ކޮމިއުނިޓީ ފަންޑުގެ ދަށުން ކ. މާފުށީގައި ފޮތް ކިއުމަށް މަޑުކޮށްލާނެ ހާއްސަ ތަނެއްގާއިމްކޮށްފިއެވެ.

'ފޮތް ގުންޒަރު'ގެ ނަމުގައި މި ޕްރޮޖެކްޓް ހިންގާފައިވަނީ ނިއު ސްޓާރސްޕޯޓްސް ކްލަބުންނެވެ. މިއީ މާފުށީގައި ދިރިއުޅޭ ފަރާތްތަކާއި ޒިޔާރަތްކުރާ ފަރާތްތައްމަޑުކޮށްލާނެ ހިތްފަސޭހަ މާހައުލެއް ހޯދައިދިނުމަށާއި މިތަނުގައި މަޑުކޮށްލާ ވަގުތަކީފައިދާހުރި ވަގުތުކޮޅަކަށް ހެދުމުގެ މަގުސަދުގައި ހިންގި ޕްރޮޖެކްޓެކެވެ.

މާފުށި ފޮތް ޕާކް

މި ޕާކް ގާއިމްކޮށްފައި ވަނީ ރަށުގެ ބަނދަރު ސަރަހައްދުގައެވެ.

މި ފޮތް ގުންޒަރުގައި އެކި އުމުރުފުރާތަކަށް ހާއްސަ ފޮތް އެކުލެވެއެވެ. އަދި ބޭރުގައި ބެންޗް ބަހައްޓައި އަދި އިންޑޯ ބައިގައި ބީން ބޭގް ވެސް ވަނީ ބަހައްޓާފައެވެ.

މާފުށި ފޮތް ޕާކް

މި ޕްރޮޖެކްޓާ ގުޅޭގޮތުން ނިއު ސްޓާރ ސްޕޯޓްސް ކްލަބްގެ ފަރާތުން ވިދާޅުވީ މި ފޮތްގުންޒަރަކީ ރަށުގެ ރައްޔިތުންނާއި ފަތުރުވެރިން ހިތްފަސޭހަ މާހައުލެއްގައި ދިމާވެ ފޮތްކިޔާލުމަށް ރަނގަޅު ތަނެއް ކަމަށެވެ.

ފޮތް ޕާކް

"ޖާގައެއް ނެތުމުގެ ސަބަބުން އާންމު ގޮތެއްގައި މިޖެހެނީ ބަނދަރު މަތީގައި ހުންނަ ކެފޭ އެއްގައި މަޑުކޮށްލަން. މި ތަނުގައި އެކި އުމުރުފުރާތަކާ ގުޅޭ އެކަށީގެންވާ އަދަދެއްގެ ފޮތް ހުރުމާއެކު މި ތަނުގައި މަޑުކޮށްލާވަގުތަކީވެސް މައުލޫމާތު މުއްސަނދިވެ، ހިތް ފަސޭހަ ވަގުތުކޮޅަކަށް ވެގެން ދާނެކަމަށްއަޅުގަނޑުމެން އުންމީދުކުރަން."

ބީއެމްއެލް ކޮމިއުނިޓީ ފަންޑަަކީ އާންމު ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާޖަމިއްޔާތަކަށް އަމާޒުކޮށްގެން ރަށްރަށުގައި ދެމެހެއްޓެނެވި ގޮތެއްގައި ޕްރޮޖެކްޓްހިންގުމަށް ހުޅުވާލެވޭ ފުރުސަތެކެވެ. ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން މިހާތަނަށް 65 ޕްރޮޖެކްޓަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާއިރު ކ. އަތޮޅުގެ 3 ރަށަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މި ރަށްތަކަކީ ގާފަރު، ކާށިދޫ އަދި މާފުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މޯޑު

    ލިބޭމީހުންނަށް އަބަދުވެސް ލިބޭގޮތަށް މިއޮންނަނީ. ކޮބާނިކަމެތި މީސްކޮޅުމަދު ރަށްރަށުގެ ޙާލުބަލާލުމެއް ހަމަނެތްދޯ.

  2. ޢާޠިފް

    ފޮތް ގުންޒަރު ކީ ކީއްވެބާ! ތި ތަނަކުން އެންމެ ދިވެހިފޮތެއްވެސް ނުފެނޭ. އަދި އެކަމަށް އިސްކަން ދީފައި ހުރިކަން ފާހަގައެއް ވެސް ނުވޭ. ކިޔާ ނަމަކަށްވުރެ ޢަމަލުން ކުރެވޭ ކަމެއްގެ ފައިދާ އެ ބޭނުން ވާ ގޮތަކަށް ފެންނާނީ ދެއްތޯ