ނަމާދުކުރާ ގޮތާއި އޭގެ ޒިކުރުތައް ދަސްކޮށްލަން "ލިޓްލް މުސްލިމް ޕްރެޔާ މެޓް" ވަރަށް ބޭނުން ތެރިއެވެ. މި މުސައްލާގެ އާ ސްޓޮކެއްމިހާރުވަނީ މައިބޭ އަށް ލިބިފައެވެ.

ލިޓްލް މުސްލިމް ޕްރެޔާ މެޓް އަކީ ސްމާޓް މުސައްލާއެކެވެ. ބެޓެރި ލެއްވުމަށްފަހު ބަޓަން އަށް ފިތާލުމުން މުސައްލަ ފެށޭނެއެވެ. މި މުސައްލާ ފަރުމާކުރެވިފައިވަނީ ކުޑަކުދިންނަށް ނަމާދު ކުރަން ޝައުޤުވެރި، ފަސޭހަ އަދި އަމިއްލައަށް ބޭނުންކުރެވޭ ގޮތަށެވެ. މި މުސައްލާ ހަދައިފައި ހުންނަނީ ފެން ނުވަންނަ ފަސޭހައިން ހަލާކު ނުވާ މެޓީރިއަލް އަކުންނެވެ. އަދި މުސައްލައަށް އަރައިލުމުން އޮޓޮމެޓިކް އިން ފެށެއެވެ. އަދި ނަމާދުގެ ޒިކުރުތައް ކިޔަން ފެށެއެވެ. އެހެންކަމުން މުސައްލާގެ އަޑުދަށުން ނަމާދުގެ ހަރަކާތްތައް ކުރަމުން ކުދިންނަށް ނަމާދުކުރަން ދަސްކުރަން ފަސޭހަ ވެގެން ދެއެވެ.

ލިޓްލް މުސްލިމް ޕްރެޔާ މެޓް ޑިސައިން ކުރެވިފައިވަނީ ކުދިންނަށް ވަރަށް ޝައުޤުވެރި އަދި ބޭނުން ކުރަން ވަރަށް ފަސޭހަ ގޮތަކަށެވެ. އެގޮތުން ފަރުޟު ފަސް ނަމާދުގެ ރަކުޢަތް ތަކުގެ އިތުރަށް ކޮންމެ ނަމާދެއްގެ ސުންނަތް ނަމާދުތައްވެސް، ރަކުޢަތްތައް އެނގޭ ގޮތަށް މުސައްލައިން އިޚްތިޔާރު ކޮށްލެވެން ހުރެއެވެ. އެހެންކަމުން ކުދިން ބޭނުން ނަމާދެއް އިޚްތިޔާރު ކޮށްލުމަށްފަހު ނަމާދު ފަށަން ވަރަށް ފަސޭހަވެގެން ދެއެވެ.

ހަމަ މިއާއެކު، ޖުމްލަ 13 ސޫރަތަކުން، އެ ނަމާދެއްގައި ކިޔަވަން ބޭނުން ސޫރަތަކަށް ލައިގެން ނަމާދުކޮށްލެވޭނެއެވެ. މީގެ އިތުރުން މުސައްލާ އިން އިވޭ އަޑު ބޭނުން ބާރު މިނަކަށް ލެވޭއިރު ނަމާދު ކުރާގަޑީގައި އުދަނގޫ ނުވާނޭހެން މުސައްލާ ލޮކްވެސް ކޮށްލެވެއެވެ. އަދި މި ލުއި މުސައްލާ ބޭނުންކޮށް ނިމުމުން ފަށްޖަހައި ރައްކާކޮށްލެވޭނެއެވެ.

ލިޓަލް މުސްލިމް ޕްރެޔާ މެޓް ގެ ފީޗާސްތައް:

ޓަޗް ސެންސިޓިވެ، ކުޅެލަން ފަސޭހަ
ފަރުޟު ފަސް ނަމުދުގެ އިތުރުން ސުންނަތް ނަމާދުތައް ކުރެވޭ
ޤުރުއާނުގެ 13 ސޫރަތަކުން ބޭނުން ސޫރަތެއް ނެގޭ
ބަންޤި އަދި އިޤާމާ އަޑުއިވޭ
53 x 88 ސެންޓިމީޓާ
ވޯޓާ ޕްރޫފް ، ފަސޭހައިން ހަލާކް ނުވާ މެޓީރިއަލް އަކުން ހެދިފައި

މި މުސައްލަ މައިބޭއިން ވިއްކާ އަގަކީ 650 ރުފިޔާއެވެ.
މީގެ އިތުރުން ސްޕޭސް ބޮކި އަރުވާ ބަޑި އަދި ފްލައި ނޯވާ ޕްރޯ ބޯޅަވަ ވެސް މިހާރު މައިބޭއިން ލިބޭނެއެވެ.

ސްޕޭސް ބޮކި އަރުވާ ބަޑިއަކީ މިނަޓަކު 100 އަށްވުރެ ގިނަ ސައިބޯނި ބޮކި އެއްފަހަރާ އަރުވާލެވޭ ބަޑިއެކެވެ. އަދި ފްލައި ނޯވާ ޕްރޯ ބޯޅައަކީ ވައިގެ ތެރޭގައި އުދުހެވޭ ބޯޅައެކެވެ.

މައިބޭ އެމްވީ https://mybay.mv/shop/ ވެބްސައިޓް މެދުވެރިކޮށް ނުވަތަ (7959525 | 7779554) އަށް ގުޅާލައިގެން ކޮންމެ ވަގުތެއްގައި ވެސް މި ތަކެތި އޯޑަރ ކުރެވޭނެއެވެ. މައިބޭގެ އަވަސް ޑެލިވަރީ ޚިދުމަތް ގޭގެއަށް ކޮށްދިނުމުގެ އިތުރުން، ރަށްރަށުން އޯޑަރު ދިނުމުން ބޯޓް ނުވަތަ ލޯންޗަށްވެސް ހިލޭ ޑެލިވެރީކޮށްދެއެވެ.