތާލަދެއެވެ. މީގެން ބެރުކުރާ ޔޫވީ ލައިޓްއިން ޖަރާސީމުގެ ޑީއެންއޭ ފަށަލަ ނައްތާލާ އޭއްޗިހި އިތުރަށް އާލާވުން ހުއްޓުވައިދެއެވެ.

ޕަވަރޮލޮޖީ ޔުނިވާސަލް ޔޫވީ ސެނިޓައިޒާ ބޮކްސް އިން ޑިސްއިންފެކްޓް ކުރުމުގެ އިތުރުން ފޯނު ވަޔަލެސް ކޮށް ޗާޖްވެސް ކުރެވޭނެއެވެ. އައިއޯއެސް އަދި އެންޑްރޮއިޑް ގެ QI ޑިވައިސް ތަކަށް ފަސޭހަކަމާއި އެކީ ޗާޖަށް ގުޅައިލެވޭނެއެވެ. ހަމަ ބޮކްސް ތެރެއަށް ފޯނު ލުމަށްފަހު ފާސް ޗާޖިންގައި ޗާޖް ކޮށްލެވޭނެއެވެ.

ފީޗާސްތައް:

- ބޭނުން މިނަކަށް ގަޑި ސެޓްކުރެވޭ
- މާކިއުރީ ފްރީ
- 99.99% ބެކްޓީރިއާ މަރާލައިދޭ
- "9.5 އެތެރޭގެ ވަށަމިން
- ފާސްޓް ވަޔަލެސް ޗާޖް

މީ ގޭތެރޭގައި ކުޑަކުދިނާއި ބޮޑެތި މީހުން ބޭނުންކުރާ ސާމާނު ސެނިޓައިޒްކޮށްލަން ނުވަތަ ބޭރުތެރޭ މަސައްކަތް ކުރާ ފަރާތްތައް ބޭނުންކުރާ ޑިވައިސްތައް ސެނިޓައިޒްކޮށްލަން ވަރަށް ބޭނުން ތެރި އެއްޗެކެވެ. ޕަވަރޮލޮޖީ ޔުނިވާސަލް ޔޫވީ ސެނިޓައިޒާ 600 ރުފިޔާއަށް މައިބޭއިން ލިބޭނެއެވެ. މައިބޭ (7959525 | 7779554) އަށް ގުޅާލައިގެން ނުވަތަ މައިބޭ ވެބްސައިޓުން https://mybay.mv/shop/ ވެސް އޯޑަރ ކޮށްލެވޭނެއެވެ.

މައިބޭގެ އަވަސް ޑެލިވަރީ ޚިދުމަތް ގޭގެއަށް ކޮށްދިނުމުގެ އިތުރުން، ރަށްރަށުން އޯޑަރު ދިނުމުން ބޯޓް ނުވަތަ ލޯންޗަށްވެސް ހިލޭ ޑެލިވެރީކޮށްދެއެވެ.