ޖަރުމަނުގެ އެއާލައިނެއް ކަމަށްވާ ޔޫރޯ ވިންގްސްގެ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ.

ޔޫރޯވިންގްސްގެ ފުރަތަމަ ފްލައިޓް އެއާބަސް އޭ330 މަރުކާގެ ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް ޖެއްސީ މިއަދު ހެނދުނުއެވެ. ބޯޓު ޖެއްސުމާއެކު، ބޯޓަށް ވަނީ ވޯޓާ ސެލިއުޓެއް ދީފައެވެ.

ޖަރުމަނުގެ ލެޝާ އެއާލައިނުން ދަތުރުކުރާނީ ޖަރުމަނުގެ ފްރެންކްފަޓުން މާލެއަށެވެ. ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ ޔޫރޯވިންގްސް އިން ހަފުތާއަކު ތިން ދުވަހު ރާއްޖެއަށް ދަތުރުކުރާނެ ކަމަށެވެ.

ޖަރުމަނުގެ ޔޫރޯ ވިންގްސްގެ މަތިންދާބޯޓު. --- ފޮޓޯ: އެމްއޭސީއެލް

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޖަރުމަނުން މިއަހަރުގެ މިހާތަނަށް 47،287 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެއެވެ. އެއީ ރާއްޖެ އައި ފަތުރުވެރިންގެ 8.9 އިންސައްތައެވެ.