ފްލައި ނޯވާ ޕްރޯ ނަމަކަށް މި ކިޔާ ބޯޅަ އަކީ ހުރިހާ އުމުރެއްގެ މީހުނަށްވެސް، ވަރަށް ޝައުޤުވެރިވާނެ ކުޅޭއެއްޗެކެވެ. މި ބޯޅަ މައިބޭއިން245 ރުފިޔާއަށް ލިބެން ހުންނާނެއެވެ.

މި ބޯޅައިގެ ޚާއްސަކަމަކީ އޭގައި ހަރުކުރެވިފައިވާ މޯޓަރ އަދި ޕްރޮޕެލާސްގެ ސަބަބުން، ވައިގެ ތެރޭގައި ބޯޅައަށް އުދުހެވޭތީއެވެ. ބޯޅައިގެ ސްވިޗް އޮން ކޮށްލެއްވުމަށްފަހު ބޯޅަ ތަޅުވައިލީމައި، އޭގެ އެތެރޭގައި ހަރު ކުރެވިފައިވާ މޯޓަރ ތައް އެބުރެންފަށައެވެ. މަޑުމަޑުން ބޯޅަ އެއްލާލުމުން، ބޯޅަ އަމިއްލަ ޒާތުގައި އުދުހެންފަށައެވެ. އަދި ބޯޅައިގައި ހަރުކުރެވިފައިވާ އެލްއީޑީ ލައިޓް ތައް ދިއްލެން ފެށުމުން ބޯޅައިގެ ރީތިކަން އިތުރަށް ފުރިހަމަ ކޮށްދެއެވެ.

ހިފާލަން ފަސޭހެ، ބަރުދަނުގައި އެންމެ 26.5ގުރާމް ހުންނަ އަދި ވަށަމިނުގެ 9.5 ސެންޓި މީޓަރު ހުންނަ، މި ކުޑަ ބޯޅައިގެ ބޭރު ހަދައިފަވަނީ މަޑު ޕްލާސްޓިކް އަކުންނެވެ. އެހެންކަމުން، ތަންތާ ޖެހުނަސް ހަލާކުވުން ކުޑަވެގެން ދެއެވެ.

ޖުމްލަ ގޮތެއްގައި ފްލައި ނޯވާ ޕްރޯ، މި ބޯޅައަކީ ކުޑަކުދިންނަށް އަދި ބޮޑެތި މީހުނަށްވެސް ހުސްވަގުތު މުނިފޫހި ފިލުވައިލުމަށްޓަކައި، އެކި ކަހަލަ އުކުޅުތައް ބޭނުންކޮށްލައިގެން، ގޭތެރޭގައި، ބޭރުގައި، އޮފީހުގައި ނުވަތަ ޕާޓީތަކުގައިވެސް ކުޅެލަން މަޖާ ކުޅިވަރެކެވެ.

ފްލައި ނޯވާ ޕްރޯގެ ފީޗާސްތައް:

ވަށަމިން: 9.5 ސެންޓިމީޓާ
27 ގުރާމް
30 މިނަޓް ޕްލޭ ޓައިމް
މައިކްރޯ ޔޫއެސްބީ
އުދުހެވޭ އެންމެ މަތި: 15މީޓާރސް
ކުޑަކުދިންނަށް ރައްކާތެރި

ފްލައި ނޯވާ ޕްރޯ އާ ސްޓޮކެއް މިހާރުވަނީ މައިބޭ އަށް ލިބިފައެވެ. މައިބޭ އެމްވީ ވެބްސައިޓް https://mybay.mv/shop/ މެދުވެރިކޮށް ނުވަތަ (7959525 | 7779554) އަށް ގުޅާލައިގެން ގުޅާލައިގެން ކޮންމެ ވަގުތެއްގައި ވެސް މި ފްލައި ނޯވާ ޕްރޯ އޯޑަރކޮށްލެވޭނެއެވެ.

ސްމާޓްފޯން އަދި އެކްސެސަރީސް ގެ ގިނަ ބާވަތްތަކެއް އެއްތާކުން ލިބެން ހުންނަ މައިބޭ މޮބައިލް ޝޮޕް ހުންނާނީ، ބޮޑުރަސްގެފާނު މަގު، ގަލޮޅު ސައިރިކްސް ކައިރީގައެވެ. މައިބޭގެ އަވަސް ޑެލިވަރީ ޚިދުމަތް ގޭގެއަށް ކޮށްދިނުމުގެ އިތުރުން، ރަށްރަށުން އޯޑަރު ދިނުމުން ބޯޓް ނުވަތަ ލޯންޗަށްވެސް ހިލޭ ޑެލިވެރީކޮށްދެއެވެ.