ދިރާގު ޓީވީން ކުރިއަށް ގެންދިޔަ "ސަބްސްކްރައިބު އެންޑް ވިން" ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް އަލީ އަބްދުއް ސަމަދު ހޮވިއްޖެއެވެ.

އަލީ އަށް އެ ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް ހޮވުނީ ދިރާގު ޓީވީގެ އާ ގޯލްޑް ޕެކޭޖަސް ސަބްސްކްރައިބް ކުރި ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެންނެވެ.

މިއަދު ދިރާގުގެ ހެޑް އޮފީހުގައި ވަނީ އަލީއަށް އިނާމް ވެސް ދީފައެވެ. އޭނާއަށް އިނާމަކަށް ދިނީ ސެމްސަންގް ޒެޑް ފޯލްޑް 3 ގެ ސްމާޓް ފޯނެކެވެ.

ޕްރޮމޯޝަންގެ ދަށުން ސްޓާޓާ، ބޭސިކް އަދި ގޯލްޑް ޕެކޭޖަށް ސަބްސްކްރައިބް ކުރި ފަރާތްތަކުގެ މެދުގައި ގުރުއަތުލައި 10 ނަސީބުވެރިޔަކު ވެސް ހޮވިއެވެ.

އެ ނަސީބު ވެރިންގެ ތެރޭގައި

  • އައިމިނަތު ޝާތިރާ
  • މުހައްމަދު ސައުފާން
  • އަހުމަދު ނަޖީބު
  • އިބްރާހިމް ޒަމީރު
  • ފާތިމަތު ސަނާ
  • މޫސާ މަނިކުފާނު
  • އަހުމަދު ސުޖާން
  • އަހުމަދު ހަލީލް
  • ސަމީރު އަހުމަދު
  • އަހުމަދު ރަޝީދު

މި 10 ނަސީބުވެރިންނަށް އެ ބޭފުޅުން ބޭނުންވާ ޗެނަލްތައް ހަ މަސް ދުވަސް ވަންދެން އެއްވެސް އަގަކާ ނުލާ ބެލޭނެއެވެ.

ދިރާގު ޓީވީ މެދުވެރިކޮށް މިހާރުވެސް ދިވެހިންގެ މެދުގައި މަޝްހޫރު ގިނަ ޗެނަލްތައް ބަލާލެވެއެވެ. އޭގެ ތެރޭގައި ސޮނީ ސްޕޯޓްސްއާއި ސްޓާ ޗެނަލްތަކާއި ޑިޒްނީ ޗެނަލް ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު